ބ. ފެހެންދޫ ބަނދަރު ހެދުމާއި، ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ނެރު ފުންކުރުމުގެ މަސައްކަތުގެ 76 ޕަސެންޓް މަސައްކަތް ނިންމާލައިފައިވާއިރު ހާބަރ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ޖެހުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން ލ. މާވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ، ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްތައް ނިމިފައިވާ ކަމެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިހިނގާ ޖުލައި މަހުގެ 15ގައި ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމުގެ މަސައްކަތާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމެވެ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރު އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 27.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ނެރު ފުންކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިންމައި ހާބަރ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. @MoNPImv ގެ ފަރާތުން މި މަޝްެރޫޢު ހަވާލުކޮށްފައިވަނީ 49.6 މިލިއަން ރުފިއާއަށް. pic.twitter.com/gN1Bj3hFgu
— MTCC Plc (@MTCCPlc) July 19, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން ލ. މާވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ، ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްތައް ނިމިފައިވާ ކަމެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިހިނގާ ޖުލައި މަހުގެ 15ގައި ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމުގެ މަސައްކަތާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
ލ. މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްވަނީ ނިމިފައި. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތްވަނީ 15 ޖުލައި 2020 ގައި ފަށާފައި. (1/2) pic.twitter.com/bpNRzJIxY2
— MTCC Plc (@MTCCPlc) July 19, 2020
އެމްޓީސީސީން އިތުރަށް ބުނީ ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމެވެ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރު އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 27.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު