ޙިއްސުތަކުގެ މުއުޖިޒާތް (2) - ލޮލާއޮއި ސިކުންޑި
ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!
ށ. ލޯ: ބެލުމުގެ ޙިއްސު
އިންސާނާގެ ލޮލަކީ ވެސް ޢަޖައިބުން ފުރިގެންވާ ގުނަވަނެކެވެ. ﷲ ތަޢާލާ އެ ގުވަނަވަން ނުވަތަ ފެނުމުގެ ޙިއްސު ޚަލްޤު ކުރައްވާފައިވާ ގޮތް އެނގުމުން، އިންސާނާގެ ބުއްދި ޙައިރާން ކޮށްލާފައިވާ ގުނަނެކެވެ. ނުވަތަ ޙިއްސެކެވެ. އިންސާނާގެ ކޮންމެ ލޮލެއްގައި، އިންސާނާ ޙައިރާން ވާ ފަދަ ޢަދަދަކަށް އަލި ޤަބޫލު ކުރާ ޙައްސާސުތަކެއް ހުރެއެވެ. އިނގިރޭސި ބަހުން ބުނާ ނަމަ ލައިޓު ރިސެޕްޓިން ސެންސަސްތަކެއް، ނުވަތަ ސެންސަރުތަކެއް ލައްވާފައި ވެއެވެ. އާދެ މި ސެންސަސް ގެ ޢަދަދަކީ މިހައި ތަނަށް ހޯދާފައިވާ ހޯދުންތައް ބުނާ ގޮތުން، އިންސާނެއްގެ ކޮންމެ ލޮލެއް ގައި މި ފަދަ 140 މިލިއަން ސެންސަރެވެ. ޢަރަބި ބަހުން މި ސެންސަރު ތަކަށް ދީފައިވާ ނަމަކީ المخاريط (އަލް މަޚާރީޠު) އާއި العصبيّات (އަލް ޢަޞަބިއްޔާޠު). އެވެ. މި މަޚާރީޠަކީ ލޮލުގެ ވިޔުގަ އޭގެ މައްޗަށް އެކުލެވޭ 10 ފަށަލައިގެ ތެރެއިން އެއް ފަށަލައެވެ. މި 10 ފަށަލައިގެ ޖުމުލަ ބޯމިނަކީ 0.4 މިލިމީޓަރެވެ. މި ތުނި އެހައިމެ ނާޒުކު، އެކަމަކު ފުރިހަމަ ފަށަލަތަކަކީ ވެސް، ޤުދުރަތުގެ ޢަޖާއިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ.
އިންސާނާގެ ލޮލަށް ފެންނަ ތަކެއްޗާއި، މަންޒަރު، އޭގައި ހުރި ޙަޤީޤީ ކުލައިގައި ފެނުމަށް، ނުވަތަ ކަޅާއި ހުދު ނޫން ގޮތަކަށް ކުލަކޮށް ފެނުމަށް، ލޮލުގެ މި ދެންނެވި ޢަޞަބާތުތަކުން ބައި މިލިއަން ލޯލި ނުކުންނަ ކަމަށް ކަމާބެހޭ ދިރާސާ ކުރެއްވި ބޭފުޅުން ވިދާލުވެއެވެ. ލޯލި ކަމުގައި މި ދެންނެވީ ވަރަށް ނާޒުކު ހަމަ ލޮލަށް ނުވެސް ފެންނަ ވަރުގެ ހިމަ ދޯދި ތަކެއް ފަދަ އެތިފަށް ތަކެއްގެ ވާހަކައެވެ. އެހެން ނޫންނަމަ އަހަރެމެންނަށް ތަކެތި ފެންނާނީ 1960 ގެ ކުރިން އުފެއްދި ޓީވީ ޕުރޮގުރާމުތައް ފެންނަ ގޮތަށް ކަޅާއި ހުދުން އަދި އެކޮޅުކޮޅުންނެވެ.
ލޯ މަސައްކަތް ކުރާ ގޮތް:
ލޮލަކީ، މި ޒަމާނުގައި މި ގެންގުޅޭ ކެމެރާ ފަދައިން ގާތްގަނޑަކަށް ސިކުންތަކު 20 ސޫރަ ނުވަތަ، އެއް ސޫރަ 20 ފަހަރު ރެކޯޑު ކުރާ ގުނަވަނެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކެމެރާ ތިއަރީ އުފަންވެފައި ވަނީ މަޝްހޫރު މުސްލިމު ސައިންޓިސްޓު އަލް ޙަސަނު ބުނުލް ހައިސަމު ގެ މަސައްކަތުންނެވެ. އޭނާ އެތައް ދުވަހަކު ކުރެއްވި ތަޙްޤީތަކުން، ލޮލަށް ފެންނަ ގޮތާ ބެހޭ ގޮތުން ލިޔުއްވި ފޮތްފޮތުގައި އޭނާ ހާމަ ކުރެއްވި ނަޒަރިއްޔާތަކާއި، މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކެމެރާ މި ބަހުގެ އަޞްލަކީ ވެސް ޢަރަބި ލަފްޒު قَمَرَة (ޤަމަރާ) އެވެ.
ލޮލަށް ފެންނަ ކޮންމެ މަންޒަރެއް ވެސް، ފެންނަ ވަގުތު އެ މަންޒަރު އޮންނާނީ، އެކޮޅުކޮޅުން ވަރަށް ކުޑަކޮށެވެ. ދެން އެ ސޫރަ ދާނީ އިންސާނާގެ ސިކުނޑީ ގައި އެ ކަމަށް ޚާއްޞަކުރެވިފައި އޮންނަ ބަޔަށެވެ. އެހެން ބަހަކުން ބުނަނީ ނަމަ، އެއީ އެ ކަމުގެ ކާރުޚާނާ ނުވަތަ ލެބޯޓަރީއެވެ. އެއީ މި ޒަމާނުގެ އިޞްޠިލާޙީ (ޓެކްނިކަލް) ބަހުރުވައިން ނަމަ Acidification and printing plant (އެސިޑިފިކޭޝަން އެންޑު ޕުރިންޓިން ޕުލާންޓު) އެވެ. އެ ތަނުން އެ ސޫރަ އޭގެ އަޞްލު ސައިޒަށް ބަދަލުކޮށް ކޮޅު ބަދަލުކޮށްލައެވެ. މި ހުރިހައި ކަމެއް ހިނގައި ނިމެނީ، ސިކުންތެއްގެ ވިހިބައިކުޅަ އެއްބައި ހައި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ ވެސް ޤުދުރަތުގެ ޢަޖާއިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނ. ސިކުނޑި: ވިސްނުމުގެ ޙިއްސު
އިންސާނާގެ ސިކުނޑި އަކީ، އެއާ މެދު އިންސާނާ ވިސްނައި ފިކުރުކުރާ އިރު، އެންމެ އޮޅުންބޮޅުން ބޮޑު އެއް ގުނަވަނެވެ. ދުނިޔޭގެ ސައިންސު ޢިލްމުވެރިން މިހައި ތަނަށް ހޯއްދެވި ހޯއްދެވުންތަކުން، އަދި މިހައި ތަނަށް ހޯދިފައި ވަނީ، މި ދެންނެވި ސިއްރުން ފުރިގެންވާ ގުނަވަނާ ބެހޭ ގޮތުން ނިސްބަތުން ވަރަށް މަދު މަޢުލޫމާތެވެ. އެ ބެފުޅުން ބޮޑަށް ބުރަވެލައްވަނީ، އިންސާނާ އަދި ސިކުނޑީގެ ބޭނުން ހިފާފައި ވަނީ ވެސް، ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ. އިންސާނަކު އުފެދި ބޮޑުވެ ނިމިދާ އިރު، ސިކުނޑި އަކީ އޭގެ ޤާބިލުކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ނޫނީ ބޭނުން ނުހިފައި އޮންނަ ގުނަވަނެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ސިކުނޑިން ބޭނުން ކުރެވެނީ 10އިންސައްތަ ނުވަތަ ގިނަވެގެން 15އިންސައްތަ ކަމަށް ބުނާ ބުނުމަކީ ޞައްޙަ ވާހަކައެއް ނޫނަ ކަމަށް ވެސް، ކަމާބެހޭ ޢިލްމުވެރިން ވިދާޅުވެއެވެ.
އެއްވެސް އިންސާނަކު ދެބަސްނުވާނޭ ފަދައިން، ސިކުނޑި އަކީ، އެއީ އިންސާނާގެ ކަމަށް ވިޔަސް، އަދި އެހެން މަޚްލޫޤެއްގެ ކަމަށް ވިޔަސް، އެ މަޚްލޫޤެއްގެ އެންމެ މުހިންމު ގުނަވަނެވެ. އިންސާނާގެ ހުރިހައި ކަމެއް، އެ ތަނަކުން ހިންގާ މައި މަރުކަޒު ނުވަތަ ހެޑްކުއާޓަރެވެ. އެހެން ކަމުން އެ ގުވަނަވަން މި އޮންނަނީ ވެސް ވަރަށް ރައްކާތެރި ގޮތަކަށް ބޮލުގެ ހަރު ނާށިގަނޑު ތެރޭގައެވެ.
*******
މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު