އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   21 ޖުލައި 2020 - 2:43
ފަލަވާން މަސައްކަތް ކުރިއަސް އެކަން ކުރަން އުނދަގޫ މީހުން ވަރަށް ގިނައެވެ. ބައެއް މީހުންނަކީ ހިކިކޮށް ތިއްބަސް ސިއްޙަތު ރަނގަޅު މީހުންނެވެ.

ދުނިޔޭގެ ގިނަ ބަޔަކީ ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެއް އިތުރަށް ހުންނަ މީހުންނެވެ. މިއީ ސިއްޙީގޮތުން ވަރަށް ގެއްލުން ހުރި ކަމެކެވެ.



ސިއްޙީ މައްސަލަ ހުރުމުގެ ސަބަބުން ވެސް ފަލަވާން ބޭނުން ވިއަސް ނުވާ މީހުން ތިބެއެވެ. އޭގެ ތެރޭގައި ތައިރޮއިޑް ބަލި ހުންނަ ބައެއް މީހުންނާއި ހަކުރު ބައްޔާއި ކެންސަރު ހުރުމުންވެސް ފަލަވާން މަސައްކަތް ކުރިއަސް އުނދަގޫވެއެވެ.



ބަރުދަން އިތުރު ކުރަން ބޭނުން ނަމަ އެކަން ކުރަންވާނީ ވަރަށް ބަލައިގެން ރަނގަޅެށެވެ. ގިނައިން އެނާރޖީ ބުއިންތައް ބުއިމާއި ފޮނި އެއްޗިހި ކެއުމުން ސިއްހަތަށް ގެއްލުން ވެދާނެއެވެ.

ފަލަވާން ބޭނުން ނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެއް އިތުރަށް ކެލޮރީސް ކެއުމުން ފަލަވާނެއެވެ. އޭގެ އިތުރުން ޕްރޮޓީންސް ގިނައިން ހުންނަ އެއްޗިހި ބޭނުން ކުރުމުންވެސް ފަލަވާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕްރޮޓިންސް ގިނަ ޑައިޓެއް ގެންގުޅުމުން އިތުރުވާ ކެލޮރީސް ބަދަލްވަނީ ހަށިގަނޑުގައި ޖަހާ މަސްތަކަށް ކަމަށްވެއެވެ. ޕްރޮޓިންސް ގިނަ ކާބޯތަކެތީގެ ތެރޭގައި ހުރިހާ ވައްތަރެއްގެ މަސް،ބިސް އަދި ބަނދަން ހިމެނެއެވެ.

ކާރބޯހައިޑްރޭޓްސް އަދި ފެޓްސް ގިނަ ކާނާ ކެއުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ކާރބޯހައިޑްރޭޓްސް ގިނަ ކާބޯތަކެތީގެ ތެރޭގައި ޕާން، ކިރު އަދި މި ނޫންނަސް ބައިވަރު ކާނާ ހިމެނެއެވެ.

ފަލަވާން ބޭނުންވަނީނަމަ ދުވާލަކު މަދުވެގެން ތިންއިރު ކާންވާނެއެވެ. ކެއުމުގެ ކުރިން ފެން ބުއިމަކީ ފަލަވާން މަސައްކަތް ކުރާއިރު ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އަވަހަށް ބަނޑު ފުރޭނެތީއެވެ. މީގެ އިތުރުން ކަސްރަތު ކުރާއިރު ބަރު އުފުލުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

ހިކި މީހަކު ފަލަވުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. މިކަމަކީ ކުރަން އުނދަގޫ ކަމަކަށް ވިޔަސް ހިތްވަރެއް ލައިފިއްޔާ ނުވާނެ ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


26

އައިޝާ

22-Jul-2020

އަހަރެން 6 ކުދިން ވިހޭއިންސުރެ މި ހުންނަނީ 35ނޫނީ36 މިވަރެއްގަ


10

އިދުރީސް

21-Jul-2020

މޮޅު ވާހަކަ ނުދައްކާ.އަހަރެން ވިހެއިންސުރެ މި ހުންނަނީ މި ވަރެއްގަ



ޓްރެންޑިން