ޑރ. މުހައްމަދު މުއިއްޒު، ކުރިއަށް އޮތް 5 އަހަރުގެ ރިޔާސީ ދައުރަށް އިންތިހާބުވެވަޑައިގެންނެވީ، މާލެ ސިޓީއަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރެވުނު ފުރަތަމަ މޭޔަރުގެ މަޤާމުގައި ހުންނަވައިގެންނެވެ. ކުރިން މާލެ ސިޓީއަށް މޭޔަރަކު އިންތިޚާބުކުރަމުންދިޔައީ، ސިޓީ ކައުންސިލަށް އިންތިހާބުވާ 10 ވަރަކަށް މެމްބަރުންގެ ވޯޓުންނެވެ. މާލޭ ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ ވޯޓަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށްފަހު އޮންނަ އެންމެ ވާދަވެރި ޤައުމީ އިންތިހާބެވެ.
2021 ވަނަ އަހަރު ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިހާބުވެވަޑައިގަތީ ވެރިކަމުގައި އޮތް އެމްޑީޕީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށްފަހުއެވެ. އަދި އެއީ 2011 ވަނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ފެށިފަހުން ޕީޕީއެމްއަށް މޭޔަރުގެ ގޮނޑި ކާމިޔާބުވި ފުރަތަމަ ފަހަރުވެސްމެއެވެ. ވެރިކަމުގައި އޮތް ޕާޓީގެ އިތުރުން މާލޭގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މައްޗަށް، ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ލާމަސީލު މިސާލެއްކަމަށްވާ ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީގެ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ހީވާގި މަސައްކަތްޕުޅެވެ.
ޑރ. މުއިއްޒުގެ ޤައުމީ ޚިދުމަތާއި ސިޔާސީ ޚިދުމަތް ރައްޔިތުންނަށް ފާހަގަވާން ފެށީ 2012 ވަނަ އަހަރު ޑރ. ވަހީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމަށް އައްޔަންކުރެވުނީ ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކަށްވާތީއެއް ނޫނެވެ. ހައުސިންގ މިނިސްޓަރުކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވީ، އެ މަޤާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ތަޖުރިބާއާއި ތައުލީމީ ފެންވަރާއެކުއެވެ.
ޑރ. މުއިއްޒު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންއިން، ސްޓަރަކްޗަރަލް އިންޖީނިއަރިންގއިންގެ ރޮނގުންނެވެ. އަދި ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީން، ސިވިލް އިންޖީނިއަރިންގެ ދާއިރާއިންނެވެ.
ޑރ. މުއިއްޒަކީ ރާއްޖޭގައި މިފަހުން ހައުސިންގ މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެ މަޤާމާއި ގުޅޭ އިލްމާއި ތަޖުރިބާ އެންމެ ރަނގަޅަށް ލިބިވަޑައިގެން ހުންނެވި މިނިސްޓަރެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރުގެ ފުރިހަމަކަމުންނާއި އެ މަނިކުފާނަށް ކުރައްވާ އިތުބާރު ބޮޑުކަމުން ރައީސް ޔާމީންވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަންކުރެއްވުމުގެ ބަދަލުގައި މުއިއްޒު އެ މަޤާމުގައި ބެހެއްޓެވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް މިއިން ޒަމާނަކު އައިސްފައިނުވާ ވަރުގެ ތަރައްޤީއާއި ކުރިއެރުން އައިސްފައިވާއިރު، އެކަންކަން ހާސިލުކުރަން ކުރިއަށްގެންދިޔަ ބިޔަ މަޝްރޫޢުތައް ހިންގަވާފައިވާ މުއިއްޒުގެ ބަލަހައްޓަވަމުން ގެންދެވީ ހައުސިންގ މިނިސްޓްރީންނެވެ.
ރާއްޖޭގައި މިހާތަނަށް ހިނގި އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔައީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. މާލެ ވަށައި ތަރައްޤީކޮށްފައިވާ ރިންގ ރޯޑާއި، ސަލްމާނާއި މިސްކިތާއި، ރަސްފަންނާއި، ރަސްރަނި ބަގީޗާއާއި، ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމާއި އެ ތަނުގައި 16 ޓަވަރާއި އެތައް ހާސް ހައުސިންގ ޔުނިޓެއް އަޅާފައި އެހެރީ ޑރ. މުއިއްޒުގެ ވަރަށް ބޮޑު ބައިވެރިވުމަކާއެކުކަމީ އެއްވެސް ދިވެހި ރައްޔިތަކަށް ދޮގު ކުރެވޭނެ ކަންކަމެއް ނޫނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރުތައް ތަރައްޤީކޮށްދެއްވައި، މަގު ހެއްދެވުމާއި ބޯހިޔަވަހިކަމަށް ހައުސިންގެ އެތައް މަޝްރޫޢެއް ވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީ ގެނައުމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ބައިވެރިވުން އޮތްނަމަވެސް، ވަރުބަލިކަމެއް ނެތި، އެކަންކަމުގައި މުއިއްޒު އަދާކުރެއްވި ދައުރަކީ އެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރަށް ލިބުނު އެންމެ ބޮޑު ފަސޭހައެވެ.
ރައީސް ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ނިމުމަކަށް އައުމުން ޕީޕީއެމްގެ އިސް ސަފުން ރައީސް ޔާމީން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ގެއްލުނަސް، މުއިއްޒަކީ އެ ދަނޑިވަޅުގައިވެސް ސާބިތުކަމާއެކު ރައީސް ޔާމީންގެ އަރިހުގައި ޕީޕީއެމްގައި ހުންނެވި މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް، ސިޔާސީ ބާރު އަލުން ޕީޕީއެމްއަށް ހޯދުމަށް ކުރި މަސައްކަތުގައި ޑރ. މުއިއްޒުގެ ދައުރު ފުޅާކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަޤާމަށް އެމަނިކުފާނު އައްޔަންކުރެވިގެންދިޔައެވެ.
2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕީޕީއެމްއަށް މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވިނަމަވެސް، 2021 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. މާލޭ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ. މުއިއްޒު ނިކުންނެވީ ރައީސް ޔާމީންގެ އިރުޝާދު ލިބިވަޑައިގަތުމުންނެވެ. ހަޤީޤަތަށް ބަލާނަމަ އެ މަޤާމަށް ޑރ. މުއިއްޒަށްވުރެ ވަކި ޤާބީލް އެހެން ބޭފުޅަކު ނުދެއްކޭނެކަން އިންތިހާބުގެ ނަތީޖާއިންނާއި އިންތިހާބަށްފަހު އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަމުންދިޔަ މަންޒަރުތަކުން ސާފުވެއެވެ.
ވެރިކަމުގައި އޮތް ޕާޓީއާ ވާދަކޮށް ވާދަވެރި އިންތިޚާބެއް އިދިކޮޅު ޕާޓީއަށް ކާމިޔާބުކުރުމަކީ އުނދަގޫ ކަމެއްނަމަވެސް، ސަރުކާރުގެ ބާރާއި ނުފޫޒުތަކާއި ދެކޮޅަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރައްވައިގެން މުއިއްޒު ކާމިޔާބު ހޯއްދެވީ ވެރިކަމުގައި އޮތް އެމްޑީޕީގެ އާއްމު މެމްބަރުންގެވެސް ތާޢީދާއެކުއެވެ. އަދި އެމަނިކުފާނާއެކު މާލެ ސިޓީ ކައުންސިލުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމްއިން ހޯދައި، ރާއްޖޭގެ ދެބައިކުޅަ އެއްބައި އާބާދީ އޮންނަ މާލޭ ސިޓީގެ ތާއީދު ޕީޕީއެމްއަށް އަނބުރާލުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވިކަމަކަށެވެ.
މާލެ ސިޓީގެ މޭޔަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެހެން މޭޔަރުންނާއި ހިލާފަށް މުއިއްޒުގެ ފަރާތުން ފެނިވަޑައިގަތީ މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ، ސިޓީ ކައުންސިލުގެ އަސްލު ދައުރު އަދާކުރަމުންދިޔަ މަންޒަރެވެ. މާލޭގައި އުޅޭ ރައްޔިތުންނަށް ދަތިވާ ހުރިހާ ކަމެއް މާލެ ސިޓީ ކައުންސިލުން ދަނީ ހައްލުކޮށްދެއްވަމުންނެވެ. ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލައި، މާލޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތްކުރުމުގައި ސިޓީ ކައުންސިލުން އަދާކުރައްވަމުން ގެންދަވަނީ ނަމޫނާ ދައުރެކެވެ. އާދައިގެ މަސައްކަތްކުރާ ބައެއްގެ ބަދަލުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ކުރިއަށްގެންދާ މުއައްސަސާއަކަށް މާލެ ސިޓީ ކައުންސިލު ބަދަލުކޮށްލެއްވީ މުއިއްޒުގެ މޭޔަރުކަމުގެ ދަށުގައޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި މުޢިއްޒުގެ ފަރާތުން ފެންނަނީ، ދިވެހި ދައުލަތަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އޮނަރަބަލް އުމަރު ޒާހިރުގެ ފަރާތްޕުޅުން ފެނުނުފަދަ ޚިދުމަތްތެރި މަންޒަރުތަކެކެވެ. ބަސްމަދެވެ. ނަމަވެސް ކުރައްވާ މަސައްކަތްތަކާއި އެކަމުގައި ގެންގުޅުއްވާ ދުވެއްޔާއި، ދެއްވާ ސަމާލުކަމާއި، ބަހައްޓަވާ ފަރުވާތެރިކަމަކީ އުމަރު ޒާހިރުގެ ފަރާތުންވެސް ބައެއް ބޭފުޅުންނަށް ފެނިވަޑައިގެންނެވި ސިފަފުޅުތަކެކެވެ.
ޑރ، މުހައްމަދު މުއިއްޒަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓްކަން ލިބިވަޑައިގަތީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަނޑައެޅުއްވުމުންނެވެ.
ރައީސް ޔާމީން މި ޤައުމަށް ގެނެސްދެއްވި ތަރައްޤީ، އެގޮތުގައި އަނެއްކާވެސް ގެންނަން ބޭނުންވާނަމަ މުއިއްޒު ނޫން ބޭފުޅަކު ނެތްކަން ޕީޕީއެމް-ޕީއެންސީގެ އިތުރުން، އެހެން ސިޔާސީ ޕާޓީތަކުންވެސް ޤަބޫލުކުރެއެވެ. ޑރ. މުއިއްޒުގެ ޤާބިލްކަމާއި ތަޖުރިބާއާއި، ތައުލީމާއި މެދު ކުރެވޭނެ ޝައްކެއް، ސުވާލެއް އުފައްދާނެ ޖާގައެއް ނެތެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ބޭފުޅުންގެ ތެރޭގައި އެމަނިކުފާނަށްވުރެ ތައުލީމީ ބޭފުޅަކު ނެތެވެ. އެމަނިކުފާނާއި އެއްވަރަށް ސަރުކާރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކުވެސް ނެތެވެ.
ދެން އޮތް އެންމެ ބޮޑު ސުވާލަކީ ޕީޕީއެމްއާއި ރައީސް ޔާމީނަށް ޑރ. މުހައްމަދު މުއިއްޒު ބަހައްޓަވާނެ އިހްލާސްތެރިކަމާއި ވަފާތެރިކަމާމެދު ބައެއް ބޭފުޅުން ހިތަށް އަރައިވަޑައިގަންނަވާ ސުވާލުތަކެވެ. ހަޤީޤަތަށް ބަލާނަމަ މިއީ ކުރަންޖެހޭ ސުވާލެއްވެސް ނޫނެވެ. އެ ސުވާލުގެ ޖަވާބު މުއިއްޒުގެ ފަރާތުން މިހާތަނަށް ފެނިވަޑައިގެން ކަންކަމުން ލިބޭނެއެވެ. އެމަނިކުފާނަކީ ރައީސް ޔާމީނާއި ޕީޕީއެމްއަށް ދެރަ ގޮތެއް މެދުވެރިވާނެ ގޮތަކަށް ދުވަހަކުވެސް އަމަލުކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. މުއިއްޒުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ދެއްވާނެ އަމަލެއް އެމަނިކުފާނުގެ ފަރާތުން މިހާތަނަށް ފެންނާނަކަށް ނެތެވެ.
ރައީސް ޔާމީނަށް، ނުވަތަ ޕީޕީއެމްގެ އެހެން އެއްވެސް ލީޑަރަކަށް މީގެކުރިންވެސް، މިހާރުވެސް ދެރަ ބަހެއް ވިދާޅުވެފައެއް ނެތެވެ. ހަޤީގަތަށް ބަލާނަމަ ޑރ. މުއިއްޒާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރަމުންދަނީ އެމްޑީޕީއާއި، އެ މީހުންނަށް ވާގިވެރިވާ ފަރާތްތަކުންނެވެ. އޭގެ އެއް ސަބަބަކީ އެމްޑީޕީއަށް މާލެ ސިޓީގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ގެއްލުމެވެ. އެކަމުގެ ހުރިހާ ރުޅިއެއް އެ މީހުން ބާލަނީ ޑރ. މުއިއްޒަށެވެ. އެހެންކަމުން އެކި ގޮތްގޮތުން ޕީޕީއެމްއާއި ޕީއެންސީގެ މެމްބަރުންގެ ތެރޭގައި ޑރ. މުއިއްޒުގެ އަގު ވައްޓާލުމަށް ތަކުރާރުކޮށް ދިޔައީ މަސައްކަތްކުރަމުންނެވެ. މުއިއްޒާއި ދެކޮޅަށް ކެނޑިނޭޅި ކުރި މަސައްކަތް ނާކާމިޔާބުވެ، ރައީސް ޔާމީންގެ ބަދަލުގައި އިންތިހާބަށް ނިކުންނަވާ ކެނޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ހަމަޖެހި، ބޮޑު ތަފާތުކަން އިންތިހާބު ކާމިޔާބުކޮށް، ޕީޕީއެމް ޕީއެންސީއަށް އެއޮތީ ވެރިކަން އަލުން ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު