މާޝާ މިދުހަތު   2 ނޮވެމްބަރު 2023 - 22:54
މިއަހަރުގެ އެސްޓީއޯ އިޔަރއެންޑް ސޭލް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓީއޯ އިޔަރއެންޑް ސޭލް މިއަހަރުވެސް ކުރިއަށްދާއިރު، މިއަދުން ފެށިގެން މިސޭލް ކުރިއަށްދާނީ ޑިސެމްބަރު 15 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯ އިޔަރއެންޑް ސޭލް 2023 ފައްޓަވައިދެއްވީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރު ފަހު ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި، އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައެވެ.

މި ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިސޭލްގެ މުއްދަތުގައި ވިޔަފާރިކޮށްލައްވާ ފަރާތްތަކަށް ބަންޑްލް އޮފަރތައްވެސް ލިބިވަޑައިގަންނަވާނެކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން