ފޭރުގެ ފަތަކީ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ފައިދާހުރި އެއްޗެކެވެ.
ފޭރުގެ ފަތަކީ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ފައިދާހުރި އެއްޗެކެވެ.
މޭވާގެ ބާވަތްތަކުގެ ތެރެއިން ފޭރަކީ އާއްމުކޮށް ރާއްޖޭގައި ހެދޭ ބާވަތެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އެތައް ވިޓަމިންސްތަކެއް ލިއްބައިދޭ ފައިދާހުރި މޭވާއެއްވެސްމެއެވެ. އަދި ފޭރު ގަހުގެ ގިނަ ބައިތައް ބޭހުގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ. ތިރީގައި ހިމަނާލާފައި އެވަނީ އާދަވެގެން ފޭރު ކެއުމުން ހަށިގަނޑަށް ލިބިދޭ ފައިދާތަކެވެ.

1. ހަކުރު ކޮންޓްރޯލް:

ލޭގައި ދައުރުވާ ހަކުރުގެ މިންވަރު އިތުރުވުމުން ހަކުރު ބަލި ނުވަތަ ޑައިބިޓީސް ބަލި ޖެހެއެވެ. މިއީ ދާއިމީ ގޮތުން މީހާ ބޭސްކާންޖެހި ކެއިން ބުއިމުގެ އާދަތަކަށް މުޅި އުމުރު ދުވަހު ބަދަލުތަކެއް ގެންނަންޖެހޭ ބައްޔެއްވެސް މެއެވެ. ފޭރުފަތު ސައިފަތް ބޭނުން ކުރުމަކީ ލޭގައި ދައުރުވާ ހަކުރުގެ މިންވަރު މަދުކޮށްދޭ ކަމެއްކަމުގައި ގިނަ ދިރާސާތަކުން ދައްކައެވެ. އަދި މި މޭވާގައި ހިމެނޭ ބައެއް ކެމިކަލްތަކުން ހަށިގަނޑަށް ގުލްކޯޒް 'އެބްޒޯބް' ކުރުމަށް ނުވަތަ ހަށިގަނޑުން ހަކުރު ގުލްކޯޒް އުފެއްދުމަށް ބޭނުންކުރުމަށް އެހީތެރިވެއެވެ. (ގުލްކޯސް ބޭނުންނުކުރެވި ލޭގައި ހަކުރު ގިނަވުމަކީ ހަކުރު ބައްޔާއި އިންސުލިން ރެސިސްޓެންސް ހާލަތް މެދުވެރިވާ ކަމެކެވެ.)

2. މައްސަރު ކަންތަކުގެ ވޭންކުޑަކޮށްދިނުން:

ފޭރު ފަތުގެ ސަޕްލިމެންޓުތައް ބޭނުން ކުރުމުން 'ޕެއިން ކިލާ' ބޭސް ބޭނުން ކުރުމަށްވުރެ މައްސަރުކަންތަކުގެ ވޭން ކުޑަކުރުމުގައި މާރަނގަޅު ނަތީޖާ ލިއްބައިދޭކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ފޭރުފަތުގެ ދިޔަ ބޭނުންކޮށްގެން ނުވަތަ ވިއްކަން ހުންނަ ފޭރުފަތުގެ އެކްސްޓްރެކްޓްތައް ކެއުމުގައި ބޭނުންކުރުމުން މައްސަރު ކަންތަކުގެ ވޭން ކުޑަކޮށްދެއެވެ. ފޭރު ފަތް ބޭނުންކުރުމަށް ފެންނަށް އަޅައިގެން ކައްކާށެވެ.

3. ހަޖަމުވުމުގެ ނިޒާމު ދުޅަހެޔޮކޮށްދިނުން:

ފޭރަކީ ފައިބަރ ގިނައިން ހިމެނޭ ބާވަތެވެ. ފައިބަރއަކީ ހަޖަމުވުމުގެ ނިޒާމް ދުޅަހެޔޮކަންމަތީ މަސައްކަތް ކުރުމަށް ބޭނުންވާ މާއްދާއެކެވެ. ޅަފޭރަކީ ބޭރަށް ހިނގުމުގެ މައްސަލައަށް ހައްލު ހޯދައިދޭ ބާވަތެކެވެ. އަދި ދޮން ފޭރުގައި ޚާއްސަކޮށް ފޭރު އޮށުގައި ހިމެނޭ ލެކްސޭޓިވް މާއްދާތަކުގެ ސަބަބުން ބަނޑު ހަރުވުމުގެ މައްސަލަ ހައްލުކޮށްދެއެވެ. މީގެ އިތުރުން ފޭރުފަތުގެ އެކްސްޓްރެކްޓްއަކީ އެންޓި މައިކްރޯބިއަލް މާއްދާތައް ހިމެނޭ އެއްޗެއްކަންވެސް ފާހަގަކޮށްލެވެއެވެ. މިއީ ބަނޑުދިޔައިވުމުގެ މައްސަލަތަކަށް ހައްލު ލިއްބައިދޭ މާއްދާތަކެކެވެ.

4. ދިފާޢީ ނިޒާމް ވަރުގަދަކޮށްދިނުން:

ފޭރު ކެއުމުން ދިފާއީ ނިޒާމް ވަރުގަދަކޮށްދެނީ ޖަރާސީމުތަކާއި ހަނގުރާމަކޮށް ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭ ވިޓަމިން ސީ އެކުލެވޭތީއެވެ. މިމޭވާއާއި އަދި މިމޭވާގެ ފަތަކީވެސް ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ. ފޭރު ފަތުގައިވެސް ގިނަގުނަ އެންޓި ބެކްޓީރިއަލް، އެންޓި ފަންގަލް އަދި އެންޓި ވައިރަލް މާއްދާތައް އެކުލެވިގެންވާކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ ވައިރަލް އަދި ބެކްޓީރިއާގެ ސަބަބުން ޖެހޭ ފުލޫ އާއި ރޯގާތައްފަދަ އެކިއެކި ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.

5. ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން:

ފޭރުގެ ފަތަކީ ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ބާވަތަކަށްވުމުން ހިތުގެ ބަލިތަކުން ދިފާއުކޮށްދެއެވެ. އަދި މިއީ ހަށިގަނޑުގައި ދައުރުވާ ފްރީ ރެޑިކަލްތައް ނައްތާލުމަށްވެސް އެހީތެރިވެދޭ މާއްދާތެކެއްކަންވެސް ފާހަގަކުރެވެއެވެ. މިފަތުގައި ހިމެނޭ ސޯޑިއަމް އާއި ޕޮޓޭސިއަމްފަދަ މިނަރަލްގެ ބާވަތްތަކަކީ ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޕޮްއް

09-Nov-2023

ހ



ޓްރެންޑިން