އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތުގެ ކުންފުނި ސްޓޭޓް ޓްރޭޑިންގެ އޯގަނައިޒޭޝަން (އެސްޓީއޯ)އިން 1.4 ބިލިއަން ރުފިޔާ ހޯދައިފިއެވެ.

އެސްޓީއޯއިން މިއަދު ޢާންމުކުރި އެކުންފުނީގެ އަހަރީ ރިޕޯޓް ބުނާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތިންވަނަ ކުއާޓާރގައި އެސްޓީއޯއިން ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު އިތުރުވެފައިވުމެވެ.



އާމްދަނީ އިތުރުވެފައި ވީނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާރގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 5 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިކުއާޓާރގައި މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައިނުވުމާއިއެކު އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުމެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 390 މިލިއަން ރުފިޔާއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 331 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރގެ ސާފުފައިދާގެ ގޮތުގައި ލިބުނީ 271 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލަާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ.

ތިންވަނަ ކުއާޓާރގައި އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިތާރީހާއި އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން