ހެލެނބެއްޔަކީ ދިވެހި އަންހެން ކުދިން ވަރަށް މީރުކޮށް ކައިއުޅޭ އެއްޗެކެވެ. އާއްމުގޮތެއްގައި އަންހެންކުދީން އަނގަމީރުކުރުމަށް ހެލެބެލި ހުތާއި ހެލެނބެލިން ހަދާ މަޖާ ކައިއުޅެނީ މަޖަލަކަށެވެ. ނަމަވެސް މިއީ ހަމައެކަނި މަޖަލަށް ކެއުމުގެ އުފާއެކަނި ލިއްބައިދޭ ބާވަތެއްވެސް ނޫނެވެ.

މީގައިވެސް އެތައް ފައިދާތަކެއް އެކުލެވިގެންވެއެވެ. އެހެންކަމުން ހެލެނބެލިން ލިއްބައިދޭ ފައިދާތަކަށް ބަލާލަމާހެއްޔެވެ.

ހެލެބެނލިން ލިބިދޭ ޞިއްޙީފައިދާ



1. އެންޓިއޮކްސިޑެންޓްސް ލިއްބައިދިނުން: ހެލެނބެއްޔަކީ ވިޓަމިން ސީ، ބީ އަދި ވިޓަމިން ކޭ ފަދަ ވިޓަމިންތަކުގެ އިތުރުން ޕޮޓޭސިއަމް، މެގްނީޒިއަމް އަދި ކެލްސިއަމް އަދި ޑައިޓްރީ ފައިބާ ފަދަ މިނަރަލްސް ހިމެނޭ، ނިއުޓްރިއެންޓްސްތަކުން މުއްސަނދި ބާވަތެކެވެ. އަދި ހެލެނބެލީގައި ހިމެނޭ ޕޮލިފެނޮލްސް އާއި ދެންނެވުނު އެންޓައިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް އޮކްސިޑޭޓިވް (ސެލްތައް ބަލިކަށިވެ އަވަހަށް ހަލާކުވުން) ގެއްލުމުން ރައްކާތެރިކޮށްދީ، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

2. ހަޖަމުވުމުގެ ނިޒާމު ދުޅަހެޔޮކޮށްދިނުން: މިއީ ހަޖަމުކުރުމުގެ މައްސަލަތަކަށް ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މިބާވަތުގައި ޑައެޓަރީ ފައިބަރަ އެކުލެވިގެންވާ އިރު، މިއީ އާންމުކޮށް ބަނޑުގައި ކާއެއްޗެހި ހަޖަމުވުމަށް އެހީތެރިވެދީ، އަދި އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދޭ އެއްޗެކެވެ.

3. ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން:

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހެލެނބެލީގައި ފައިބަރގެ މިންވަރު އިތުރުވުމުގެ ސަބަބުން ބަނޑުފުރިފައިވާކަމުގެ އިހުސާސްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ބޭކާރުގޮތުގައި ހަށިގަނޑަށް ގެއްލުންވާތަކެކި ކެއުމުން ދުރުހެލިވުމަށް ފަސޭހަވާނެއެވެ. އަދި ހަމައެހެންމެ ފައިބަރ މާއްދާގެ ސަބަބުން ބަނޑުހައިހޫނުކަން ކޮންޓްރޯލްކޮށް، ކެލޮރީ މަދުކޮށް އަދި ބަރުދަން މެނޭޖްކުރުމަށް އެހީތެރިވެދެއެވެ.

4. ހަކުރު ކޮންޓްރޯލްކޮށްދިނުން:

ހެލެނބެލީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދެއެވެ. ޕޮލިފެނޮލްސް އާއި ފައިބަރ ފަދަ މާއްދާތަކުގެ ސަބަބުން ލޭގެ ތެރެއަށް ކާތަކެތިން ހަކުރު 'އެބްޒޯބްކުރުން' ނުވަތަ ލޭގެތެރެއަށް ހަކުރު އިތުރުވުމަށްވެސް ލަސްތަކެއް ހުންނާނެކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓްކުރެއެވެ.

5. ހިތުގެ ޞިއްޙަތު ރަނގަޅުވުން:

ހެލެނބެއްޔަކީ ކުރިންވެސް ބުނެވިދިޔަ ފަދައިން އެންޓިއޮކްސިޑެންޓްސް އަދި ޕޮޓޭސިއަމް ފަދަ އެހެނިހެން ގިނަ މިނަރަލްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. ޕޮޓޭސިއަމްގެ މާއްދާއަކީ ލޭމައްޗަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދީ، ކޮލެސްޓްރޯލް ލެވެލް ރަނގަޅުކޮށް އަދި ހިތުގެ އާއްމު ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

6. ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން:

މިއީ ކެލްސިއަމް އާއި އެހެނިހެން މިނަރަލްސް އިން ވެސް މުއްސަނދި މޭވާއަކަށްވާތީ، ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އަދި އޮސްޓިއޯޕޮރޯސިސް އިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެއް ކަމުގައިވެއެވެ.

އެހެންކަމުން މިމޭވާގެ ފައިދާ ލިބިގަތުމަށްޓަކައި ރޯ ހެލެނބެލިން ފަނިގިރައިގެން ބުއިމާއި އަދި ކެއްކުމުގެ ތެރޭގައިވެސް ބޭނުންކޮށްގެން މީގެ ފައިދާ ލިބިގެނެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން