އުމްރާއަށް ފުރަން ތައްޔާރުވެފައިވާ ފަރާތްތަކެއް. (ފޮޓޯ: ސޯޝަލް މީޑިއާ)
އުމްރާއަށް ފުރަން ތައްޔާރުވެފައިވާ ފަރާތްތަކެއް. (ފޮޓޯ: ސޯޝަލް މީޑިއާ)
ގަވާއިދުން ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދުމަށް އަރބަންކޯއިން ހުޅުވާލި "ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތުނަގައިފިއެވެ.

މިއަދު ނެގި މި ގުރުއަތުގައި ހަތަރު ފަރާތެއް ވަނީ ހޮވާފައެވެ. އެއީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތެވެ.

ހަމަ މިއާއެކު މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށްގެންދެވޭނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.



"ޕޭ އެންޑް ވިން" އަކީ އަރބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.

އަރްބަންކޯއިން ބުނީ ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށެވެ.

އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދީފައިވާނެކަމަށް އަރބަންކޯއިން ބުނެއެވެ. އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

އަރބަންކޯގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ވެސް ވަނީ މިހާރު ފަހިކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކުލި

01-Nov-2023

ކޮބާ ލިބުނު މީހުންނަކީ. ޢުމްރާ ލިބުނު މީހުން ބަލަން އާބަން ކޯ އަށް ގުޅުމުން އަބަދުވެސް ބުނަނީ ފަހުން ގުޅާނެ ކަމަށް ފަހެއް ނައި. މަވެސް މި އީ ކުލި ދައްކާ ފަރާތެއް. ޢުމްރާ ދަތުރު ލިބުނުތޯ ބަލަން ބޭނުން.



ޓްރެންޑިން