ހެނދުނު ފެހި ޖޫސް ބުއިމަކީ ދުޅަހެޔޮ، އުފެއްދުންތެރި ދުވަހަކަށް މީހާ ތައްޔާރުކޮށްދޭ ކަމެކެވެ. ފެހި ޖޫހަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ބަނޑުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދީ، ހަކަތައިގެ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ހެނދުނު ފެހި ޖޫސް ބުއިމަކީ ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.

އެހެންކަމުން ފެހިކަންގަދަ ފަތްޕިލާވެއްޔާއި މޭވާތަކުން ތައްޔާރުކޮށްލެވޭ ފެހި ޖޫހުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާލާނަމެވެ.

1. ހައިޑްރޭޝަން: ފެހި ޖޫސް އާންމުގޮތެއްގައި ތައްޔާރުކުރަނީ ކަރަލާއި އާއި ފަތްޕިލާވެލި ފަދަ ހަށިގަނޑު ހައިޑްރޭޓްކޮށްދޭ މާއްދާތަކުންނެވެ. ހަންގަނޑުގެ އޮމާންކަމާއި ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހައިޑްރޭޝަން ނުވަތަ ތެތްކަން މުހިންމެވެ. ހަށިގަނޑަށް ފެންލިބޭ މިންވަރު އިތުރުކޮށް އަދި ފެންހިމެނޭ މޭވާއާއި ކާނާގެ ބާވަތްތަކުންވެސް ހަންގަނޑަށް ބޭނުންވާ މިދެންނެވި ހައިޑްރޭޝަން ލިއްބައިދެއެވެ. ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓްވުމުން ކުރަކިވުމުގެ މައްސަލަތަކުން ހަންގަނޑު ސަލާމަތްކޮށްދީ ޒުވާންކަން ދަމަހައްޓައިދެއެވެ.

2- އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވުން: ކޭލް، ސްޕިނެޗް އަދި ބްރޮކޮލީ ފަދަ ފެހި ތަރުކާރީގައި ވިޓަމިން އޭ އަދި ސީ ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. މި އެންޓިއޮކްސިޑެންޓްތަކަކީ ކެންސަރއަށް މަގުފަހިކުރުވާ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ހަންގަނޑު ސަލާމަތްކޮށްދީ، މާއަވަހަށް މުސްކުޅިވުމާއި ހަމުގެ ތަފާތު މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

3. ކޮލަޖިން އުފެއްދުން: ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކުގައި ވިޓަމިން ސީ އެކުލެވޭ މިންވަރު ގިނައެވެ. ވިޓަމިން ސީއަކީ ކޮލެޖަން އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކޮލެޖަން އަކީ ހަންގަނޑު ދޫވެ ރޫޖެހުމުން ދުރުކޮށްދޭ ޕްރޮޓީން އެކެވެ. ޖޫހުގައި ވިޓަމިން ސީ އެކުލެވޭ ގްރީންސް ހިމެނުމަކީ ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އަދި ހަންގަނޑުގައި ރޫޖެހުން މަދުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

4. ހަންގަނޑު ޑިޓޮކްސިފިކޭޝަން: ޑިޓޮކްސިފިކޭޝަންގެ މާނައަކީ ވިހަމާއްދާތައް ބޭރުކޮށްލައި ގުދުތަރީގޮތުން ހުރިގޮތަށް އިއާދަކުރުމެވެ. ފެހި ޖޫސް ތައްޔާރުކުރުމުގައި ބޭނުންކުރެވޭ ލެމަންގްރާސް އާއި ޕާސްލީ ފަދަ ބާވަތްތަކަކީ، ހަށިގަނޑު ޑީޓޮކްސިފައި ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެވެ. ހަށިގަނޑުން ވިހަ މާއްދާތަކާއި ގެއްލުންދެނިވި މާއްދާތައް ނައްތާލުމުން، ހަންގަނޑު ސާފުވެ ބިހިނެގުން މަދުވުމާއެކު ތާޒާކަން ގެނެސްދީ ހަންގަނޑު ސާފުވާނެއެވެ.

5- ހަޖަމުކުރުން ރަނގަޅުވުން: ފަތްޕިލާވެލީގެ އެކިބާވަތްތައް އެއްކޮށްގެން ތައްޔާރުކޮށްލެވޭ ފެހި ޖޫހުގައި ފައިބަރ އެކުލެވިގެންވާ މިންވަރު އިތުރުވާނެއެވެ. މިއީ ހަޖަމުކުރުމުގެ ސިއްހަތަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރއަކީ ބަނޑު ސާފުކުރުމަށް އެހީތެރިވެދީ ބަނޑުގައި ހިނގާ ހަޖަމުގެ މަސައްކަތަތްތައް ކުރުމަށް ކޮންމެހެންވެސް މުހިންމު މާއްދާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން