ކުދިންނާއި ނުގުޅޭ ސާޗުތައް ފިލްޓަރ ކުރުމަށް އެހީތެރިވެދޭ "ސޭފްސާޗް" ފީޗާ އެކުދިންގެ ޓެބްތަކާއި ފޯނު އަދި އެކުދިން އަތަށް ތިބާގެ ފޯނު ދޭއިރު އޮންކޮށްފައި ބެހެއްޓުން ވަރަށް މުހިންމެެވެ.
ކުދިންނާއި ނުގުޅޭ ސާޗުތައް ފިލްޓަރ ކުރުމަށް އެހީތެރިވެދޭ "ސޭފްސާޗް" ފީޗާ އެކުދިންގެ ޓެބްތަކާއި ފޯނު އަދި އެކުދިން އަތަށް ތިބާގެ ފޯނު ދޭއިރު އޮންކޮށްފައި ބެހެއްޓުން ވަރަށް މުހިންމެެވެ.
ޓެކްނޮލޮޖީއާއި ނުލައި ދަރިން ބޮޑެތިކުރުމަކީ މާޒީވެގޮސްފައިވާ ކަމެކެވެ. އަދުގެ ދުނިޔޭގައި ކުޅިވަރު ކުޅެނީވެސް އަދި އުނގެނެނީވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ. ވީމާ ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަމަކީ ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރުމަށެވެ. އަދި ބެލެނިވެރިންގެ ޒިންމާއަކަށްވާންވާނީ ދަރިންނަށްޓަކައި އަމިއްލަ މީހާ މިކަންތައްތަކަށް ހޭލުންތެރިވެ ދަރިންގެ ރައްކާތެރިކަމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށެވެ.

ޓެބްލެޓުތަކާއި ފޯނު ދަރިފުޅުއަތަށް ދިންނަމަވެސް، ކުދިންގެ އުމުރާއި ނުގުޅޭ އެތައް ވެބްސައިޓުތަކާއި ލިންކުތައް އެކި ގޭމުތަކާއި އޮންލައިން ފޮތްތަކާއި މަޖައްލާގެ ޒަރިއްޔާއިން އެކުދިންނަށް ފެނުމުގެ ފުރުސަތު އޮންނާނެކަން މައިންބަފައިން ދަންނަންޖެހޭނެއެވެ. ވިސްނަންޖެހޭ އަނެއްކަމަކީ ކުދިންގެ ތަބިއްޔަތުގައިވާ 'ކިއުރިއޮސިޓީ' ނުވަތަ ކަންކަން ހޯދައިބަލައި ދެނެގަތުމުގެ ޝައުގުވެރިކަމުގެ ސަބަބުން އެލިންކުތަކަށް ވަދެދާނެކަމެވެ. މިއީ މައިންބަފައިން ވަރަށް ބޮޑަށް ހުށިޔާރުވާންޖެހޭ ކަމެކެވެ. ވީމާ މިލިންކުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރުމަކީ ޅައުމުރުގެ ކުދިންގެ ސިކުނޑި ކިލަނބުވުމުން ސަލާމަތްކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަމެވެ. މިކަންކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.

އެޑަލްޓް ކޮންޓެންޓް' ލިންކުތަކުން ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް '

1. ޑިޖިޓަލް މާހައުލު ސެކިއަރ ކުރުން:

ޑިޖިޓަލް މާހައުލޭ މިދަންނަވަނީ އިންޓަނެޓާއި އަދި ދުނިޔެ ގުޅުވައިދޭ މުވާސަލާތީ ވަޞީލަތްތަކުން އުފެދިފައިވާ މާހައުލަށެވެ. މިތަނުގައި ގޭމު ކުޅުމާއި އެހެން މީހުންނާއި ވާހަކަ ދެއްކުމާއި ޗެޓު ކުރުމާއި، އަދި ފޮތާއި އެކިއެކި މަޖައްލާތައް ކިޔުމުގެ ފުރުޞަތު އޮންނަނީ އިމެއް ނެތް ގޮތުގައި ފަހިވެފައެވެ. ކޮންމެ ބާވަތެއްގެ ފިލްމެއްވެސް އަދި ފޮތެއްވެސް ކޮންމެ މީހަކަށްވެސް ބަލައިލެވިދާނެއެވެ. ވީމާ، ކުދިންގެ އުމުރާއި ނުގުޅޭ ގައިގޯޅި މަންޒަރުތައް ދައްކުވައިދޭ ކޮންޓެންޓުތަކާއި ވައިލެންސް ނުވަތަ ތަޅާފޮޅުމާއި އަދި އެކިކަހަލަ ބިރުވެރި ފިލްމާއި ގޭމުތައް އެކުދިން ސާޗުކުރާ ތަކެތިން ފިލްޓަރ ކުރެވޭ ގޮތްހެދުމަކީ މުހިންމު ކަމެކެވެ. އޭރުން ޑިޖިޓަލް މާހައުލު ސެކިއުރަވެ ކުދިންނަށް ރައްކާތެރިވާނެއެވެ.

2. ޕާސްވޯޑުތައް ބޭނުންކުރުން:

އަމިއްލަ މީހާ ގެންގުޅޭ ޑިވައިސްތަކާއި ކުއްޖާގެ ޑިވައިސްތަކުގެ ޕްރައިވެސީ އާއި ސެކިއުރިޓީ ސެޓިންގްސް ފަދަ ކަންކަމަށް އަހުލުވެރިވާށެވެ. ދަރިފުޅަށް އަމިއްލަ ފޯނު ދިނުމުގައި ވަކި އެޕްލިކޭޝަންތަކަކަށް ނުވަދެވޭނެހެން އެޕްތަކާއި އެކައުންޓްތަކަށް ޕާސްވޯޑް ގެންގުޅޭށެވެ. ގޫގުލް ފަދަ ގިނަ ސާޗް އިންޖީނުތަކުގައި ކުދިންނާއި ނުގުޅޭ ސާޗުތައް ފިލްޓަރ ކުރުމަށް އެހީތެރިވެދޭ "ސޭފްސާޗް" ފީޗާ އެކުދިންގެ ޓެބްތަކާއި ފޯނު އަދި އެކުދިން އަތަށް ތިބާގެ ފޯނު ދޭއިރު އޮންކޮށްފައި ބަހައްޓާށެވެ.

3. ޕޭރެންޓަލް ކޮންޓްރޯލް ކިޔާ ފީޗާއެއް އެނޭބަލްކޮށްފައި ބެހެއްޓުން: ގިނަ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާތަކުގައި ޕޭރެންޓަލް ކޮންޓްރޯލް ކިޔާ ފީޗާތައް ފޯރުކޮށްދެއެވެ. މި ފީޗާގެ ސަބަބުން ކުއްޖާގެ އޮންލައިން ހަރަކާތްތައް މޮނިޓާކޮށް، ވަގުތު ލިމިޓް ކަނޑައެޅުމާއި، ނުރަނގަޅު ކޮންޓެންޓް ފިލްޓަރ ކުރުމާއި، ވަކި އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް ބްލޮކްކުރުމާއި، އޮންލައިންކޮށް ލިންކުތަކުން ތަކެތި ގަތުން މަނާކުރެވޭނެ އެވެ. އަދި ދަރިފުޅަށް އެކަށީގެން ނުވާ ފަދަ ކޮންޓެންޓެއް ފޯނުގައި ހުރިނަމަ އަމިއްލަ ފޯނަށް ސަމާލުވެ، ކުއްޖާގެ އަތްމައްޗަށް ފޯނު ދޫކޮށްނުލާށެވެ.

4. ކުދިންނާއި ގުޅުންހުރި މަންސަތަކަށް ކުދިން އަހުލުވެރިކުރުވުން:

ކުޑަކުދިންނާ ރައްޓެހި ވެބްސައިޓްތަކާއި ކިޑްޒްސާޗް އަދި ޔޫޓިއުބް ކިޑްސް ފަދަ ސާޗް އިންޖީނުތައް ބޭނުންކޮށްގެން ރަނގަޅު ކޮންޓެންޓް ފިލްޓަރ ކުރެވޭނެއެވެ. ނެޓްފްލިކްސް އާއި ޔޫޓިއުބް ފަދަ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމްތަކުން ވަކި ޗައިލްޑް އެކައުންޓެއް ހެދުމުގެ ފުރުސަތު ފަހިކޮށްދީ، 12 އަހަރުން ދަށުގެ ކުދިންނަށް އުމުރާ ގުޅޭ ރޭޓިންތަކާ އެއްގޮތަށް ޓީވީ ޝޯތަކާއި ފިލްމުތައް ފިލްޓަރކޮށްގެން ބޭނުންކުރެވޭނެއެވެ.

5. އުމުރާއި ގުޅުންހުރި އެޕްލިކޭޝަންތައް ބޭނުންކުރުން: ދަރިފުޅުގެ އުމުރާއި އެކަށީގެންވާ ކުޅިވަރުތަކާއި އެޕްލިކޭޝަންތައް ޚިޔާރުކުރާށެވެ. އެއްވެސް އެޕްލިކޭޝަނެއް ޑައުންލޯޑް ކުރުމުގެ ކުރިން އެއެޕްގެ އުމުރުގެ ރޭޓިންއާއި އޮންލައިން ރިވިއުތައް ބަލައި ޗެކުކުރާށެވެ. އިޝްތިހާރު ނުހުންނަ އަދި އިން-އެޕް ޕާޗޭސް ނުވަތަ އެޕްލިކޭޝަން ތެރެއިން އެއްޗެތި ގަންނަން ނުޖެހޭ އެޕްލިކޭޝަންތައް އިޚްތިޔާރު ކުރާށެވެ.

6. އުމުރާއި ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުވުން:

ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެނަމަ ނުވަތަ ނޭދެވޭ އޮންލައިން މުއާމަލާތްތަކަކާ ކުރިމަތިލާކަމަށް ޝައްކު ކުރެވޭ ނަމަ، ދަރިފުޅާއި ވާހަކަ ދައްކާށެވެ. އަދި ދަރިފުޅަށް އޮންލައިންކޮށް ކުރެވޭ ތަޖުރިބާތަކާއި އިހުސާސްތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ކުއްޖާގެ ޚިޔާލު ހުރިގޮތް ހޯދާށެވެ. އަދި ގޭމުތަކާއި އެކިއެކި ނުދަންނަ ލިންކުތަކަކަށް ނުފިތުމަށް ބުނެދޭށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން