ތަރުކާރީގެ ބާވަތްތަކުގައި ހިމެނޭ ކޮލަޖިން ބޫސްޓިން މާއްދާތަކުން ހަންގަނޑުގެ އިލާސްޓިސިޓީ އިތުރުކޮށްދެއެވެ.
ތަރުކާރީގެ ބާވަތްތަކުގައި ހިމެނޭ ކޮލަޖިން ބޫސްޓިން މާއްދާތަކުން ހަންގަނޑުގެ އިލާސްޓިސިޓީ އިތުރުކޮށްދެއެވެ.
އެޕިޑާމިސްއަކީ ހަންގަނޑުގެ 3 ފަށަލައިގެ ތެރެއިން ފުރަތަމަ ފަށަލައެވެ. މިއީ ޖަރާސީމުންނާއި ހަށިގަނޑަށް ގެއްލުންވާ ތަކެތިން ސަލާމަތްކޮށްދޭ ހަށިގަނޑުގެ ފުރަތަމަ އައްޑަނަވެސްމެއެވެ. ނަމަވެސް މިއީ ހަށިގަނޑުގައި ހިމެނޭ އެންމެ ނާޒުކުރު ބައިތަކުގެ ތެރެއިންވެސް އެއްބައެވެ.

ވައިނުސާފުވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން މިދެންނެވި ނާޒުކު ހަމަށް އަންނަ ބަދަލުތަކުގެތެރެއިން ހަމުގެ ކުލައަށާއި ޓެކްސްޗައަށް އަންނަ ބަދަލުތައް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ފާހަގަކުރެވެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ކުރާހާވެސް ކަމަކީ ކޮންމެވެސް ލޯޝަނެއް ނޫނީ ކްރީމެއް އަދި ތެޔޮ ފަދަ އެއްޗެއް އުނގުޅުމެވެ.

ޙަޤީޤަތަކީ އެކިވައްތަރުގެ ކްރީމާއި ލޯޝަން އަދި ތެޔޮ ފަދަ ތަކެތި ބޭނުން ކުރުމަކުން ނުފުދޭނެ ކަމެވެ. އެންމެ މުހިއްމު ކަމަކީ ހަންގަނޑުގެ ކުރަކިކަމާއި ރޫފިލުވުމަށް އިންސާނާގެ ހަށިގަނޑަށް ލިބިދެވެންޖެހޭ ކާނާ ގަވާއިދުން ކެއުމެވެ. ތަރުކާރީގެ ބާވަތަކީ މިކަމަށް އޮތް ހައްލެވެ. އެހެންކަމުން އަބަދުވެސް ކެއުމުގައި ތަރުކާރީގެ އެކި ބާވަތްތައް ހިމެނުމަކީ ޙާއްސަ ސަމާލުކަމެއް ދެވިގެން ކުރަންޖެހޭކަމެކެވެ.

ތިރީގައި މިވަނީ ހަންގަނޑު އަވަހަށް ރޫޖެހި މުސްކުޅިވުމުން ސަލާމަތްކުރުމަށް ކެއުމުގައި އާދަކޮށް ހިމަނަންޖެހޭ މުހިންމު 5 ބާވަތެއްގެ ތަރުކާރީއެވެ.

1. ކެރެޓު:

ބީޓާ ކެރޮޓީން އާއި އެހެނިހެން ނިއުޓްރިއެންޓްސް ހުރުމުގެ ސަބަބުން ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކެރެޓް ބޭނުންވެއެވެ. ބީޓާ ކެރޮޓީންއަކީ ހަންގަނޑަށް ބޭނުންވާ ވިޓަމިން އޭ ނުވަތަ ރެޓްނޯލަ އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. މިއީ ގުދުރަތީ ގޮތުން ހަންގަނޑު އުޖާލާކޮށްދީ، މިގަވައިދުން ކެއުމުން އިރުގެ އަލިން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އިސްތަށިގަނޑު ވަރުގަދަވުމަށް އެހީވެދީ އަދި ހަމުގެ ބައްޔެއްކަމަށްވާ ޑާމަޓައިޓިސް އިން ދުރުކޮށްދޭވެސް އެއްޗެކެވެ. އެހެންކަމުން މީހާ ތާޒާކަންމަތީ ދެމިހުރުމަށް ކެއުމުގައި އާދަކޮށް ތާޒާ ކެރެޓު ހިމަނާށެވެ.

2. ބަރަބޯ:

ކެރެޓު ފަދައިން ބަރަބޮލަކީވެސް ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަންގަނޑަށް އުޖާލާކަމާއި ވިދުން ގެނެސްދޭ އޮރެންޖު ކުލައިގެ ތަރުކާރީއެކެވެ. މިއީ ބީޓާ ކެރޮޓީން އިން މުއްސަނދި ތަރުކާރީއަކަށް ނުވި ނަމަވެސް މިއީ ގުދުރަތީ ގޮތުން ހަމުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ކެރޮޓިނޮއިޑްސްގެ މޮޅު ވަސީލަތެކެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ދަށްކޮށްދޭ މާއްދާވެސް އެކުލެވިގެންވާ ތަރުކާރީއެކެވެ. އަދި ހަނގަނޑު ރަތްވެ އެނދުމުންވެސް މިމާއްދާއިން ހަންގަނޑު ރައްކާތެރިކޮށްދެއެވެ.

3. ބްރޮކޮލީ:

ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފެހިކަންގަދަ މިބާވަތަކީ ކޮލެޖަން އުފެއްދުމަށް އެހީތެރިވެދޭ ތަރުކާރީއެކެވެ. މީގެ ސަބަބުން އެޕިޑާމިސްގެ އިލަސްޓިސްޓިކް ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ބްރޮކޮލީއަކީ އެންޓި އޭޖިން އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ވިޓަމިން-ސީ އަދި ކޭ ފަދަ ވިޓަމިންތަކުން މުއްސަނދި ވެފައިވާ ތަރުކާރީއެއްވެސް މެއެވެ.

4. ފެހިކަންގަދަ ފަތް:

ކޭލް، ސްޕިނެޗް އަދި ކޮލާޑް ކެބެޖް ފަތް ފަދަ ފެހިކަންގަދަ ތަރުކާރީއަކީ ވިޓަމިން ސީ އެކުލެވިގެންވާ ވަރަށް ރަނގަޅު ވަސީލަތެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި މިތަކެތި ހިމެނުމުން ހަމުގެ ސިއްހަތާއި ރީތިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ. މިތަކެތީގައި ހިމެނޭ ވިޓަމިން ސީ މާއްދާގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތަކުންނާއި ވައި ނުސާފުވުމުން ލިބޭ ގެއްލުންތަކުން އެޕިޑާމިސް ރައްކާތެރިކޮށްދެއެވެ. އަދި ހަންގަނޑު ޒުވާންކަމާއި އުޖާލާކަންމަތީ ދެމެހެއްޓުމަށް އެހީވެދެއެވެ.

5. ދަނޑި އަލުވި:

ދަނޑި އަލުވިއަކީ އެޕިޑާމިސްގައި ކޮލެޖަން އުފެއްދުމަށް ކޮންމެހެން ބޭނުންތެރި ބީޓާ ކެރޮޓީން އެކުލެވިގެންވާ ތަރުކާރީގެ ބާވަތެކެވެ. ދަނޑިއަލުވި ކެއުމުގައި އާދަކޮށް ހިމަނާނަމަ ގުދުރަތީ ރީތިކުލަ ހަންގަނޑަށް ލިބިގެންދާނެއެވެ. އެހެންކަމުން ހަންގަނޑު ޒުވާންކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ މުހިންމު ކަންކަމުގެ ތެރޭގައި ސިއްހަތަށް ނުރަނގަޅު ނާސްތާތަކުން ދުރުހެލިވެ، ދަނޑިއަލުވި ކެއުމުގައި ހިމެނުމެވެ.

6. ބެލް ޕެޕަރ:

ބެލް ޕެޕަރގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. ކެއްކުމުގައި ބޭނުންކޮށްލެވޭ އެކިކުލަކުލައިގެ ބާވަތްތައް ހިމެނޭ ބެލް ޕެޕަރ އަކީ ހަންގަނޑު ރޫޖެހުން މަދުކޮށްދީ ހަންގަނޑުގެ ޓެކްސްޗަރ ރަނގަޅުކޮށްދޭ އެއްޗެކެވެ.

ފާހަގަކޮށްލެވުނު ތަރުކާރީގެ ބާވައްތަކީ ރާއްޖޭގެ ބާޒާރުގައިވެސް މިހާރު ލިބެންހުންނަ ބާވަތްތަކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްޙަތާއި ބީރައްޓެހި ތަފާތު ކެއުންތަކަށް އަޅުގަނޑުމެން ކުރާހޭދަ ހުއްޓާލައި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މަތީގައި މިބަޔާންކުރެވުނު ތަރުކާރީ ހިމެނުމަށް ސަމާލުކަންދޭށެވެ. އޭރުން އުމުރުން ކިތަންމެ މަތިވެގެން ދިޔަޔަސް ހިތް މުސްކުޅި ނުވެޔޭ ބުނާފަދައިން މިހާގެ ހަޑިގަނޑު ޒުވާންކަންމަތީ ދެމިހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން