ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އެ އެއާލައިންގެ ޑައިރެކްޓް ފްލައިޓް ހަފްތާއަކު 3 ފަހަރު ރާއްޖެއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވާޖިންގެ ފުރަތަމަ ފްލައިޓް އިއްޔެ ހެނދުނު 07:22 ގައި ވެލާނާ އެއާޕޯޓަށް (ވީއައިއޭ) ވަނީ ޖައްސާފައެވެ.
ލަންޑަންގެ ހީތްރޯއިން ވީއައިއަށް ކުރާ ދަތުރުތައް ހުޅުވާލެވިފައިވަނީ އަންނަ އަހަރުގެ މާޗް 29ގެ ނިޔަލަށެވެ. އަދި ވީއައިއޭއިން ހީތްރޯވއަށް ކުރާ ދަތުރުތައް ބުކް ކުރުމަށް ހުޅުވާލެވިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ގެ ނިޔަލަށެވެ.
އިނގިރޭސި ބިލިއަނަރު ސާރ ރިޗާޑް ބްރޭންސަންގެ މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމަށް އެންމެ ފުރަތަަމަ މަޝްވަރާކުރެވުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައެވެ.

ކިޔުންތެރިންގެ ހިޔާލު