ޕްރީމެޗުއަރ ބޯލްޑިންގ ނުވަތަ މާއަވަހަށް ތަލަވުމަކީ ދުނިޔޭގެ ގިނަ ފިރިހެނުންގެ ތެރޭގައި އަބަދުމެ އޮންނަ ކަންބޮޑުވުމެކެވެ. ތަލަވުމުން މީހާގެ ސިފަޔަށް ބަދަލުތަކެއް އައުމުންވާ ކަން ބޮޑުވުމެކެވެ. ނުވަތަ އަދި އެއީ ބޭނުންކުރެވޭ ކޮސްމެޓިކްސްގެ ބާވަތެއްގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ދެކި އެކަމުގެ ކަންބޮޑުވުމެވެ.

ނަމަވެސް ކުރީޒަމާނާއި ޚިލާފަށް މިހާރަކަށް އައިސް ވަރަށް ޒުވާން އުމުރުގައި ފިރިހެނުން ތަލަވާން ފަށެއެވެ. ބައެއް ޒުވާނުންގެ އުމުރުން 20 އަހަރާއި 30 އަހަރާދެމެދުގައި ތަލަވާންފަށައެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައިވެސް ވަރަށް ޒުވާން އުމުރުގައި އިސްތަށިގަނޑު ތުނިވެ ތަލަވެފައިވެފައިވާ މީހުން ނިސްބަތުން ގިނައެވެ. އެހެންކަމުން ތަލަވެފައި ތިބޭ ޒުވާނުން ގިނަވެ، ތަލަވުމަކީ ޒުވާނުންގެ މެދުގައި މާގަޔާވާ ސްޓައިލެއްކަމަށްވެ ބޯބާލައިގެން ތިބޭ ޒުވާނުންވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ގިނައެވެ. ނަތީޖާއަކަށް ވެގެންދަނީ ބޯތަލަކޮށް ތިބޭ ޒުވާނުންނާ ޒުވާން އަންކުދިން މާގަޔާވުމެވެ.



ކަން މިހެންހުރި ނަމަވެސް ހަޤީޤަތުގައިވެސް މާ އަވަހަށް ތަލަވުމަކީ ވަރަށްވެސް ސީރިއަސް މައްސަލައެކެވެ. ސަބަބަކީ މިއީ ބައެއް ކަހަލަ ކެންސަރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭކަމަކަށްވާތީއެވެ.





ތަލަވުމާއި ޕްރޮސްޓޭޓް ކެންސަރު



އަވަހަށް ބޯ ތަލަވުމަކީ ފިރިހެނުންގެ ކުރިމަތިފަރާތަށް ޖެހޭ ޕްރޮސްޓޭޓް ކެންސަރުގެ އަލާމާތަކަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެއެވެ. މިއީ އެއްވެސް ސައިޓިފިކް އަސާސެއް އޮތް ވާހަކައެއްތޯ ބެލުމަށް 2016 ވަނަ އަހަރު އެމެރިކާގައި ހަދާފައިވަ ޖާނަލް އޮފް ކްލިނިކަލް އޮންކޮލޮޖީ ދިރާސާގައި މިކަމަށް އިޝާރަތްކުރާ ހެކި ހޯދިފައިވެއެވެ.



މި ދިރާސާއިން ދައްކާ ގޮތުގައި ޒުވާން އުމުރުގައި ތަލަވާ ފިރިހެނުންނަށް އުމުރުގެ ފަހުކޮޅުގައި ނުވަތަ ދުވަސްވާވަރަކަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ 20،000 އަށް ވުރެ ގިނަ ބައިވެރިންގެ މައުލޫމަތު އެއްކޮށްގެން ހެދިފައިވާ މިމައްސަލައަށް އަލިއަޅުވާލެފައިވާ މުހިންމު ދިރާސާއެކެވެ.



އުމުރުގެ ކުރީކޮޅު ބޯތަލަވުމާއި ގުޅުން ހުރި ކެންސަރުގެ ވައްތަރަކީ ހަމައެކަނި ޕްރޮސްޓޭޓް ކެންސަރއެއް ނޫނެވެ. ބްރިޓިޝް ޖާނަލް އޮފް ޑަރމަޓޮލޮޖީގައި 2017 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި މާއަވަހަށް ފިރިހެނުންގެ ބޯތަލަވުމުން މެލަނޯމާ ފަދަ ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާވެސް ބޮޑެއެވެ. އެހެންކަމުން މިއީ ހަމައެކަނި އިސްތަށިގަނޑާއި އެކަނި ބެހޭ ކަމެއް ކަމުގައި ނިންމޭކަށްނެތެވެ. އެއީ ތިބާގެ މުޅި ސިއްހަތަށްވެސް އަސަރުކުރާކަމެކެވެ. އަދި ޖެނެޓިކްސް ނުވަތަ އާއިލީގޮތުން ވަރުތަވާކަމެއް ކަމުގައި ބޯތަލަވުމާއި ބައެއްކަހަލަ ކެންސަރު ބަލިތައް ޖެހުންވެގެންދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އާއިލާގައި ކެންސަރު ޖެހުމުގެ ހިސްޓްރީ އެއް އޮތް ނަމަ ނުވަތަ އެބަލި އާއިލާގެ ތެރޭގައި އޮތްނަމަ އަވަހަށް ތަލަވުމާއި ގުޅިފައިވާ ކެންސަރު ބަލިތަކުގެ ނުރައްކާ ބޮޑެވެ. މިއީ އަވަހަށް ތަލަވާ ފަރާތްތަކުން ސަމާލުކަން ބެހެއްޓުން މުހިއްމު ކަމެކެވެ. އެހެންނަމަވެސް އަވަހަށް ތަލަވުމަކީ ޔަގީންކަމައިއެކު އެމީކަހަކަށް ކެންސަރުޖެހޭނެ ކަމެއް ކަމުގައި ނިންމައިގެން ނުވާނެއެވެ. އެހެންނަމަވެސް މިއީ ތިބާގެ ސަމަލުކަމުގައު ބެހެއްޓުން މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން