ފޮނިތޮށި: ސަރުބީ ވިރުމަށް އެހީތެރިވެދޭ
ފޮނިތޮށި: ސަރުބީ ވިރުމަށް އެހީތެރިވެދޭ
ކެއުމުގައި މެޓަބޮލިޒަމް ބޫސްޓާތައް ހިމެނުމަކީ ސަރުބީ ވިރުވުމަށް އެހީވެދީ މީހާގެ ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު އިތުރުކޮށްދޭނެކަމެކެވެ. ތިރީގައިވާ މައުލޫމާތުތަކަކީ މިކަމާއި ގުޅިގެން އެޕޯލޯ ހޮސްޕިޓަލްސްގެ ޗީފް ނިއުޓްރިޝަނިސްޓް ޑރ ޕްރިޔަންކާ ރޯހަތުގީ ދަ އިންޑިއަން އެކްސްޕްރެސްގައި ލިޔުއްވާފައިވާ އާޓިކަލްއެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ލިޔުމެކެވެ.

ދުޅަހެޔޮ މެޓަބޮލިޒަމް ލެވެލް ދެމެހެއްޓުމަކީ މުޅި ދުވަހުގެ ދުޅަހެޔޮކަމާއި ބަރުދަން ކޮންޓްރޯލްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމާއި ކެއިން ބުއިމުގެ އާދަތައް ތަރުތީބުކުރުމަކީ މެޓަބޮލިޒަމް ރަނގަޅުކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ކާތަކެތި ތައްޔާރުކުރަން ބޭނުންކުރާ އާއްމު ބާވަތަތްކުގެ ތެރޭގައި ހިމެނޭ ހަތަރު ބާވަތަކުން މެޓަބޮލިޒަމް ރަނގަޅުކޮށްދޭކަމަށް ޑޮކްޓަރ ޕްރިޔަންކާ ލިޔުއްވައެވެ. އެއީ ފޮނިތޮށި، އިނގުރު، ލުނބޯ އަދި މަސްޓަޑް ސީޑްސްއެވެ.

އެގޮތުން ދެން މިބަލާލަނީ މިދެންނެވި ފޮނިތޮށި، އިނގުރު، ލުނބޯ އަދި މަސްޓަޑް ސީޑްސް އާއި މެޓަބޮލިޒަމްއާ ހުރިގުޅުމަށެވެ.

ފޮނިތޮށި:

ފޮނިތޮއްޓަކީ އަކީ އޭގައި ކުޅި އަދި ފޮނި ރަހައެއް އެކުލެވިގެންވާ، ކެއްކުމާއި ބޭސްވެރިކަމުގެ ބޭނުންތަކުގައި އެތައް ސަތޭކަ އަހަރުތަކެއްވަންދެން ގެންގުޅެމުން އަންނަ އެއްޗެކެވެ. އަދި މިއީ މެޓަބޮލިޒަމް ރަނގަޅުކޮށްދޭ ބާވަތެއްވެސް މެއެވެ. ފޮނިތޮށި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމެވެ. ލޭގައި ހަކުރު ގިނަވުމަކީ އިންސިއުލިން ރެސިސްޓެންސް އަށް މަގުފަހިކޮށްދޭ ކަމެއް ކަމެކެވެ. އޭގެ ސަބަބުން މެޓަބޮލިޒަމް ދަށްކޮށްދެ އެވެ. އެހެންކަމުން އިންސުލިން ރެސިސްޓެންސްގެ މައްސަލަތައް ހައްލުކުރުމަށް އެހީވެދީ، ސެލްތަކުން ގުލްކޯޒް ރަނގަޅަށް ހިފަހައްޓައި، ހަކަތަ ބޭނުންކުރުން ރަނގަޅުކޮށްދީ މެޓަބޮލިޒަމް ރަނގަޅުކޮށްދިނުމަށް މިބާވަތް ބޭނުންކުރެވިދާނެއެވެ.

މީގެއިތުރުން، ސިނަމަންއަކީ ހަށިގަނޑުގައި ހޫނު އުފެއްދުމުގެ މަރުހަލާ ހަލުވިކޮށްދޭ ތާރމޯޖެނިކް ޕްރޮޕަޓީސްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އަރާމުކުރާއިރުވެސް އިތުރު ކެލޮރީސް އަންދާލުމަށް އެހީތެރިވެދެއެވެ.

އިނގުރު:

އިނގުރަކީ ކުޅި ކެއުންތަކުގައާއި ތަފާތު ބޭސްވެރިކަމުގެ ބޭނުންތަކަށް މަޝްހޫރު ބާވަތެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮސިއްހަތެއްގައި ބަހައްޓައި، ނިއުޓްރިއެންޓްސް އެބްސޯބްކުރުމަށް އެހީތެރިވެދީ މެޓަބޮލިޒަމް އިތުރުކޮށްދޭ އެއްޗެކެވެ. ސިނަމަން ފަދައިން އިނގުރަކީ ވެސް ތަރމޯޖެނިކް މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން ކުޑަކޮށް މަތިކޮށް، ކެލޮރީ އަންދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. މިއީ ބަނޑުހައިހޫނުކަމުގެ އިހުސާސްތައް ކުޑަކޮށްދީ، ކޮލެސްޓްރޯލް، ލޭގައި ހަކުރު، ލޭގެ ޕްރެޝަރު، އިންފްލެމޭޓަރީ ޕްރޮޓީންސް ދަށްކޮށްދިނުމުގެ އިތުރުން ފުރަމޭގެ ސިއްހަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ އެެއްޗެކެވެ.

ލޮނުމެދު:

ކާޑިއޯ ޕްރޮޓެކްޓިވް އިފެކްޓެއް ނުވަތަ ހިތުގެ ސަލާމަތާއި ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރުވާ މާއްދާތައް އެކުލެވޭ ލޮނުމެދަކީވެސް އެތައް ހާސް އަހަރުތަކެއް ވަންދެން ކެއްކުމުގައާއި ބޭސްވެރިކަމުގެ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އޭގައި އެލިސިންކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މިއީ މެޓަބޮލިޒަމް އިތުރުކޮށްދޭ، މަޝްހޫރު މާއްދާއެކެވެ. އަދި މިއީ ހަށިގަނޑުގައި ހުންނަ ސަރުބީވިރުވުމަށް އެހީތެރިވެދޭ މާއްދާއެއްވެސްމެއެވެ. އަދި މިސަރުބީތައް ވިރުވައި، ފެޓް ހަކަތައަށް ބަދަލުކުރުމަށް އެހީތެރިވެދީ މެޓަބޮލިޒަމް އިތުރުކޮށްދެއެވެ.

މަސްޓަޑް ސީޑްސް:

ސައިޒުން ކުޑަ ނަމަވެސް މެޓަބޮލިޒަމް ވަރުގަދަ ކުރުމުގައި މިއީ ވަރަށް ރަނގަޅު ބާވަތެކެވެ. އިންޑިއާގެ ތަފާތު ކެއުންތަކުގައި އާންމުކޮށް ބޭނުންކުރެވޭ މިބާވަތަކީ ވިޓަމިން އޭ، ބީ ކޮމްޕްލެކްސް އަދި ސީ އާއި ކެލްސިއަމް އަދި މެގްނީޒިއަމް ފަދަ މިނަރަލްސް އިން މުއްސަނދިވެފައިވާ ބާވަތެކެވެ. މެޓަބޮލިކް ޕްރޮސެސްތަކުގައި މި ބާވަތްތައް މުހިންމު ދައުރެއް އަދާކުރެ އެވެ. ވިޓަމިން ބީ-ކޮމްޕްލެކްސް އަކީ ހަކަތަ އުފެއްދުމަށް ވަރަށް މުހިންމު އެއްޗެކެވެ. ކެލްސިއަމް އަކީ މެޓަބޮލިޒަމްގައި ހިމެނޭ އެއްމަސައްކަތް ކަމުގައިވާ މަސްތައް ކޮންޓްރެޓްކުރުވައި ހަރަކާތްތެރިކުރުމުގައި އެހީވެދޭ މާއްދާއެކެވެ. މަސްޓަޑް ސީޑްސްގައި ސެލެނިއަމް އެކުލެވިގެންވާ އިރު، މިއީ ތައިރޮއިޑްގެ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭ ޓްރޭސް މިނަރަލް އެކެވެ. މީގެ އިތުރުން މަސްޓްޑް ސީޑްސްގައި އެކުލެވޭ ޕްރޮޓީން ގެ ސަބަބުން މަސްތަކުގެ ޓިޝޫ ތައް އައުކޮށް، ބިނާކޮށް މަރާމާތު ކުރުމަށް އެހީތެރިވެދެއެވެ. މަސްތައް ބިނާކުރުމަކީ މެޓަބޮލިޒަމް އިތުރުކޮށް، އަރާމުކުރާވަގުތުގައި ވެސް އިތުރު ކެލޮރީސް އަންދާލުމަށް އެހީތެރިވެދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން