ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ 67 ޕަސެންޓް މަސައްކަތްވަނީ ނިމިފައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަވަނީ އެޅިފައިވާ ކަމަށެވެ.
ދުވާފަރު ބޮޑެތި މަގުތަކުގައި ވެހިކަލް ދުއްވުމަށް 25،513 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރުއެޅުމާއި ހިނގާމީހުންނަށް ޙާއްސަކޮށްގެން 6813 މީޓަރުގެ ޕޭވްމަންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއެކު ސަރވިސް ލައިން ކޭބަލްތަކަށް ޚާއްސަ ޖަންކްޝަން ބޮކްސްތައް ބެހެއްޓުމާއި ޓްރެފިކް ނިޝާންތައް ކުރެހުމަށް ހަމަޖެހިފައިވެއެވެ.
ދުވާފަރުގައި ޤާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެއެވެ.
ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓިސީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ މެއި 22 ގައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުވާފަރުގެ އިތުރުން ލ. ފޮނަދު އާއި ރ. އުނގޫފާރު އަދި ހދ. ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ވެސް ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އަށެވެ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 47.04 މިލިއަން ރުފިޔާ ޚަރަދުކުރާ މަޝްރޫއެކެވެ.

The construction of major roads for R. Dhuvaafaru is well underway, with overall 67% project progress. Overall, ABC works for 12 major roads, which cover an area of 3312.23 sqm were completed on 14th July 2020. pic.twitter.com/cpBOV2VuWL
— MTCC Plc (@MTCCPlc) July 22, 2020
ދުވާފަރުގައި ޤާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެއެވެ.
ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓިސީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ މެއި 22 ގައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުވާފަރުގެ އިތުރުން ލ. ފޮނަދު އާއި ރ. އުނގޫފާރު އަދި ހދ. ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ވެސް ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އަށެވެ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 47.04 މިލިއަން ރުފިޔާ ޚަރަދުކުރާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު