ގިނަ މީހުން ދަރިން ތަރުބިއްޔަތު ކުރުމުގައި ލޯބި އިސްކުރަނީ ހައްދެއްނެތިއެވެ. ބުނާ ހުރިހާކަމެއް ކޮށްދެއެވެ. ކުއްޖާގެ އަމިއްލަ ސިކުނޑިއާއި ހުނަރު ބޭނުންކޮށްގެން ގޭތެރޭގެ އެއްވެސް ކަމެއް ނުޖެއްސުމަކީ ފަޚުރެއްކަމުގައި ބައެއް މީހުން ބުނާއަޑުވެސް އިވެއެވެ. ނަމަވެސް ހަގީގަތަކީ އެންމެ ތުއްތު އިރުއްސުރެ ކުއްޖާ ލައްވައި އެކުއްޖާގެ ކަންކަން އުމުރާގުޅޭ ގޮތަށް ކުރުވުމަކީ އެކުދީންގެ މުސްތަޤުބަލަށް މުހިންމު ހުނަރުތަކެއް އަށަގަނުވާނެ ކަމެވެ. ދަރިފުޅު މަންމައަށް ބަރޯސާވުމަށް ތިޔަ ދަސްކޮށްދޭ ދިނުން ހުއްޓާލަންޖެހެއެވެ. އެއީ އަންހެން ކުއްޖެއްކަމުގައިވިޔަސް އަދި ފިރިހެން ކުއްޖެއް ކަމުގައިވިޔަސް ތުއްތު އިރުއްސުރެފެށިގެން ފުރާވަރަށް އަރައި ޒުވާން އުމުރަށް އެޅެންދެން އެ އުމުރަކާގުޅޭގޮތަށް ދިރިއުޅުމުގެ އެކި ހުނަރުތައް އެކުދީންނަށް ދަސްކޮށްދިނުމަކީ މައިންބައިފައިންނާއި ބެލެނިވެރިން ކުރަންޖެހޭނެ ކަމެކެވެ. މިއީ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ.
އަމިއްލަ ވިސްނުމާއި އެއްގޮތަށް ނިންމުންތައް ނިންމައި، މިނިވަން ކަމާއިއެކު ދިރިއުޅެވޭނެފަދަ ދަރިންނަށް ހެދުމަށްޓަކައި މައިންބަފައިން އެމީހުންގެ ދަރީން ތަރުބިއްޔަތު ކުރުމަށް ކިޔާނީ އޮޓޮނޮމީ-ސަޕޯޓިވް ޕެރެންޓިން (އޭއެސްޕީ) އެވެ. އަދި ކޮންޓްރޯލް ނުވަތަ ހެލިކޮޕްޓަރު ޕެރެންޓިންއަށްއޭވެސް ބައެއްފަހަރު ކިޔައިއުޅެއެވެ. ދަރިން ތަރުބިއްޔަތު ކުރުމަށް މިގޮތް ޚިޔާރުކުރުމުން މައިންބަފައިންގެ ސްޓްރެސް ކުޑަކޮށް، އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ކުދިންތަކެއް ތަރުބިއްޔަތު ކުރުމަށް އެހީތެރިވެދޭނެއެވެ. އޭ.އެސް.ޕީ.އާ ބެހޭ ގޮތުން އެމެރިކާގެ ކްލިނިކަލް ސައިކޮލޮޖިސްޓް އެމިލީ ވިދާޅުވާގޮތުގައި މިއީ ބެލެނިވެރިންގެ ބުރަ ކުޑަކޮށްދީ އަދި ދަރިންގެ ކިބައިގައި ހުނަރާއި އަމިއްލަ ވިސްނުން ތަރައްޤީވެ އެކުދީން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.
އެޑްލީން ލިޔުއްވާފައިވާ ގޮތުގައި އޭއެސްޕީގެ އަމާޒަކީ ދަރިފުޅުގެ އަމިއްލަ ވިސްނުމުގެ މައްޗަށް މައިންބަފައިންގެ ގޮތްތައް ޚިޔާރުކުރުމަށް ކުދިންގެ ވިސްނުން ބަދަލުކުރުން ދޫކޮށްލައި އެކުދިންނަށް ކަންކަން ނިންމުމަށް އުމުރާއި ގުޅޭ މިންވަރަށް މިނިވަންކަން ދިނުމެވެ. މީގެ ސަބަބުން ކުދިން އަމިއްލަ ނަފްސުގެ އަގު ވަޒަންކޮށް، އެކުދިންގެ އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ އަށް މެނޭޖުކުރަން ދަސްވެ، ކަންކަމުގައި އެންމެ ރަނގަޅުގޮތް އިޚްތިޔާރުކުރުމަށް ދަސްވެގެންދާނެއެވެ.
އެޑެލިން ވިދާޅުވާގޮތުގައި އަބަދުހެން ހުރިހާ ކަމެއްގައި މަންމައާއި ބައްޕަ ކުދިންނަށް ހުރިހާ ކަމެއް ކޮށްދީ ކުރާ ތަރުބިއްޔަތަކީ މައިންބަފައިން އެކަމުގައި ވަރުބަލިވެގެންދާނެ ކަމެކެވެ. އަދި އެފަދައިން ކުދިން ތަރުބިއްޔަތު ކުރުމުން މައިންބަފައިންގެ މައްޗަށް ދަރިފުޅު ބަރޯސާވުމުގެ އާދައެއް ތުއްތު އިރުއްސުރެ އަށަގަނެއެވެ. ބޫޓޫގެ ނާޑުވާވެސް އެންމެ ކުޑައިރުއްސުރެ މަންމަ ތިރިވެ އަޅުވަދިނުމަކީ ގްރޭޑް ސްކޫލަށްދާއިރު ބަދަލުކުރަން އުނދަގޫކަމަކަށް އޮންނާނީ ވެފައެވެ. ހަމައެގޮތަށް އެކުއްޖާގެ އެނދު ރީތިކުރުމަށް ކޮންމެ ދުވަހަކު މަންމަ ހުންނަނަމަ ބޮޑުވެގެންވެސް އެކަންތައްދާނީ އެގޮތަށެވެ. ކުދިންގެ ޒިންމާ ކުދިންނަށް ދަސްވެފައިނޯންނާނެއެވެ.
"އޮޓޮނޮމީ-ސަޕޯޓިވް ޕޭރެންޓިންއަކީ ފްލެކްސިބަލް، ސައިންސް ބޭސްޑް ޕެރެންޓިން އެޕްރޯޗެއް. ދަރިން އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމަށްޓަކައި ބެލެނިވެރިޔާ ގިނަ ކަންތައްތަކުން ދުރަށް ޖެހލަންޖެހޭ. އޭރުން މައިންބަފައިންނަށް އެކުދިންގެ އަމިއްލަ ނަފްސު ތަރުބިއްޔަތުކުރުމަށް އެހީތެރިވެދެވޭނެ. މައިންބަފައިންގެ ވިސްނުމާއި ޚިޔާލާއި ފިކުރުގެ ބަދަލުގައި އެކުދިންގެ އަމިއްލަވަންތަ ވިސްނުމާއި ޚިޔާލާއި ފިކުރު ކުރިއަށް ނެރެވޭފަދަ ބަޔަކަށް ހެދުން މާބޮޑަށްވެސް މުހިންމު."އެޑެލިން ވިދާލުވިއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އޭއެސްޕީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި:
- ނަފްސާނީ ދުޅަހެޔޮކަން އިތުރުވުން
- އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުން
- ދިރިއުޅުމާ މެދު ހިތްހަމަޖެހުން ލިބުން
- ތައުލީމީ ދާއިރާއިން ކާމިޔާބީ އިތުރުވުން
- އިޖުތިމާއީ މަސައްކަތްތެރިކަން އިތުރުވުން
- ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން އިތުރުވުން
- އެހެންމީހުންނަށް ހަމްދަރުދީވުމާއި އަދި އެހެން މީހުންގެ ނަޒަރިއްޔާއަށް އިހުތިރާމްކުރުން
މިއީ ކާމިޔާބު ދަރިވަރަކަށް އަދި ހަރުދަނާމީހަކަށް ދަރިފުޅު ހެދުމަށްޓަކައި މުހިންމުކަމެކެވެ. މައިންބަފައިން ދަރިން ލައްވައި މަސައްކަތް ކުރުވުމަކީ އެހެން މީހުންގެ ފަރާތުން ބަދުބަސް މިއަދު ލިބުނަސް މާދަމާ ހަމައެމީހުން އެކުދިންނަށް ތައުރީފުކުރާނެ ކަމެކެވެ. ތިބާގެ ދަރިފުޅަކީ ހުނަރުވެރި އެހެން މީހުންނަށް ބަރޯސާނުވެ އުޅެވޭނެ މީހަކަށް ހަދާނީ ތިމާ އަމިއްލަޔަށެވެ. ތުއްތު އިރުއްސުރެވެސް ކުއްޖާ ގޭތެރޭގެ ކުދިކުދި ކަންކަން ކުރުވަންފަށައި މިކަންކަމަށް އަހުލުވެރިކުރުވާށެވެ. އަދި ބޮޑެތި ކުދިން ލައްވައި އެކުދިންގެ ޒިންމާ އަދާކުރުވާށެވެ.

ކިޔުންތެރިންގެ ހިޔާލު