ލޯތްބަކީ މީހެއްގެ ސިފައަކަށް ނުވަތަ މުއްސަނދިކަމަކަށް ނުވަތަ އާއިލާއާއި މަޤާމުގެ މައްޗަށް ބިނާވާ އެއްޗެއް ނޫނެވެ. ނަމަވެސް މިކަންކަން މުޅިން އެއްކޮށް އެއްފަރާތްވެސް ކޮށެއްނުލެވޭނެއެވެ. ވަކިން ޚާއްސަކޮށް މީހާގެ ސިފައެވެ. ސަބަބަކީ މިއީ އެންމެ ފުރަތަމަ މީހަކާއި ބައްދަލުވާހިނދު އަޅައިގަންނަ ސިފަކަމުގައިވާތީއެވެ. އަދި ދެމީހުން ބައްދަލުވުމަށްފަހު ވާހަކަދެކެވި ޚިޔާލު ބަދަލުކުރުމަށްފަހު މަޑުމަޑުން އެގުޅުން ލޯތްބަށް ބަދަލުވަނީއެވެ. އެހެންނަމަވެސް ކައިވެރިނކުރުމަށް ވަކި މީހަކު އިޚްތިޔާރު ކުރުމަކީ މުޅިން ވެސް އެމީހެއްގެ އަމިއްލަކަމެކެވެ.

ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ކޮންމެ މީހަކުވެސް އެދޭނީ އެމީހެއްގެ ބައިވެރިޔާއަކީ ރީތި، ސްމާޓް، ހެޔޮލަފާ މީހަކަށް ވުމަށެވެ. އެހެންކަމަށްވާނަމަ ބޭރުފުށުގެ ރީތިކަން ނެތްމީހުން މީހުންނަށް އިންނާނެ މީހަކު ހޯދަން އުދަނގޫވެދާނެއެވެ. ނަމަވެސް ހައިރާންކުރުވަނިވި ކަމަކީ ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބޭރުފުށުން އެމީހުންނާއި ބަލައި ރީތި ނޫން ފިރިހެނަކު ލިބުމަކީ އަންހެންމީހާގެ ދިރިއުޅުން މާބޮޑަށް އުފާވެރިވާކަމެއް ކަމުގައެވެ.

ފްލޮރިޑާ ސްޓޭޓް ޔުނިވާސިޓީ އިން އަލަށް ކުރި މިދެންނެވި ދިރާސާއިން ދައްކާގޮތުގައި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއަށްވުރެ އަންހެން މީހާ ރީތިނަމަ ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. ސައިންސްވެރިން މިދިރާސާކޮށްފައިވަނީ ޓެކްސަސްގައި ދާދި ފަހުން ކައިވެނިކުރި 113 ދެމަފިރިން އެނަލައިޒްކޮށްގެންނެވެ. މި ސާވޭގައި ފިރިންނާއި އަނބިދަރިންނަށް މާކްސް ދެނީ އެމީހުންގެ ސިފައަށް ބަލައިގެންނެވެ. ރީތިކަމުގައި އަންހެންމީހާއަށްވުރެ ދަށުން މާކުސް ލިބުނު ފިރިން އެމީހުންގެ އަނބިދަރިންނަށް ލޯތްބާއި އަޅާލުމުގައި މާބޮޑަށް ސަމާލުކަން ދެމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ. އަދި ހަމަ އެހެންމެ ހަދިޔާ ދިނުމާއި، ގޭތެރޭގެ މަސައްކަތްތައް ކުރުމާއި، ހުރިހާ ގޮތަކުންވެސް އަނބިމީހާއަށް އެހީތެރިވެ އަޅާލާ މަންޒަރު ބޮޑަށް ފެނިގެންދަނީވެސް އަނބިމީހާ މާ ރީތިވެފައި ފިރިހެންމީހާއަކީ ބަލައިލަން އެހައި ރީތި މީހަކަށްނުވާ ދެމަފިރިންގެ ދެމެދުގައެވެ.

ފްލޮރިޑާ ސްޓޭޓް ޔުނިވާސިޓީގެ މިދިރާސާއިން ދައްކާ ގޮތުގައި ބޭރުފުށުގެ ރީތިކަން ކުޑަ ފިރިންނަކީ އަނބިމީހާއާއި އާއިލާ އިސްކުރާ ފިރިންނެވެ. ހަމައެއާއެކު އަނބިމީހާގެ ރީތިކަމުގެ އަގުވަޒަންކޮށް އަނބިމީހާ ރުއްސުމަށް އެމީހުން އަބަދުވެސް ސަމާލުކަންދެއެވެ. މިއާޚިލާފަށް ފިރިމީހާން އަނބިމީހާއަށްވުރެ ރީތިވެފައި އެޓްރެކްޓިވް ނަމަ އަނބިމީހާއަށް 'އިންފީރިއާ ކޮންޕްލެކްސް' ނުވަތަ އަމިއްލަ ނަފްސަކީ ދެރަ މީހެއްކަމުގެ އިހުސާސްކުރެވިގެންދާނެއެވެ. މިފަދަ އިހުސާސްތައް ކުރެވެން ފަށައިފިނަމަ އެތައް ގޮތަކުން އެދެބައިވެރީންގެ އަމިއްލަ ނަފްސަށާއި އެދެމަފިރިންގެ ގުޅުމަށް ނޭދެވޭ އަސަރުތައް ކޮށް ދެމަފިރިން ވަކިވާ ހިސާބަށް ދާކަންވެސް ދިރާސާއިންވަނީ ހާމަވެގެން ގޮސްފައެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓް ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ތާނިޔާ ރެނޯލްޑްސް ބުނެފައިވާގޮތުގައި މި ދިރާސާގެ ނަތީޖާއިން ދައްކަނީ ރީތި ފިރިޔަކު ލިބުމަކީ އެކައިވެންޏަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި މިއާއިޚިލާފަށް ރީތިނޫން ފިރިން ނަކީ އަނބިދަރިން އުފަލުގައި ބެހެއްޓުމުގައި އަވަދިނެތި އުޅޭ ބައެއްކަމުން މިގުރޫޕޫގެ މީހުން މާއުފާވެރިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޙަބާ

17-Oct-2023

އިސްލާމްދީނުގެ ބޮޑު އަދުއްވެއްގެ ފޮޓޯ ނޫނީ ނުފެނުނީބާ?



ޓްރެންޑިން