ކޮލަޖިންއޭ ބުނުމުން ނޭނގޭނެ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. އެތައް ބިއުޓީ ބްރޭންޑެއް ބާޒާރުގައި ލިބެން ހުރިއިރު ކޮލަޖިންގެ އެކިއެކި ނަންތައް ކިޔާ ބްރޭންޑްތައް ރާއްޖެއިންވެސް ލިބެން އެބަހުއްޓެވެ. ކޮލަޖިންއަކީ ހަމުގެ ގުތުރަދީ ރީތިކަން ދަމަހައްޓައިދީ ހަންގަނޑު ދޫވިޔަ ނުދިނުމަށް ހަށިގަނޑުން އުފައްދާ މާއްދާއެކެވެ.
ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުން މިމާއްދާ އުފެއްދުން މަދުވެއެވެ. އަދި ހަންގަނޑު ދޫވެ ރޫޖެހެއެވެ. އެހެންކަމުން ހަންގަނޑަށް ބޭނުންވާ ކޮލަޖިން ލިއްބައިދިނުމަށް ކޮލަޖިން ކްރީމްތައް ބޭނުންކުރަން ޖެހެއެވެ.
ކޮލަޖިންއަކީ ޖަނަވާރުގެ ކައްޓާއި މަހުގެ ހުޅުނބުގައި ހިމެނޭ ޕްރޮޓީންގެ މާއްދާއެކެވެ. ގޭގައި ކޮލަޖިން ތައްޔާރުކުރުމަށް ކޮލަޖިން އެކުލެވޭ ގުދުރަތީ ބާވަތްތަކުން އެމާއްދާ ވަކިކުރަން ޖެހެއެވެ.
ކޮލަޖިން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
ކުކުޅު ކަށި/ މަހުގެ ހުޅުނބު (1 ކިލޯ)
ވިނެގާ (2 ސައިސަމްސާ)
ފެން (ކަށި ނުވަތަ ބޭނުންކުރާ ކޮލަޖިން އެކުލެވޭ ބާވަތަށް ވާވަރަށް)
ތައްޔާރު ކުރާނެ ގޮތް: ކަށި ބޭނުންކުރާނަމަ އެންމެ ފުރަތަމަ ކަށިތައް 180 ޑިގްރީ ސެލްސިއަސްގައި 30 މިނެޓުވަންދެން ރޯސްޓްކުރާށެވެ. މަހުގެ ހުޅުނބު ބޭނުންކުރާނަމަ ހުޅުނބުތައް ރަނގަޅަށް ސާފުކޮށްލާށެވެ. އެއަށްފަހު ބޭނުންކުރާ ކޮލަޖިންގެ ބާވަތަށްވާވަރަށް ތެއްޔަކަށް ފެން އެޅުމަށްފަހު ހުޅުނބު ނުވަތަ ކަށި އެޅުމަށްފަހު މަޑު ގިނީގައި ކައްކަން އުދާށެވެ. އެއަށްފަހު ވިނެގާ އަޅާށެވެ. އަދި މިގޮތަށް މަޑު ގިނީގައި 4-6 ގަޑި އިރަށް ކައްކާށެވެ. (މިކަމަށް ރައިސް ކުކަރވެސް ބޭނުންކުރެވިދާނެ) ގިނަވަގުތު ބެހެއްޓުމުން ކޮލަޖިން ކަށިތަކުން ނެގޭނެ މިންވަރު އިތުރުވާނެއެވެ. ކެކެމުންދާއިރު މައްޗަށް އަރާ ފޮނުގަނޑު ނަގައި އުކާލާށެވެ.
ބޭނުންވާ މިންވަރަށް ނުވަތަ 4 ގަޑިއިރަށް ކެއްކުމަށްފަހު އޮލަކޮށް ހުރި ބައި ތައްޓަކަށް ފުރާނާލާށެވެ. އަދި އެއަށްފަހު ކަށިތައް އުކާލާށެވެ. ދެން ހޫނުކަން ކެނޑުމުން ފްރިޖަށްލައި ޖެލްގޮތަށް ތަތްވަންދެން ނުނަގައި 12 ގަޑިއިރުވަންދެން ބަހައްޓާށެވެ. އެއަށްފަހު މައްޗަށް އަރާފައި ހުރި ފެޓްގެ ބައި ކަހާލައި އުކާލާށެވެ. މިބައި ހިއްކުމަށްޓަކައި ބޭކިން ޝީޓެއްގައި ރީތިކޮށް ތުނިކޮށް ފަތުރާލައި 60 ޑިގްރީގައި އަވަނުގައި ބޭކްކުރާށެވެ. އޭރުން އެއްކޮށް ޖެލްގަނޑު ހިކޭނެއެވެ. ދެން މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް މަތިޖެހޭ ފުޅިއެއްގައި ރައްކާކޮށް ކޮލަޖިން ބޭނުންކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު