މިދުނިޔޭގައި އަޅުގަނޑުމެން އިންސާނުން ދިރިއުޅުން ބިނާވެފައިވަނީ ހައިވާނުންނާއި އަދި ނައުމުސޫފިއާއި އަދިވެސް ތަފާތު މަޙްލޫންގުންނާއެކުގައެވެ. މިގޮތަށް އަޅުގަނޑުމެން އިންސާނުން އުޅޭއުޅުމުގައި ތަފާތު މިޒާޖުގެ ނުދަންނަ އެތައް މީހުންނާ ދިމާވެސްވާނެއެވެ. މިފަދަ ނުދަންނަ މީހުންނަށް ތިމާޖެހިލުންވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އިންސާނުންނަކީ އާދައިގެ ކުރަފި ފަދަ ކުދި ކުދި ސޫފިތަކަށްވެސް އެހާމެބިރު ގަންނަ ބައެކެވެ. އަދި ދިމާވާ ކަމަކުންވެސް އަނެއްބަޔަކު ބިރުގަނެއެވެ. އެގޮތުން މާހައުލު މާބޮޑަށް އަނދިރިވުމުންވެސް ބިރުގަންނަ މީހުން މަދެއްނޫނެވެ.

ބިރުގަތުމަކީ ހާސްކުރުވައި އުނދަގޫތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. އިނގިރޭސި ބަހުގައި ވަކި ކަމަކާއިގުޅިގެން ނަންނަ ބިރަށް "ފޯބިއާ" އޭކިޔައެވެ. އާއްމުކޮށް މިހެން ދިމާވަނީ ކުޑައިރުގައި ކުރިމަތިވެފައިވާ ހާދިސާއެއްގެ ސަބަބުންނެވެ. ތިރީގައި މިވަނީ އެންމެ އާއްމުކޮށް މީހުން ބިރުގަންނަ، އާދަޔާ ޚިލާފު ކަންކަމެވެ.

1. 'ފާމަކޯ ފޯބިއާ'

މިއީ ބޭސްވެރިކަމާއި ބެހޭގޮތުން ބިރުގަންނަ ގަތުމަށް ދެވިފައިވާ ނަމެކެވެ. މި 'ފޯބިއާ' ނުވަތަ ބިރު ހުންނަ މީހުން ބޭހާއި ބެހޭގޮތުން ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުންވެސް ހާސްވެ ބިރުގަންނަން ފަށައެވެ. އާއްމުކޮށް މިގޮތަށް ބިރު ގަންނަ މީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބޭހަކަށް އެލާޖިކުވެ ނުވަތަ ބޭހެއްގެ ސަބަބުން ގެއްލުންތަކެއް ތަހައްމަލު ކުރެވިފައިވާ މީހުންނެވެ.

2. 'އެރެކްނޮ ފޯބިއާ'

އިނގިރޭސިބަހުގައި 'އެރެކްނޮއިޑްސް' ކިޔަނީ ހަށިގަނޑުގައި ގިނަ ފައިތަކެއް ލާފައިތިބޭ ދިރޭ ސޫއްޕަށެވެ. މީގެ ތެރޭގައި އެންމެ އާއްމުކޮށް މީހުން ބިރު ގަންނަނީ ފައިދިގު މަކުނަށެވެ. މި ބިރު ހުންނަ މީހުންގެ ސިކުނޑީގައި އަބަދުމެ ކޮންމެސް ދިމާލަކުން އެސޫފި ފެނިދާނެކަމަށް ހީވުމާއި އެކުރެވޢ ކުށްހީގެ ސަބަބުން ދިރިއުޅުމުގައި ކުރަންޖެހޭ މުހިންމު ކަންކަން ކުރުމަށް އުނދަގޫވެއެވެ.

3. 'އައިލުރޯ ފޯބިއާ'

މިއީ ބުޅަލަށް ބިރުގަންނަ ގަތުމަށް އިނގިރޭސިބަހުގައި ދެވިފައިވާ ނަމެވެ. މި 'ފޯބިއާ' ހުންނަ މީހުން ބުޅަލާއިމެދު ވިސްނުމުންވެސް ހާސްވެ އުނގަދޫވެއެވެ. އަދި ބުޅަލުގެ އަޑު އިވުނަސް ނުވަތަ ފޮޓޯއެއް ފެނުނަސް މިފަދަ މީހުންނަށް އުނދަގޫވެއެވެ.

4. 'އޯނިތޯ ފޯބިއާ'

ކުޑައިރު ދޫންޏެއްގެ ސަބަބުން ހާސްކުރުވާފަދަ ކަމެއް ތަޖުރިބާކޮށްފައިވާނަމަ މި 'ފޯބިއާ' ނުވަތަ ބިރު އަށަ ގަތުމަކީ އެކަށީގެންވާ ކަމެކެވެ. 'އޯނިތޯ ފޯބިއާ' އަކީ ދޫންޏަށް ގަންނަ ބިރެވެ. ދޫނި އުޅޭ ތަންތަނަށް ދިއުމަށް ޖެހިލުންވުމާއި ދޫންޏެއް ފެނިދާނެ ކޮންމެކަމަކުން ދުރުވާން ބޭނުންވުމަކީ މިފޯބިއާގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.

5. 'ނެމޯ ފޯބިއާ'

ނެމޯ ފޯބިއާއަކީ ފޯނާއި މީސްމީޑިއާއާއި ނުލައި އުޅެން ބިރުގަނެ ހާސްވުމަށް ކިޔާ ނަމެކެވެ. އާއްމު މީހުންނަށް ފޯނު ޗާޖު ދިޔުމުން ނުވަތަ ވައިފައި ނެތުމުން އެހައި ބޮޑު މައްސަލައަކަށް ނުވިނަމަވެސް، މި ބިރު އަށަގަނެފައިވާ މީހުންނަށް މިހެން ވެއްޖެނަމަ ހާސްވެ ނޭވާލާން އުނދަގޫވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-11

ޢަލީ

22-Nov-2023

މިއީ އެބުނާ ތަރައްޤީ އަކީ,



ޓްރެންޑިން