އެޕިސޯޑް 31
...............
[ސަރާ މިހާރުތީ އަހަރެންގެ ކޮއްކޮގެ ޙަލާލު އަނބިމީހާ. ބޭބެއެއްގެ ޙައިޘިއްޔަތުން އަހަރެން ވަރަށް ބޮޑަށް ނަޞޭޙަތްތެރިވަން. ޢިމްރާންގެ ހަނދާންތަކާ ދުރަށް ދިޔުމަށް. ސަރާ އަދިވެސް ޢިމްރާނާ ދޭތެރޭ ވިސްނާކަން އެނގިއްޖެއްޔާ ކޮއްކޮ ވަރަށް ދެރަވާނެ. މިހާރު ކޮއްކޮ ސަރާދެކެ ލޯބިވާ މިންވަރުވެސް ބޭބެއަށް އިޙްސާސް ކުރެވޭ. އެންމެ ވިސްނުންތެރި ގޮތަކީ ޢިމްރާނަށްވެސް އެހެން ދިރިއުޅުމެއް ފަށައިގެން އުޅުމުގެ ފުރްޞަތު ތަނަވަސްކޮށްދެވުނިއްޔާ....] ނިޔާޒް ސަރާއަށް ނަޞޭޙަތްތެރިވިއެވެ.
[އަހަރެން ހާދަ މަސައްކަތެއް އެބަކުރަމޭ. އެކަމަކު އެކަނިވާއިރަށް ޢިމްރާންގެ ހަނދާންތަކުން އަހަންނަށް އުނދަގޫވޭ. މިހާރު ނިމާލް މަންމައަށްވެސް އަހަރެންނަށް މިވާގޮތްތައް ޝައްކުވެގެން އެވާހަކަ ދައްކައިފި.] ސަރާ ބުންޏެވެ. ސަރާއަށް އެގޮތަށް ނަޞޭޙަތްތެރިވެ ވިސްނައިދިނީ ނިޔާޒް އެކަންޏެއް ނޫނެވެ. ސަރާގެ މަންމަ ނަޖްމާވެސް އޭނާ ގުޅާ ކޮންމެ ފަހަރަކުވެސް ސަރާއަށް ނަޞޭޙަތްތެރިވެއެވެ. އޭނާ އަބަދުވެސް ނަޞޭޙަތްތެރިވަމުން އަންނަނީ ނިމާލާއެކު ރަނގަޅު ދިރިއުޅުމަކަށް ވިސްނައިގެން ޢިމްރާންގެ ހަނދާންތަކުން މިންޖުވުމަށެވެ.
[ޢިމްރާން އިންނަނީ ކާކާތަ؟] ސަރާ އިސްޖަހާލައިގެން އިރުކޮޅަކު ހުރުމަށްފަހު އިސްއުފުލައި ނިޔާޒްގެ މޫނަށް ބަލައިލުމަށްފަހު ބުންޏެވެ.
[އެގޭ ޑްރައިވަރު ޢުމަރުބޭގެ ދަރިފުޅާ...ސަރާއަށް އޭނަ ފެނިފައި ހުންނާނީވެސް.] ނިޔާޒް މިހެން ބުނީމާ ސަރާ ހިނދުކޮޅެއް ވަންދެން ވިސްނާލިއެވެ.
[ޢުމަރުބޭގެ ޝިފްޒާތަ؟ އޭނަ އުޅެނީ މީހަކާވެސް އިނދެގެނެއްނު!] ސަރާ ބުންޏެވެ.
[އާނ...ޝިފްޒާގެ ކައވިެނި ރޫޅުނުތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ...] ނިޔާޒް ބުންޏެވެ. ސަރާ ފުން ނޭވާއެއްލުމަށްފަހު ވަށައިގެން ހޯދާލިއެވެ.
[ޝިފްޒާ ގާތު ބުނެދެއްޗޭ، އަހަރެންގެ މަތިން ހަނދާންނެތޭ ވަރަށް ޢިމްރާނަށް ލޯބިދޭށޭ. ޢިމްރާންގެ ހިތުގައި ނުޖައްސާށޭވެސް ބުނެދޭތި.] ނިމާލް އެތަނަށް އައިސް ހުއްޓުނީ ސަރާއަށް މިހެން ބުނެވުނުތަނާހެނެވެ. އެވަގުތު ސަރާގެ ދަރިފުޅު މާލް އުރާލައިގެން ނިމާލްގެ މަންމަ ޒާހިދާ އެދިމާއަށް އަންނަތަން ފެނުނެވެ. ޒާހިދާގެ ފަހަތުން ނިޔާޒާއި ނިމާލްގެ ބައްޕަ ރާޒީވެސް އައެވެ.
[ދަރިފުޅާ ނިޔާޒް....މާލްކޮ އުރާލަބަލަ. މިހާރު މިސޮރަށް ހަތަރުމަސް ފުރި ފަސްމަހަށްއެޅީ...އަދިވެސް ކުއްޖާ ރަޖިސްޓްރީ ކުރާކަށް ނުވޭތަ؟] ޒާހިދާ ސަރާގެ ގާތުގައި އިށީނެވެ. ނިޔާޒް ކުއްޖާ އުރާލައި ލޯބިކޮށްލިއެވެ.
[ޒާހިއްތާ ކޮބައިތަ ނަޝާ ކޮއްކޮ؟] ނިޔާޒް އެއްސެވެ.
[ކޮމްޕިއުޓަރ ކައިރީގައި އެބައިން. ސިލޯނުގައި އުޅުނުއިރުވެސް އަބަދު ކޮމްޕިއުޓަރ ކައިރީގައި. ނިޔާޒް ގޮސް ކަންފަތުގައި ހިފައިގެން ގެނެސްބަލަ.] ޒާހިދާ ބުންޏެވެ. ނިޔާޒް އެތެރެއަށް ވަނެވެ.
[މަންމާ މިހާރު މިކުއްޖާއަށް މިކިޔާ ނަން ރަނގަޅުތަ؟] ނިމާލް ދަރިފުޅު އުރާލައިގެން ގޮސް ސޯފާގައި އިށީނެވެ.
[އާނ...ތީ ނުލާހިކު ރީތި ނަމެއްނު. މާލް....މާލްގެ މާނަވެސް ރަނގަޅެއްނު. މާލްގެ މާނައަކީ މުދާ. ދަރިފުޅުގެ ނަމުގެފަހު ދެއަކުރުން ދަރިފުޅާވެސް ގުޅޭ....ވަރަށް ފުރިހަމަ ނަމެއް.] ޒާހިދާ ބުންޏެވެ.
[މުޙައްމަދު މާލް ޢިމްރާން ދޯ ސަރާ؟] ނިމާލް ސަރާގެ މޫނަށް ބަލާލިއެވެ. ސަރާ އިސްޖަހާލިއެވެ. އެއަށްފަހު އެބަ އަންނަމޭ ބުނެފައި ސަރާ ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. ޙަޤީޤަތުގައި ނިމާލް އެސުވާލު އޭނަޔާ ކުރުމުން އޭނާ ދެރަވިއެވެ. އޭނާއަށް އިޙްސާސްކުރެވުނީ ނިމާލް އޭނައަށް ޖެއްސުން ކުރުމުގެ ގޮތުން ބުނި ބުނުމެއް ކަމަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. މާގިނައިރުތަކެއްނުވެ ނިމާލްވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ނިމާލް ކޮޓަރިއަށް ވަނުމާއެކު ސަރާ ތެޅިގެންފައި ދެލޯ ފޮހެލިއެވެ.
[ސަރާ ރޮނީތަ؟ ސަރާ ހިތްހަމަނުޖެހޭ ވާހަކައެއް އަހަންނަށް ދެއްކުނީތަ؟ ސަރާގެ ދަރިފުޅަށް ނަމެއް ފާސްކުރާއިރު ސަރާ ގާތު އަހާނުލާ ނިންމުމަކީ އެއްވެސް އިންޞާފުވެރި ގޮތެއް ކަމަކަށް އަހަންނަކަށް ނުވިސްނޭ. އަހަންނަށް އެނގޭ ޢިމްރާންގެ ހަނދާންތަކުން ސަރާއަށް ސަލާމަތް ނުވެވިގެން އުޅޭކަންވެސް. އެހަނދާންތަކުން އެއްކިބާވެ ސަރާގެ ލޯބި އަހަންނަށް ލިބޭނޭ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން. އަހަރެން ސަރާދެކެ ލޯބިވާ މިންވަރު ސަރާއަށް އިޙްސާސް ކުރެވޭނޭ ކަމަށް އަހަރެން ގަބޫލުކުރަން.] ނިމާލް ސަރާ އޭނާގެ މޭގައި ލައްކޮށްލިއެވެ. ސަރާ ނިމާލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.
[އަހަރެން އަދިވެސް މަސައްކަތް ކުރާނަން. ނިމާލް އަހަންނަށް މަޢާފްކުރޭ. ނިމާލްގެ އަންބެއްގެ މަގާމުގައި ހުރެ އެހެން މީހަކާ ދޭތެރޭ ވިސްނެނީ އަހަރެންގެ އިޚްތިޔާރެއްގައެއް ނޫން. އިޚްތިޔާރުގައި ނިމާލް ނޫން މީހަކާމެދު ވިސްނާކަށް އަހަރެން ބޭނުމެއް ނޫން.] އަނެއްކާވެސް ސަރާއަށް ރޮވިއްޖެއެވެ.
[ނުރޮއި ހުއްޓާލާ ސަރާ...އަހަރެންގެ ހިތުގައި ސަރާޔާމެދު އެއްވެސް ޝަކުވާއެއް ނެތް. ދުވަސްކޮޅަކުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެ.] ނިމާލް ސަރާގެ ލޯ ފޮހެދޭން ފެށިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޢިމްރާނާއި ޝިފްޒާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ޝިފްޒާ އޭނާގެ ރޭވުން ކާމިޔާބުކޮށް މަޤްޞަދު ޙާޞިލް ކުރުމަށް ފުރްޞަތު ހުޅުވާލިއެވެ. އޭނާއަށް މުހިންމީ ޢިމްރާނާއި ޢިމްރާންގެ ލޯތްބެއް ނޫނެވެ. އޭނާ ބޭނުންވަނީ ޢިމްރާންމެންގެ ވިޔަފާރީގެ ޙިއްޞާދާރަކަށްވާށެވެ. އޭނާގެ ކައިވެނީގެ ނިޔަތަކީ މުދަލާއި ފައިސާ ލިބިގަތުމެވެ.
[ދެން މިގޭގައި ވެރިކަން ހިންގާނީ އަހަރެން. އަހަރެންގެ މައްޗަށް ބާރުފޯރުވޭނޭ އެކަކުވެސް މިގެއަށް ނާންނާނެ. އަޔަކަނުވެސްދޭނަން. މިއޮއްހާ ދުވަސް ވަންދެން އަހަރެންގެ ބައްޕައަކީ މިކުންފުނީގެ ޑްރައިވަރެއް. ދެން ބައްޕަ ނުޖެހޭނެ ޑްރައިވަރުކަން ކުރާކަށް.] ކައިވެންޏަށްފަހު ލިބިފައިވާ ހިތްހަމަޖެހުމާއެކު ހިތާހިތާ ޝިފްޒާ ވާހަކަ ދެއްކިއެވެ.
[ޝިފްޒާ ހާދަ ބޮޑު ވިސްނުމެއްގައި. އަހަންނާއެކު ކޮޓަރިއަށް އައިސްބަލަ.] ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޢިމްރާން އެދުނެވެ. ޝިފްޒާވެސް ޢިމްރާންގެ ފަހަތުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
[ޝިފްޒާ މިގެނައީ ވަރަށްބޮޑު ވާހަކައެއް ދައްކަން. އެނދުގައި އިށީނދޭ. މިހާރު ޝިފްޒާތީ އަހަރެންގެ ހުރިހާ ކަމަކަށްވެސް އެހީތެރިވެދޭން ހުރި މީހާ. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު މިގެއަށް ގެންނަން. ޝިފްޒާވާނެ އެދަރިފުޅަށް މަންމައެއްގެ ލޯބިދޭން...] ޢިމްރާން މިހެން ބުނީމާ ޝިފްޒާއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންނެވެ.
[އޭނ....ކީކޭ! ދަރިފުޅު ގެންނާށޭ! އެއީ ގާތުން ކިރުބޯ އަދި ހަމަސްނުފުރޭ ކުއްޖެއްނު. ކިހިނެއްތަ އެވަރުގެ ކުއްޖަކު މައިމީހާއާ ވަކިކޮށްގެން ގެންގުޅޭނީ. ޢަމުދުން އެވަރުގެ ކުއްޖަކު މައިމީހާއާ ވަކިކުރަން ހެޔޮވެސްނުވާނެ. ޢިމްރާން ތިއުޅެނީ އެބޭބީއަށް ގެއްލުންދޭންތަ؟ ޢިމްރާން ގެނެސްފިއްޔާ އުފަލާއެކު އަހަރެން އެދަރިފުޅު ބަލާނަން. އެކަމަކު ތިވިސްނުން އަދި ރަނގަޅެއް ނޫން.] ޝިފްޒާ އޭނާގެ ބޮލުން ނައްޓާލުމުގެ ގަސްދުގައި ބުންޏަސް އޭނާ ދެއްކީ ރަނގަޅު ވާހަކައެކެވެ.
[މިހާރަކު ނޫނޭ. އެސޮރަށް އަހަރު ފުރުނީމަ ގެންނާނީ.] ޢިމްރާން ބުންޏެވެ.
[ޢިމްރާން ތިކުއްޖާ މާރަނގަޅަށް ސަރާ ބަލާނެއެއްނު. ސަރާއަށް އެކުއްޖާ ދޫކޮށްފަ އަހަރެމެން ކުއްޖަކު ހޯދިއްޔާ ކިހިނެއްވާނެ.] ޝިފްޒާ ބުންޏެވެ.
[ބޭނުމެއް ނޫން އިތުރު ކުއްޖަކު. މިރޭ އަހަރެން ދާނަން ދަރިފުޅު ދެކެލަން.] ޢިމްރާން މިހެން ބުނެފައި ކޮޓަރިން ނުކުތެވެ.
[މިއޮތީ ކަންތަކާ ޖެހިފައި. ތިކުއްޖަކު ގެނެސްގެން އަހަންނަށް ނޭވާވެސް ނުލެވޭނެ. އެހެން ނޫނަސް އަހަންނަކަށް އެހެން މީހެއްގެ ދަރިއަކު ނުބެލޭނެ.] ޢިމްރާން ދިއުމުން ޝިފްޒާ ހިތާހިތާ ކިޔާލިއެވެ. އެހެން ނަމަވެސް ޢިމްރާނާ އިނދެގެން އުޅެން ބޭނުމިއްޔާ ބުނާގޮތެއް ހަދަން އޭނާއަށް މަޖުބޫރުވާނެއެވެ.
[މަންމާ ހިނގާބަލަ މިރޭ އަހަރެންގެ ދަރިފުޅު ދެކެލަން އެގެއަށް ދާން. ދަރިފުޅަށް ހަމަސް ފުރުނުއިރުވެސް އަދި ވިހޭދުވަހު ދުށްގޮތަށް ލޮލަށްވެސް ނުފެނޭ.] ޢިމްރާން ވާހަކަ ދެއްކީ ބޮޑު ކޮޓަރީގައި ހުރި މަންމަ ފަހީމާއާއެވެ. ހަޤީޤަތުގައި ފަހީމާވެސް ހުރީ އޭނާގެ މާމަ ދަރިފުޅު ދެކެލަން ބޭނުންވެފައެވެ. އޭނާއަށް ސަރާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އަދިވެސް އޭނާ ލަދުގަނެއެވެ. ޢިމްރާންގެ ދިރިއުޅުމުން ސަރާ ދުރަށްލީ މީހަކީ ސީދާ އޭނާއެވެ. ހުރިހާ ރޭވުމެއް ރޭވީވެސް އޭނާއެވެ. ވުމާއެކު ސަރާގެ ކިބައިން މަޢާފަށް އެދެން މިހާރު ކިތަންމެހާވެސް އޭނާ ބޭނުމެވެ.
[މައްސަލައެއް ނެތް. މަންމަވެސް މިހުންނަނީ މާމަ ދަރިފުޅު ދެކެލާހިތުން ކެތްމަދުވެފައި. މިރޭ ދާއިރު ދަރިފުޅުގެ ބައްޕަވެސް ގޮވައިގެންދާނީ.] ފަހީމާ ބުންޏެވެ.
[މައްސަލައެއް ނެތް. މަންމާ ޝިފްޒާއާ އިނަސް އަދިވެސް ކުރެވެނީ ސަރާގެ ޚިޔާލު. ހީވާކަހަލަ ސަރާއަކީ އެކަނި އަހަންނަށްޓަކައި، އަހަންނަކީ އެކަނި ސަރާއަށްޓަކައި ދުނިޔެއަށް އައިސްފައިވާ ދެމީހުންނޭ.] ޢިމްރާން ފުން ނޭވާއެއްލިއެވެ. އެއަށްފަހު އެރެއަށް އިންތިޒާރު ކުރަމުން ޢިމްރާން އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ރޭގަނޑު ވެއްޖެއެވެ. ޢިމްރާން އިންތިޒާރު ކުރަމުން އައި ވަގުތުވެސް އައިސް ބޯމަތިވެއްޖެއެވެ. ޢިމްރާނާއި އޭނާގެ މަންމައާއި ބައްޕަ ސަރާއާއި ދަރިފުޅާ ބައްދަލުކުރުމަށްޓަކައި ނިކުތް ވަގުތަކީ ސަރާ ދަރިފުޅަށް ކާންދޭން އިން ވަގުތެވެ. އަބަދުވެސް އާދަ ފަދައިން ދަރިފުޅަށް ކާންދޭން ސަރާ އިނީ ބޮޑުކޮޓަރީ ސޯފާގައެވެ.
[އައްސަލާމް ޢަލައިކުމް....] ކުއްލިއަކަށް ގޭދޮރުމަތިން އިވުނު އަޑުން ސަރާ ސިހުނެވެ.
[ވަޢަލައިކުމުއްސަލާމް....] ސަލާމް ބަލައިގަތުމަށްފަހު ސަރާ ދޮރާ ދިމާއަށް އެނބުރުނެވެ. ހަމައެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
[ޢިމްރާން....] ސަރާގެ ދޫ މަޑުމަޑުން ޙަރަކާތް ކުރިއެވެ. އެވަގުތު ޢިމްރާނާއެކު އޭނާގެ ބައްޕައާއި މަންމަވެސް އެގެއަށް ވަދެއްޖެއެވެ. ވަދެގެން އައި ފަހީމާ ފެނުމުން ސަރާއަށް އިތުރު ޝޮކެއް ލިބުނެވެ. ފަހީމާ އައިސް ސަރާއާއި ކުޑަދަރިފުޅާ ދާދި ގާތަށް ހުއްޓުނެވެ.
[ދަރިފުޅާ ސަރާ...މަންމައަށް މަޢާފްކުރޭ....މަންމައަށް އެނގޭ މަޢާފްކުރަން ފަސޭހަ ނުވާނެކަންވެސް.....] ފުރަތަމަ ފަހަރަށް ފަހީމާ ސަރާގެ ކުރިމަތީގައި މަޢާފަށް އެދުމުން ސަރާ ވަރަށް ބޮޑަށް ޙައިރާންވެއްޖެއެވެ. ފަހީމާ އެގޮތަށް ދެރަވެފައި ވަނިކޮށް މީގެކުރިން ދުވަހަކުވެސް އޭނާ ނުދެކެއެވެ. ވުމާއެކު ހިސާބަކަށް ހުއްޓުންއަރާފައި އިރުގަނޑެއް ވަންދެން ސަރާއަށް އިނދެވުނެވެ. އޭރު ޢިމްރާން އޭނާގެ ދަރިފުޅު އުރާލާ ލޯބިކުރަމުން ދަނީއެވެ. އެމަންޒަރު ފެނުމުން މާގިނައިރުތަކެއްނުވެ ސަރާގެ ލޮލުން ކަރުނަ އޮހެން ފަށައިފިއެވެ. ދަރިފުޅު އުފަންވުމާއެކު ސަރާ އެންމެ ދެކެން ބޭނުންވި މަންޒަރު އަދި ކިރިޔާ އޭނާއަށް ފެނުނީއެވެ.
[ދަރިފުޅާ ސަރާ އާދޭސް ކުރަން. މިމަންމައަށް މަޢާފްކުރޭ. މީގެކުރިންވެސް ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމަށާއި، ދަރިފުޅު ގެއަށް ގެންދިޔުމަށް ބަލާވެސް މިމަންމަ މިގެއަށް އައިން. އެކަމަކު އޭރު ދަރިފުޅުމެން ފުރައިގެން ލަންކާއަށް ގޮސްފި.] ފަހީމާގެ ލޮލުންވެސް ކަރުނަ އަތުވެއްޖެއެވެ.
[އަހަރެން މަންމައަށް މަޢާފްކޮށްފިން. އަހަރެންގެ ހިތުގައި މަންމައާ ދޭތެރޭގައި އެއްވެސް ބުރަކަމެއް ނެތް....އެކަމަކު ވަގުތު ފާއިތުވިފަހުން ކީއްވެތަ މަންމަ އަހަރެން ބަލާ އައީ....ކުރިން އައިނަމަ...ޢިމްރާނާ ވަކިން ދިރިއުޅުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެއް. އެކަން ކުރެވޭތޯ އަހަރެން މަސައްކަތް ކުރަމުން މިދަނީ....] ސަރާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ. އެހިނދު ސަރާގެ ވާހަކަތައް އަޑުއިވި ޢިމްރާނަށްވެސް ރޮވޭގޮތްވިއެވެ.
[ނުރޮއި ދަރިފުޅާ...މަންމަގެ ސަބަބުން މިހުރިހާ ދެރައެއްވެސް ތިދެކުދިންނަށް ލިބުނީ. މަންމައަށް މަންމަގެ ކުށް އިޙްސާސް ކުރެވޭ. ޙަޤީޤަތުގައި މިގޮތަށް ދަރިފުޅުމެންގެ ކުރިމަތީގައި ހުރުމަށް މަންމަ ލަދުގަންނަންވެސްޖެހޭ. މަންމަގެ ސަބަބުން ތިދެކުދިންނަށް ލިބުނު ދެރައާއި ނިކަމެތިކަމުގެ ބަދަލު މަންމަގެ ޢުމުރުގެ ބާކީ އޮތް ތަނުގައި ކެނޑިނޭޅި މަސައްކަތް ކުރިޔަސް ނުދެވޭނެކަން އެނގޭ....މިހާރު މަންމަ ބޭނުންވޭ ތިދެކުދިން ލޯބިވެތި ދިރިއުޅުމެއްގައި އުޅޭތަން ދެކެން. އެކަމަކު ކީއްކުރާނީ....] ފަހީމާ މާގަދައަށް ރޯން ފެށުމުން ރަފީޤު ފަހީމާގެ ބުރަކަށީގައި ފިރުމާލުމަށްފަހު ނުރޮއި ހުއްޓާލާ ހިތްވަރު ކުރުމަށް ބުންޏެވެ.
[މިހާރު އަހަންނަކީ މީހެއްގެ އަންބެއް. އެއީ އަހަރެން ހާލުގައި ޖެހުނު ދުވަހު އަޅާލާ ލޯބި ދިން މީހާ. އަހަރެން ބޭނުން އޭނައަށްޓަކައި ތެދުވެރި ވަފާތެރި އަންބަކަށްވާން.] ސަރާއަށް އަދިވެސް ރޮވެނީއެވެ.
[މިގޭ އެހެން މީހުން ކޮބައިތަ ދަރިފުޅާ؟] ގޭތެރެއަށް ނަޒަރު ހިންގާލަމުން ރަފީޤު އެއްސެވެ.
[ބައްޕަ މިސްކިތަށް ދިޔައީ. ނިމާލް ދިޔައީ މަންމައާއި ނަޝާ ކޮއްކޮ ކޮންމެވެސް ގެއަކަށްލާން. މިވަގުތު އަހަންނާ މިގޭގައި ގެންގުޅޭ ބޭރުމީހާ އެކަނި....] ސަރާ އޭނާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ހިފެހެއްޓޭތޯ އަތުގެ ނުފުށުން ދެލޮލުގައި އަތް ކާއްތާލިއެވެ.
[ސަރާ މަޢާފް ކުރާނީ މަންމައަށް އެކަނިތަ؟ އަހަންނަކަށް މަޢާފެއް ނުކުރާނަންތަ؟ ވާހަކަ ދައްކާއިރުވެސް އެނގޭ އަހަންނަކީ ސަރާގެ ކުރިމަތީގައި ވަރަށްބޮޑު ކުށްވެރިއެއްކަން.] ޢިމްރާން ކުޑަދަރިފުޅު މާލް މަންމަގެ އަތަށް ދިނުމަށްފަހު ސަރާއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.
[މަޢާފް ނުކުރިއޭ ކިޔާފަ އަހަންނަށް ހިތްދަތިކަން ނުލިބޭ ކަމަށްވާނެތަ؟] އަހަރެން ޢިމްރާނަށްވެސް މަޢާފްކޮށްފިން. ޢިމްރާންވެސް އުފަލުގައި އުޅެވޭތޯ މަސައްކަތްކުރޭ.] ސަރާ އިސްޖަހައިގެން ހުރެ ރޮމުން ދިޔައެވެ.
[ސަރާ...ދެނަހުރިންދޯ؟ އަހަރެން ކައިވެނި ކުރިކަން...ސަރާ ހީނުކުރާތި، މިކައިވެނީގައި އަހަރެން އުޅެނީ އުފަލުގައޭ. ސަރާއާނުލާ ދުވަހަކުވެސް އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ.] ޢިމްރާން އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލިއެވެ.
[ނޫން...އެނގޭ...ޢިމްރާންގެ ހާލަކީވެސް އަހަރެންގެ ހާލުކަން. އެކަމަކު މިހާރު އަހަރެމެން ހިތާމަކުރުމުގެ ބޭނުމެއް ނެތް. ޢިމްރާން ޝިފްޒާއާއެކު ރަނގަޅު ޙަޔާތެއް ބިނާކުރެވޭތޯ މަސައްކަތް ކުރޭ.] ސަރާ ބުންޏެވެ.
[ސަރާ އަހަންނަށް ކަމެއްކޮށްދީފާނަންތަ؟] އިމްރާން އެއްސެވެ.
[އާނ...ބުނެބަލަ....] އޭރުވެސް ފަހީމާގެ ދެމަފިރިން ދަރިފުޅާ ލޯބިކޮށް ސަކަރާތް ޖަހަމުންދަނީއެވެ.
[އަހަރުމެންގެ ދަރިފުޅު އަހަންނަށް ދީފާނަންތަ؟] އިމްރާން އެދުނީ ސަރާ ހީވެސްނުކުރާ ކަމަކަށެވެ.
[ނޫން...އާދޭސްކުރަން ޢިމްރާން. އަހަރެންގެ ދަރިފުޅު އަހަންނާ ވަކިކުރަން މަސައްކަތް ނުކުރާތި. އެއީ އަހަންނާއެކުވާ ޢިމްރާންގެ ހަނދާން. އަހަރެންގެ ލޯބީގެ ނިޝާން.] ސަރާ ރޮއިގަތެވެ.
[ދަރިފުޅު މުޅިން ދޭށެކޭ ނޫން. އެކަނި އެންމެ ދުވަހެއްގެ ދުވާލުގެ ވަގުތު ހެނދުނު ގެންގޮސްފައި އިރުއޮއްސުމުގެ ކުރިން ގެނެސްދޭނަން. އެންމެ ރަނގަޅުތަ؟] ޢިމްރާން މިހެން ބުނީމާ ސަރާ އެކަމަށް އެއްބަސްވިއެވެ.
[އެންމެ ރަނގަޅު. ޢިމްރާން ބޭނުންވާ ދުވަހަކު އާދޭ. ދަރިފުޅާ ވަކިން އެންމެ މިނިޓެއް ހޭދަކުރާކަށް އަހަންނަކަށްވެސް ފަސޭހައެއް ނުވާނެ. ޢިމްރާން ދެން މިގެއިންދޭ. މިހާރު ނިމާލް އަންނާނެ، އޭނަ އައުމުގެ ކުރިން. ޙަޤީޤަތުގައި ފާޅުނުކުރިޔަސް އޭނަވެސް ހިތްހަމައެއްނުޖެހޭނެ ޢިމްރާން އަހަރެންނާ މިހާރު ވާހަކަ ދައްކާކަށް. އެކަމަކު ދަރިފުޅުގެ ކަންކަމުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ޙައްޤު އޮންނަންވާނެ.] ސަރާ މިހެން ބުނީމާ ޢިމްރާން އެންމެ ރަނގަޅޭ ބުނެފައި މަންމައާއި ބައްޕަ ގާތު އަންނާށޭ ބުނެފައި ހިނގައިގަތެވެ.
[ޢިމްރާން، އަހަރެން އެހެން ބުނީމާ ހިތްހަމަނުޖެހިގެންތަ ތިދަނީ؟] ޢިމްރާން ހިނގައިގަތުމުން ސަރާ ޢިމްރާން ހުއްޓުވިއެވެ.
[ނޫނޭ...އަހަންނަކީވެސް ފިރިހެނެއް. ވީމާ ނިމާލްގެ ހިތަށްއަރާނެ އެއްޗެއް ކޮންމެވެސްވަރަކަށް އިޙްސާސް ކުރެވޭ. ދެން ދަނީ. ދަރިފުޅު ބަލާ ފަހަރެއްގައި މާދަމާވެސް އަތުވެދާނަން.] ޢިމްރާނާއި އޭނާގެ މަންމައާއި ބައްޕަ އެގެއިން ނުކުތެވެ. އެއީ ނިމާލް އޭނާގެ ކާރު އައިސް ދޮރުމައްޗަށް މަޑުކުރި ވަގުތުކަމުން ޢިމްރާން ހުއްޓުނެވެ. އެގޮތަށް ދިމާވީމާ އޭނާ ބޭނުންވަނީ ނިމާލާ ވާހަކަ ދައްކާފައި ދާށެވެ. ވުމާއެކު ނިމާލް ކާރު ޕާކްކޮށްފަ އަންނަންދެން ޢިމްރާން މަޑުކޮށްގެން ހުރީއެވެ. ޢިމްރާން އެހެން އެގޭ ދޮރުމަތީގައި ހުއްޓާ ނިމާލްގެ މަންމައާއި ކޮއްކޮ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. ނަޝާ ވަދެގެން ދިޔައީ ޢިމްރާނާ ދިމާއަށް ވަރަށް ބަލަމުންނެވެ.
[އިމްރާން ކިހިނެއް؟ އަދި ކިރިޔާ ދަރިފުޅު ދެކެލަން ތިއާދެވުނީ.] ކާރު ޕާކް ކޮށްފައި އައިސް ޢިމްރާނާ އަރާހަމަކުރަމުން ނިމާލް ވާހަކަ ދެއްކިއެވެ. ޢިމްރާން ހީކުރިގޮތާ ޚިލާފަށް ނިމާލްވީ ވަރަށް މަޑުމައިތިރި މީހަކަށެވެ. ވުމާއެކު ނިމާލް ވާހަކަ ދެއްކި ގޮތުން ޢިމްރާން ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.
[ރަނގަޅު ވާހަކައެއް ނިމާލް ކިހިނެއް. ނިޔާޒް ނާދޭތަ؟] ޢިމްރާނަށް ނިމާލާ ދައްކާނޭ ވާހަކަތަކެއް ނުވިސްނުނެވެ.
[ރަނގަޅު. އަބަދުވެސް ދަރިފުޅު ދެކެލަން އަންނަންވާނެ. ދަރިފުޅަށް ބައްޕަގެ ލޯބިވެސް މުހިންމުވާނެ.] ނިމާލް ބުންޏެވެ. އެވަގުތު ކާރު ކައިރީގައި ތިބި ޢިމްރާންގެ ބައްޕަމެން ގޮވީމާ ދަނީއޭ ބުނެފައި ޢިމްރާން ހިނގައިގެންފިއެވެ.
ޢިމްރާންމެން ގެއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޝިފްޒާ ހުއްޓެވެ. އޭނާ ހީކުރީ ޢިމްރާންމެން އަންނާނީ ދަރިފުޅު ގޮވައިގެން ކަމަށެވެ. އެހެންވެ އޭނާހުރީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައެވެ.
[ކޮބާ ދަރިފުޅު؟] ޢިމްރާންމެން އައިސް ވަނީމާ ޝިފްޒާ އެއްސެވެ.
[ދަރިފުޅު މާދަމާ ގެންނާނީ...ހެނދުނު ގެނެސްފައި ހަވީރު އެގެއަށް ގެންދަން ޖެހޭނެ. ޝިފްޒާއަށް އެނގޭނެތަ ކާންދޭން.] ޝިފްޒާގެ ގާތުގައި އިށީންނަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.
[ކީއްވެ ނޭނގެންވީ؟ ސަރާއަށްވުރެން މާރަނގަޅަށް އަހަރެން އެކުއްޖާ ބަލާފާނަން. އޭނައަށް ކޯއްޗެއްތަ އެނގޭނީ. އެމީހުންގެ ހުންނާނީ ރާއްޖެތެރޭ ގޮތްގަނޑު.] ޝިފްޒާ މޭފުއްޕާލިއެވެ.
[ރާއްޖެތެރޭ ގޮތްގަނޑޭ. ތިބުނި ގޮތްގަނޑަކީ ކޮބައިތަ؟] ޝިފްޒާ ރާއްޖެތެރޭ ގޮތްގަނޑޭ ބުނީމާ ހިތްހަމަނުޖެހިފައި ޢިމްރާން އެއްސެވެ.
[މިބުނީ ތަހުޒީބު ގޮތްތައް ނުހުންނާނެ ވާހަކަ.] އެއީ ރާއްޖެތެރެ ޝިފްޒާ މާނަކުރާގޮތްކަންނޭނގެއެވެ. އެގޮތަށް މާލެ އުފަން ވަރަށްގިނަ މީހުން މާނަކުރެއެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު