ތުނބުޅިއަކީ ފިރިހެނާގެ ފިރިހެންވަންތަކަން ރަމްޒުކޮށްދޭ އެއްޗެކެވެ. ފަހަކަށް އައިސް ތުނބުޅި ބެހެއްޓުން ފެޝަނަކަށް ވެފައިވާއިރު، އެކި މީހުން އެކި ސްޓައިލަށް ތުނބުޅި ބަހައްޓައެވެ. ކޮންމެ އަކަސް ތުނބުޅި ހުރުމުން ފިރިހެނުން ހަމަ ކަމުދާ ގޮތެއް ހުރެއެވެ.

ހަޔާތުގެ ބައިވެރިޔަކަށް ނުވަތަ ކައިވެނި ކުރުމަށް އަންހެނުން ބޭނުންވަނީ ތުނބުޅިލީ ފިރިހެނުން ކަމަށް މިފަހުން ކުރެވުނު ދިރާސާއަކުންވެސް މިވަނީ ދައްކާފައެވެ. އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީގައި ހެދުނު މިދިރާސާގައި 8500 އަށް ވުރެ ގިނަ އަންހެނުން ބައިވެރިކޮށްގެން ކުރެވުނު މިދިރާސާއަކީ އަންހެންވެރީން ކައިވެނި ކުރުމަށް ނުވަތަ ރައްޓެހިވުމަށް އެންމެ ބޭނުމީ ތުނބުޅި ހުރި ފިރިހެނުންތޯ އާއި ތުނބުޅި ނުހުންނަ ނުވަތަ ތުނބުޅި ބާލާފައިތިބޭ ފިރިހެނުންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ.

ދިރާސާގެ ނަތީޖާއަށް ބަލާއިރު ގިނަ އަންހެނުން، އެކުގައި ކުޑަ ދުވަސްކޮޅަކު ރައްޓެހިވެގެން އުޅުމަށް ޝޭވްކޮށްފައި ތިބޭ ފިރިހެނުން އިޚްތިޔާރުކޮށްފައިވީ ނަމަވެސް ކައިވެނިކުރުމަށް މީހަކު އިޚްތިޔާތުކުރާއިރު އެމީހުންވެސް ބޭނުންވަނީ ތުނބުޅިލީ ފިރިހެނުންނެވެ.

މިއީ ކުއީންސް ލޭންޑް ޔުނިވަރސިޓީގެ ބާނަބީ ޖޭ ޑިކްސަންއާއި ރޮބާޓް ސީ ބްރޫކްއާއި އެހެނިހެން އެކިއެކި ބޭރުގެ ޖަމިއްޔާތައް ގުޅިގެން އެކި ދުވަސްތަކަކަށް ބަހާލައިގެން ކޮށްފައިވާ ސާވޭއެކެވެ. މި ސާވޭގެ ރިޕޯޓާއި އެއްގޮތް އެހެން ރިޕޯޓެއް މީގެ ކުރީގައި ޖާނަލް އޮފް އެވޮލިއުޝަނަރީ ބައޮލޮޖީގައިވެސް ޝާއިއުކުރެވިފައިވެއެވެ.

ދިރާސާ ރިޕޯޓުތަކުން ދައްކާގޮތުގައި ފިރިހެނާގެ ތުނބުޅިއަކީ އޭނާގެ އުމުރާއި ފިރިހެންވަންތަކަމާއި މުޖުތަމައުގައި އޭނާގެ ބާރާއި ނުފޫޒުވެސް ރަމްޒުކޮށްދޭ އެއްޗެއް ކަމުގައެވެ. އަދި 2016 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން ކުރެވުނު ދިރާސާއިން ދައްކާގޮތުގައި ތުނބުޅި ހުންނަ މީހުން އެމީހުންގެ 'ރިލޭޝަންޝިޕް'ތަކުގައި ދިގުމުއްދަތަށް އެކުގައި އުޅެއެވެ. އަދި އެމީހުންނާއިއެކު ހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރުމަށް ކަމުދާފަދަ ސިފަތަކެއްވެސް އެމީހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ޑޭޓިން ވެބްސައިޓްތަކުން ހެދިފައިވާ އެކިއެކި ސާވޭތަކަށް ބަލާއިރު، 60 އިންސައްތަ އަންހެނުންނަށް ކަމުދަނީ ތުނބުޅި ހުންނަ މީހުންނެވެ. އަދި އިތުރު ސާވޭއަކަށް ބަލާއިރު އިނގިރޭސިވިލާތުގެ ޒެޑް އެމް ސީ ސައިންސް އިން ހޯދިފައިވާ ގޮތުގައި އަންހެންވެރިންނަށް ބޮޑަށް ކަމުދަނީ ފިރިހެންވަންތަކަން ހުންނަ އެމީހުންގެ މައްޗަށް ބާރު ހިންގޭފަދަ ގޮތްތަކެއް ޝަޚުސިއްޔަތުގައި ހުންނަ މީހުންނެވެ.



ބައިވެރިއެއް އިޚްތިޔާރު ކުރުމުގައި ކޮންމެ މީހަކަށްވެސް ކަމުދާ ގޮތްތަކެއް ހުންނާނެއެވެ. އެހެންނަމަވެސް ވަޒީފާގެ ގޮތުން ވަކި ގޮތަކަށް ހެދުން އެޅުމާއި ތުނބުޅި ބެހެއްޓުން މަޖުބޫރު ކުރުވާ ވަޒީފާތަކުގައި އުޅޭ މީހުންނާއި ރައްޓެހިވާއިރު، އަޅުގަނޑުމެން އަންހެނުން ބަލަންވީ ފިރިހެނުންގެ ސިފަޔަށްވުރެ އެމީހެއްގެ ކިބައިގައި ހުރި އަޚުލާޤާއި އޭނާގެ މިޒާޖަށެވެ. އަދި ތިބާއާއިމެދު އެމީހަކު ދެކޭގޮތާއި ކަންތައް ކުރާގޮތް ދެނެގަތުމުގެ އިތުރުން އޭނާ ތިބާއާމެދު ކަންތައްތައް ބަހައްޓާގޮތުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން