އަޅުގަނޑުމެންގެ ތެރޭގައި ކޮއްޅަށްހުރެ ފެން ބުއިމަކީ ދަނޑުމަތީގައާއި މަސައްކަތްތަކުގައި ބުރަކޮށް އުޅޭ ވަގުތުތަކުގައި ވަރަށް ގިނަ މީހުން ކޮށްއުޅޭ ނުރަގަނޅު އާދައެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބިދޭސީ މުސްލިމުން ކިތަންމެ ބުރަކޮށް އުޅެމުންވެސް ފެން ބޯންއިރު ބިމުގައި އެއްކަކޫ ވިއްދައިގެން ނަމަވެސް ނުވަތަ ކޮންމެވެސް ވަރަކަށް އިށީނދެ އިނދެ ފެންބޮއެ އުޅޭކަން ފާހަގަކޮށްލެވެ. އިށީންދެ އިނދެ ފެންބުއިމަކީ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި އަދި މާތް ނަބިއްޔާގެ ނަބަވީ އިރުޝާދުންވެސް ފެންނަން އޮތް ގޮތެވެ. އެހެންކަމުން ރަސޫލާގެ ނަބަވީ އިރުޝާދާއެއްގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހެއެވެ.

މީހާ ކޮއްޅަށް ހުންނައިރު ހަށިގަނޑުގެ މަސްތަކާއި ޓިޝޫތައް ހުންނަނީ ވާންވެފައެވެ. އެހެންކަމުން ކޮއްޅަށް ހުރެ ފެންބުއިމުން މިކަމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ހަލުވިކަމާއެކު ފެން ދައުރުވެ، ހަށިގަނޑުގައި އެވަގުތު ހުރި ފްލުއިޑްގެ ބެލެންސަށް އަސަރުކުރެއެވެ.

އެހެންކަމުން ކޮއްޅަށް ހުރެގެން ފެންބޯއިރު، ހަށިގަނޑަށް ފެން އެޖަމާވެގެންދަނީ އެއްފަހަރާ ކުއްލިއަކަށެވެ. އެހެންކަމުން ރަނގަޅަށް ހަޖަމުނުވެ ފެން ބާރު ސްޕީޑުގައި ގޮސް ޖަމާވާނީ ސީދާ ހަށިގަނޑުގެ އެކި ގުނަވަންތަކަށެވެ. މިކަމަކީ އާތުރައިޓިސް ބައްޔަށް މަގުފަހިވާ ކަމެކެވެ. އަދި ހަމައެހެންމެ މިގޮތަށް ހަޖަމުނުވެ ގުނަވަންތަކަށް ފެންޖަމާވާނަމަ ގުނަވަންތަކުގައި ރިއްސުމުގެ އިތުރުން މީހާގެ މުޅި ހަޑިގަނޑަށް މިކަމުގެ ނޭދެވޭ އަސަރުކުރެއެވެ.

ކޮއްޅަށްހުރެ ފެންބުއިމުން ލިބޭ ގެއްލުންތައް

1. ބަނޑުގައި ރިއްސުން މެދުވެރިވުން:

ކޮއްޅަށް ހުރެ ފެން ބުއިމުން ގޮހޮރަށް ފޮނުވައިދޭ ފެނުގެ ޕްރެޝަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަމުގެ ސަބަބުން ބަނޑުގެ ފާރުތަކަށް ގެއްލުންވެ، އަލްސަރ ހެދުމަށް މަގުފަހިވެއެވެ.

2. ކިޑްނީ މައްސަލަތައް ދިމާވުން:

ކިޑްނީއަށް މާ ބާރަށް ވާސިލުވާ ފެން ފިލްޓްރޭޓް ކުރަން ނުވަތަ ފުރާނަން އުނދަގޫވެއެވެ. ނަތީޖާއެއްގެ ގޮތުން ކިޑްނީ އިން ސާފުނުވެ ހުންނަ ވިހަ މާއްދާތައް ކިޑްނީއާއި އާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ޖަމާވެއެވެ.

3. ނިއުޓްރިޝަން އެބްސޯޕްޝަންއަށް ކުރާ އަސަރު: އިތުރުން ކޮޅަށް ހުންނަ އިރު ފެން ބުއިމަކީ ކާނާގައި ހުންނަ ނިއުޓްރިއެންޓްސް ހަށިގަނޑަށް ލިއްބައިދިނުމަށް ހުރަސް އެޅިދާނެ ކަމެކެވެ. ބަނޑަށް ފެން ޖަމާވާ މިންވަރު އަވަސްވެ، ވިޓަމިންސް އާއި މިނަރަލްސް އެކްސްޓްރެކްޓް ކުރުމަށް ނުވަތަ ކާނާއިން ވަކިކޮށް ނެގުމަށް ހަށިގަނޑަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ނިއުޓްރިޝަން ނުލިބުމުގެ މައްސަލަތައް ދިމާވެދާނެއެވެ.

4. ހަޖަމުވުން ލަސްވުން:

ކޮޅަށް ހުރެ ފެން ބުއިމުން ދުރުހެލިވާން ޖެހޭ އަނެއް ސަބަބަކީ ހަޖަމުކުރުމުގެ މަރުހަލާއަށް އޭގެ އަސަރު ކުރާތީ އެވެ. މީގެ ސަބަބުން ފަލަވުމާއި ބަނޑު ފުއްޕައި ބަނޑަށް އުނދަގޫވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙަަމީދު

17-Oct-2023

އިށީންދެ އިނދެ ފެންބުއިމަކީ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި މިއީ ކޮން އާޔަތެއްގައޮތް ވާހަކައްކަން އެނގެން ބޭނުމެވެ.



ޓްރެންޑިން