ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތާއި، ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ ވަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށެވެ. އަދި މަސައްކަތުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ 27،450 ސްކެއާ މީޓަރުގެ ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމުގެ އިތުރުން 19،940 މީޓަރުގެ ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށެވެ.
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ނުކުރެވި އޮތުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެވެ. އެކުންފުނިން ބުނީ އެ މަޝްރޫއުއަށް 279.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ.
ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އިތުރުން، ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން ބުނީ، ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި، އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ. އަދި 46،600 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 4000 އަކަމީޓަރުގެ ނެރެއް ފުންކުރުމުގެ އިތުރުން 60 މީޓަރުގެ ރިވެޓްމަންޓް ޖެހުން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން އެ ރަށުގައި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 397 ދުވަސް ތެރޭގަ އެވެ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑިންގެ މަސައްކަތަށް 38.2 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެރަށަށް ގެންގޮސް މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ މިއަދު ފަށާފައި. މި މަޝްރޫޢުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭނެ.މަޝްރޫޢު ހަވާލުކޮށްފައިވަނީ 04.07.19 ގައި. pic.twitter.com/fbdeAzotqJ
— MTCC Plc (@MTCCPlc) July 21, 2020
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ނުކުރެވި އޮތުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެވެ. އެކުންފުނިން ބުނީ އެ މަޝްރޫއުއަށް 279.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ.
ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އިތުރުން، ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން ބުނީ، ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި، އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ. އަދި 46،600 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 4000 އަކަމީޓަރުގެ ނެރެއް ފުންކުރުމުގެ އިތުރުން 60 މީޓަރުގެ ރިވެޓްމަންޓް ޖެހުން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
F. Dharanboodhoo harbour upgrade project is progressing well, with overall 33% project progress. Currently dredging and excavating operations of 46،600 cbm of the existing harbour and new harbour basin are ongoing. pic.twitter.com/kgNPpw5DBR
— MTCC Plc (@MTCCPlc) July 21, 2020
މީގެއިތުރުން އެ ރަށުގައި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 397 ދުވަސް ތެރޭގަ އެވެ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑިންގެ މަސައްކަތަށް 38.2 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
ކިޔުންތެރިންގެ ހިޔާލު