ވަމި ވަގުތުތަކުގައި ނުކައިހުރުމުން ބަރުދައިން ލުއިކުރެވޭ
ވަމި ވަގުތުތަކުގައި ނުކައިހުރުމުން ބަރުދައިން ލުއިކުރެވޭ
ވަކި ހާއްސާ ވަގުތެއްގައި ނުކައި ހުރުމުން ބަރުދަން ލުއި ކުރެވޭކަމަށް ޗިކާގޯގެ އިލިނޮއިސް ޔުނިވާރސިޓީން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

އެ ޔުނިވާސިޓީން ހާމަކޮށްފައިވާގޮތުގައި "ޓައިމް-ރެސްޓްރިކްޓެޑް ފީޑިން ޑައެޓް" ނަމުގައި މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މިދިރާސާގައިވަނީ 4ގަޑިއިރު ނުކައި ހުރުމުންނާއި 6ގަޑިއިރުނުކައި ހުރުމުން ބަރުދަން ލުއި ކުރެވޭނެ މިންވަރު ބެލުމަށް ބައިވެރިންވަނީ 2 ގުރޫޕަކަށް ބަހާލާފައެވެ.

އެގޮތުން، ފުރަތަމަ ގުރޫޕުގެ މީހުންނަށް އެންގީ ހަމައެކަނި މެންދުރު 1-5 ދެމެދު ކެއުމަށެވެ. އަނެއްބައި މީހުންނަށް އެންގީ 1-7 ކާއި ދެމެދު ކެއުމަށެވެ. 2 ބައިގެ މީހުންނަށްވެސް ވަނީ އެބަޔަކު ބޭނުން އެއްޗެއް އެވަގުތު ތެރޭގައި ކެއުމަށް ހުއްދަ ދީފައެވެ.

ކެއުން މަނާކޮށްފައިވާ ގަޑިތަކުގައި ދެބައި މީހުންނަށްވެސްވަނީ ފެނާއި ކެލޮރީ ފްރީ ބުއިންތައް ބިއުމަށް ހުއްދަ ދީފައެވެ.

މިދިރާސާ 10 ހަފްތާވަންދެން ކުރިޔަށް ގެންގޮސްފައިވާއިރު، އެމުއްދަތުގެ ތެރޭގައި ބައިވެރިންގެ ބަރުދަން، ލޭގެ ހަކުރުހުރި މިންވަރު، ލޭމައްޗަށް ދާވަރު، ކޮލެސްޓްރޯލގެ މިންވަރު އަދި އިންފްލަމޭޓަރީބެލުމަށް ޓެސްތްތައް ހަދާފައެވެ.

އެގޮތުން، ކުރެވުނު މިދިރާސާއިން އިން ހާމަވިގޮތުގައި ދުވަހެއްގެ މައްޗަށް ދެގުރޫޕުގެ މީހުންގެ ގައިންވެސް 550 ކެލޮރީސް މަދުވެއެވެ. އަދި ދިހަ ހަފްތާތެރޭ ގައި ބަރުދަނުގެ ތިނެއް އިންސައްތަ ލުއި ވެފައިވާކަމަށް އެމީހުންގެ ރިޕޯޓުތަކުން

ދައްކާފައިވާއިރު އިންސިއުލިން ރެސިސްޓެންސް އާއި އޮކްސިޑޭޓިވް ސްޓްރެސް ލެވެލް ވަނީ ދަށްވެފައެވެ.

ނަމަވެސް، އެރިޕޯޓްތަކުން ބައިވެރިންގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލްއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން