ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓްގެ ފިހާރަތަކަކީ އިތުބާރު ހުރި ކޮލިޓީ މުދާ އެއްތާކުން އެންމެ އަގުހެޔޮކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގާއިމު ކޮށްފައިވާ ސުޕަރ މާޓް ތަކެކެވެ.

ސީދާ އޮރިޖިނަލް އަދި މަޝްހޫރު ބްރޭންޑް ތަކުގެ ފެންވަރު ރަނގަޅު ދުނިޔޭގައި އިތުބާރު ހޯދާފައިވާ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެތައް ސާމާނެއް ވިލާ މާޓްގެ ފިހާރަތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމަކީ ވިލާޓްރޭޑިންގ ކުންފުނީގެ އަމާޒެވެ.

ވިލާމާޓުން އަބަދުވެސް ފޯކަސް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށެވެ. އަދި ދިވެހިންނަށް އެންމެ ކަމުދާނެ ފަދަ އިތުބާރު ލިބިފައިވާ އެތައް ޕްރޮޑަކްޓެއް ވިލާ މާޓުން ދަނީ ހޯލްސޭލް އަދި ރީޓެއިލް ކުރުމަށެވެ.

އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު އޮޓިމާ ބްރޭންޑުގެ ޕާސްތާގެ ތަފާތު ވައްތަރުތަކަކީ ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން ޕްރޮޑަކްޓެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މިހާރު ވިލާ ޓްރޭޑިންގް އިން ލިބެން ހުންނާނެއެވެ. މީގެތެރެއިން ސްޕެގެޓީ، މެކަރޯނީ، ޕެންނޭ، ފުސިލީ، ފެޓުޗީނި، އަދި ރިގަޓޯނީ ފަދަ ތަފާތު ވައްތަރު ފާހަގަކޮށްލެވެއެވެ.

ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ. އޮޓިމާ ޕާސްތާ ތައްޔާރުކޮށްލުމަށްވެސް މާ އުނދަގުލެއް ނޫނެވެ. ހަމަ އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން އޮޓިމާ ޕާސްތާގެ ކޮންމެ ވައްތަރެއްވެސް ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީއެވެ. މިފަދައިން ހޫނު ފެނުން ޕާސްތާ ކައްކާލުމަށްފަހު، ތަރުކާރީ ގެ ބާވަތަކާއި އެއްކޮށްލައި ޕާސްތާ ސެލެޑެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. އަދި މިފަހަކުން ޓިކްޓޮކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕާސްތާ ޗިޕްސް ތައްޔާރުކޮށްލުމަށްވެސް އޮޓިމާ ޕާސްތާ ވަރެއް ނެތެވެ.

އޮޓިމާ ޕާސްތާ ޗިޕްސް ތައްޔާރުކޮށްލުމަށް:

ބޭނުންވާނެ ތަކެތި:

• އޮޓިމާ ރިގަޓޯނީ ޕާސްތާ (ގިނައިން ތައްޔާރުކޮށްލުމަށް އެއް ޕެކެޓް ޕާސްތާ ނުވަތަ ½ ޕެކެޓު ބޭނުން ކުރެވިދާނެ)

• ލޮނު (ރަހަ ހެޔޮ ވަރުވާވަރަށް)

• އަސޭމިރުސް

• އިޓަލިއަން ސީޒަނިންގ

• އޮލިވް އޮއިލް

• ޕާމަޒާން ޗީޒް

• ލޮނުމެދު ޕައުޑަރ

ތައްޔާރު ކުރާނެ ގޮތް:

ޕާސްތާ ރީޗަށް މަޑުވަންދެން ގިނައިން ލޮނު އަޅާފައިވާ ފެނުގައި ކައްކާށެވެ. ޕާސްތާ މަޑުވުމުން ޕާސްތާ ވަކި ތައްޓަކަށް އަޅާލާށެވެ. އެއަށްފަހު އޮލިވް އޮއިލް، ޗީޒް އަދި ބޭނުން ކުރާ ސްޕައިސް، ޕާސްތާ އާއި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ޕާސްތާ ރަނގަޅަށް މުރަނަ ވަންދެން އެއަރ ފްރައި ކޮށްލާށެވެ.



ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށާއި، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭނެ މަގު ފަހިކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ވިލާ މާޓުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ގަންނަ ހުރިހާ މުދަލެއްވެސް މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ޑެލިވަރ ކޮއްދޭނެއެވެ.

މީގެ އިތުރުން ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓް މޮބައިލް އެޕްލިކޭޝަން އަދި ވިލާ މާޓުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން