ވަގުތީ އުފަލަކަށްޓަކައި ރައްޓެހިވާއިރު އަންހެނުން ފިޓުކޮށްތިބޭ ބިޔަ ހަށިގަނޑު ހުންނަ ފިރިހެނުންނަށް ބަލާކަމަށާއި، އެހެންނަމަވެސް އެކުގައި ޒަވާޖީ ހަޔާތެެއްގައި ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށްއެދޭ ކޮންމެ އަންހެނަކުވެސް ކައިވެނިކުރުމަށް ބޮޑަށް ބަލަނީ ފިރިހެންމީހާގެ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ މިޒާޖަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް އާކަންސަސްގެ ފުލްބްރައިޓް ކޮލެޖް އޮފް އާޓްސް އެންޑް ސައިންސަސްގެ ސައިކޮލޮޖީ އިން ކުރި މިދިރާސާއަކީ އިންސާނުން އެމީހުންގެ ބައިވެރިޔާ ކަނޑައެޅުމަށް ބަލާކަންކަން ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. އިންސާނުން އެކިއެކި ހާލަތްތަކުގައި ބޭނުންވާ ބައިވެރިޔާ ތަފާތުވެގެންދާ ކަމަށާއި އިންސާނުންގެ ދިރިއުޅުމުގައި މިފަދަ ކަންކަން ޚިޔާރުކުރުމަށް ދިގު މުއްދަތުގައި ކަންކުރާނެ ގޮތާއި ކުރުމުއްދަތުގައި ކަންތައް ކުރާގޮތްތަކުގެ ތަފާތު ވެސް މިދިރާސާއިން ވަނީ ދެނެގަނެވިފައެވެ.

މިދިރާސާ ކުރެވިފައިވަނީ އެމެރިކާގެ ޔުނިވަރސިޓީއަކުން 394 އަންހެނުން ބައިވެރިކޮށްގެނެވެ. އަދި އެވަރެޖުކޮށް މިދިރާސާގައި ބައިވެރިވެރފައިވަނީ 19 އަހަރުގެ މީހުންނެވެ. އަދި މިދިރާސާހެދިއިރު 251 މީހުންނަނީ ހުސްސަރިބައި މީހުންނެވެ. އަދި ބާކީ 143 މީހުންނަނަކީ ބައިވެރިޔެއް ހުރި މީހުންނެވެ. ތާރީޚަށާއި އިންސާނީ ނަސްލު ދެމިގެން އައިގޮތަށް ބަލާއިރު އަންހެނުން ބައިވެރިޔަކަށް ހޮވާ ފިރިހެނުންނަކީ ހަށިގަނޑު ނުވަތަ ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީ ގޮތުން އަންހެން މީހާއަށް ކުދިން ހޯދުމަށް އެންމެ އެކަށޭނަ މީހާކަމުގައި ވޭތޯ ބަލައެވެ.

ކޮންމެ އަންހެނަކުވެސް އެންމެ އެދޭނީ ޖިސްމާނީ ގޮތުން ވެސް ވަރުގަދަ އަދި ރަނގަޅު އަހުލާގީ ސިފަތަކެއް ހުރި ސަކަ މިޒާޖެއްގެ ވެރިއެއް ހޯދުމަށެވެ. އެހެން ނަމަވެސް މި ފަދަ ބައިވެރިޔާ ލިބުމަކީ ވަރަށް އުނދަގޫކަމަކަށްވެއެވެ. އެހެންކަމުން އެއް ސިފައަކަށް ވުރެ އަނެއް ސިފައަށް އިސްކަން ދޭން ޖެހެ އެވެ.

އެހެންކަމުން ސައިންސްވެރިން ވަނީ ކުރު މުއްދަތާއި ދިގު މުއްދަތުގެ ބައިވެރިޔާ ހޮވުމުގައި އެފިލިއޭޓިވް އަދި އެގްރެސިވް ހިއުމަރ ބޭނުންކުރާ ހަރުދަނާ ފިރިހެނުންގެ ބޭނުންތެރިކަން އަންހެނުން އިވެލުއޭޓްކުރާ ގޮތް ދެނެގަތުމަށް މަސައްކަތްކޮށްފައެވެ.

މިތަނުގައި އެފިލިއޭޓިވް ހިއުމަރ މާނަކޮށްފައި ވަނީ އޯގާތެރިކަމާއިއެކު އެހެނަސް މީހުންނާއި ގުޅިގެން އުޅުމާއިއެކު ކަންކަމުގައި މަޖާ އަދި ސަކަ ގޮތަތައް ގެންގުޅުމަށެވެ. އެފިލިއޭޓިބް ހިއުމަރއަކީ އަންހެނުންނަށް ކަމުދާ ސިފަޔަކަށްވާއިރު މީގެ އަނެއްކޮޅު ކަމުގައިވާ ބާރުގަދަވުމާއިއެކު ބައެއްފަހަރު އަންނަ ހަރުކަށި ކަމަކީ ދިގު މުއްދަތުގައި އަންހެނުން ރުހޭ ކަމެއް ނޫނެނެވެ.

އެހެންކަމުން ފިރިހެންމިހަކީ މަޖާ ސަކަ މިޒާޖެއްގެ ވެރިއެއްނަމަ އެއީ އަންހެނުން ކައިވެނިކުރުމަށް ބަލާ މިންގަނޑުން އެއްވަނައިގެ މީހެއްކަން އެމެރިކާގައި ކުރެވުނު މިދިރާސާއިން މިވަނީ ޔަޤީންވެފައެވެ.

މި ދިރާސާއާގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔުނިވާސިޓީ އޮފް އާކަންސަސްގެ ފުލްބްރައިޓް ކޮލެޖް އޮފް އާޓްސް އެންޑް ސައިންސަސްގެ ސައިކޮލޮޖީ އިންސްޓްރަކްޓަރު ޑރ. މިޗް ބްރައުން ވިދާޅުވީ ދިރާސާއިން އެއްކުރެވުނު މައުލޫމާތުތަކުން، ބައިވެރިޔެއް ހޯދުމުގައި ފިރިހެނާގެ 'ސްޓްރެންތު' ނުވަތަ ޖިސްމާނީގޮތުން ވަރުގަދަވުމާއި މިޒާޖުގައި ސަކަ މަޖާ ގޮތްތަކެއް ހުރުމަށް އަންހެނުން އެދޭކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ޑރ. މިޗް ބްރައުން ވިދާޅުވީ ފިޓުކޮށް، އަދި ބިޔަކޮށްތިބޭ ފިރިހެނުން އިޚްތިޔާރު ކުރަން ބައެއް އަންހެންވެރީން ބޭނުންވަނީ ހަމައެކަނި ވަގުތީގޮތުން ރައްޓެހިވެގެން އުޅުމަށެވެ. އެހެންނަމަވެސް މިއަންހެނުންވެސް އެފަދަ ފިރިހެނުންނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ބޭނުމެއް ނުވާކަމަށާއި މިއާހިލާފަށް މިބައި މީހުންވެސް އަދި ދިރިއުޅުމެއް ފަށަން ގަޞްދުކުރާ ކޮންމެ އަންހެނަކުވެސް ޒަވާޖީ ހަޔާތެއް ފަށަން އެންމެ އިސްކަންދެނީ ސަކަމިޒާޖުގެ ފިރިހެންނުނާއެކު ކަމަށް ދިރާސާއިން ފާހަގަކުރެވިފައިވާކަމަށްވެސް ޑރ. މިޗް ބްރައުން ވިދާޅުވިއެވެ.

ޑޮކްޓަރ ބްރައުން އިތުރަށް ވިދާޅުވީ ދިގުމުއްދަތުގައިވެސް އަދި ކުރުމުއްދަތުގައިވެސް ބައިވެރިޔަކު އިޚްތިޔާރުކުރުމަށް މިދެސިފައަށް އަންހެނުން ބަލާކަމަށެވެ. އަދި މީހަކު އިޚްތިޔާރުކުރުމުގައި ކޮންމެ އަންހެނަކުވެސް ބަލަނީ ކުރުމުއްދަތުގެ އުފާތަކާއި އަދި ދުރު މުސްތަޤުބަލުގައި އެގުޅުމުން އައިސްދާނެ ދަތިތައް މިނެކިރައި އޭނާއަށް އެވަގުތަށް އެންމެ ރަނގަޅީ ކޮންގޮތެއްތޯ ބެލުމަށްފަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން