އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް އަވަސް އަވަހަށް ކުދިކުދި ބަލިވާބައެކެވެ. މިގޮތަށް ބަލިވާން މެފުވެރިވާ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ކެއުމުގައި ގެންގުޅޭ ނޭދެވޭ އާދަތަކުގެ ސަބަބުންނެނެވެ. އެގޮތުން އަޅުގަނޑުމެން ކައިއުޅެނީ ގިނަފަހަރަށް ހަށިގަނޑާ ނުގުޅޭ ތަފާތު މާއްދާތައް އެކުލެވޭ ތަކެއްޗެވެ. ހަމަ އެންމެ އަޅުގަނޑުމެން ކައިއުޅޭ ތަރުކާރީގެ ބައެއް ބާވަތަކީ ރޮލާކެއުން އެހާ ރައްކާތެރި އެއްޗަކަށް ނުވާއިރު، ބައެއް ތަރުކާރީއަކީ އެކަތި އަނެއްކަޗާއެކު އެއްކޮށްގެން ސަލަޑުގެ ގޮތުގައިވެސް ބޭނުންކުރުން ރައްކާތެރި އެއްޗެއް ނޫނެވެ.

އަޅުގަނޑުމެން މިދެންނެވި ކަންކަމަށް ފަރުވާލެއްނެތި ކެއުމުގެ އާދަގެންގުޅުމުގެ ނަތީޖާއަކަށް ވެގެންދަނީ ހަށިގަނޑުގައި ވިހަ މާއްދާތައް އިތުރުވެގެން ދިޔުމެވެ. މީހާ އަވަސް އަވަހަށް ބަލިވުމެވެ. ބަނޑުގައި ރިއްސާ ތަފާތު އުދަގޫތައް ކުރިމަތިވުމެވެ. އިންފްލޭމްވުމުގެ ސަބަބުން ހަންގަނޑުގެ ތާޒާކަންވެސް ގެއްލި މީހާގެ ހަންގަނޑު ރަތްވެ ތާޒާކަން ގެއްލުމެވެ.

ވިހަ މާއްދާތައް ބޭރުކުރުމަށް އަޅުގަނޑުމެން ގޭގައި ކުރެވިދާނެ ކަންތައް އެބަހުއްޓެވެ. އޭގެތެރެއިން މިގެނެސްދެނީ ގޭގައި ފަސޭހަކަމާއެކު ތައްޔާރުކޮށްގެން ބޮވިދާނެ ޖޫހުގެ ބާވަތްތަކަށެވެ. މި ބުއިންތައް އާދަވެގެން ބޮއެ ހަދާނަމަ ހަށިގަނޑުން ވިހަ މާއްދާތައް ކޮންޓްރޯލްކޮށްދޭނެއެވެ.

1. ލުނބޯ ފެން:

ހޫނުފެނަށް ލުނބޯ އަޅައިގެން ބުއިމަކީ ބަނޑު ތެރޭގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވަކިން ޚާއްސަކޮށް މިބުއިން ހެނދުނު ހާބަނޑާ ބުއިމުން ފާޚާނާ ކުރެވި ބަނޑު ސާފުވާނެއެވެ. މީގެ އިތުރުން ލުނބޮލަކީ ވިޓަމިން ސީ އިން ފުރިގެންވާ ބާވަތަކަށްވުމުން ހަށިގަނޑު 'އިންފްލޭމް' ވުމުން ހަންގަނޑު ރަތްވުމާއި އުޖާލާކަން ގެއްލުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ.

2. ދިރި ފެން:

ހެނދުނު ހެނދުނާއި ދިރި ފެން ބުއިމަކީވެސް ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވެގެންދާނެ ކަމެކެވެ. މިއީ ހަށިގަނޑުން އައު ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ އަދި މެޓަބޮލިޒަމްއާއި ބަނޑުގެ އުނދަގޫތަކުންވެސް ދުރުކޮށްދޭ ބުއިމެކެވެ. ދިރިފެން އެނެމް ރަނގަޅީ ރޭގަނޑުގައި ފެނަށް ދިރި އެޅުމަށްފަހު ހެނދުނު ބުއިމެވެ. އޭރުން އޭގައި ހުންނަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފެނުގެ ތެރެއަށް އެކުވާން ބޭނުންވާ ވަގުތު ލިބޭނެއެވެ.

3. ގްރީން ޓީ:

ގްރީން ޓީ އަކީ ހަށިގަނޑުން ބަރުދަން ލުއި ކުރުމަށާއި ޑިޓޮކްސް ކުރުމަށް މަޝްހޫރު ބާވަތެކެވެ. ގްރީން ޓީ ދުވާލަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ބުއިމުން ހަށިގަނޑުން ކެލޮރީ މަދުވެ ފެޓްތައް ވިރުވައިދެއެވެ. އަދި މިއީ އެންޓި އޮކްސިޑެންޓްސް ގިނަ ބާވަތަކަށް ވުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރުމަށްވެސް މިބާވަތުން އެހީތެރިވެދެއެވެ.

4. އެޕަލް ސައިޑަރ ވިނެގަރ:

ފޮނި ކާތެކެއްޗާއި ތެލުލި ތަކެތި ކެއުމަށްފަހު، މިބުއިން ތައްޔާރުކޮށްގެން ބުއިމަކީ ހަށިގނޑަށް ގެއްލުންދޭ ހަކުރާއި ތެލުތުގެ ބާވަތްތަކުގެ އަސަރު ކުޑަވެގެންދާނެ ކަމެކެވެ. މި ބުއިން ތައްޔާރުކުރުމަށް 2 ސައި ސަމްސާ އެޕަލް ސައިޑަރ ވިނެގަރ ފެނަށް އަޅައިގެން އެއްކޮށްލާށެވެ. މިއީ ޑިޓޮކްސް ކުރުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ އެންޒައިމްތައްވެސް ލިއްބައިދޭ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ބުއިމެކެވެ.

5. އެލޮވީރާ ޖޫސް:

އެލޮވީރާ އަކީ ބުއިމަށް ކަމުދާ އެއްޗެއްކަމުގައި ގިނަ މީހުންނަށް އެނގިފައި ނޯވެދާނެއެވެ. އެހެންނަމަވެސް މިއީ ހަށިގަނޑު ހައިޑްރޭޓް ކުރުމަށާއި ހަށިގަނޑު ޑިޓޮކްސް ކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. މީގެ އިތުރުން ފުރަމޭގެ މަސައްކަތްތަކަށްވެސް ރަނގަޅު ކޮށްދިނުމާއި ބަނޑު ހަރުވުމުގެ މައްސަލައަށްވެސް ހައްލު ގެނުވައިދޭ މާއްދާތައް މިބާވަތުގައި އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ކެލްސިއަމް، ސޯޑިއަމް، ކޮޕާ، ކްރޯމިއަމް، ޕޮޓޭސިއަމް ވިޓަމން ބީ 12 އަދި މެންގަނީސް ހިމެނެއެވެ. ތައްޔާރުކުރުމަށް އެލޮވީރާގައި ހުންނަ ޖެލްބައި ނަގައި ފެނަށް ގިރާށެވެ. މިގޮތަށް އެލޮވީރާ ޖޫސް ތައްޔާރު ކުރާއިރު ލުނބޯ ހުތް އެއްކޮށްލުމަކީ ފައިދާތައް އިތުރުވެގެންދާނެ ކަމެކެވެ.އަދި ފޮނިކޮށްލުމަށް މާމުއި ކޮޅެއް އެއްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ދޮގެއްވާނޫން

07-Nov-2023

އެއްވެސްކަމެއް ފުރިހަމަކޮށްދީފައެއް މިހާރު ނުހުރޭ އެއްފަޅިން ކޮންމެކަމެއްވެސް ކުރާނީ, އެހެންވީމަ ތަރުކާރީ ނުކާންވީބާ!!


0

ކޮބާ

05-Nov-2023

ސަލަޑުގެ ގޮތުގައާއި ރޮލާ ކެއުން ރަނގަޅު ނޫން ބާވަތްތަކަކީ ކޮބައޭ؟ އެބައި ހިމަނާފައެއް ނެތް



ޓްރެންޑިން