ރ. އިންސާނާގެ ޙިއްސުތަކުގައި ވާ މުޢުޖިޒާ (3) - ހަމާއި ނޭފަތް
ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!
ރ. ހަން: އިޙްސާސް ވުމުގެ ޙިއްސު
އިންސާނާގެ ހަމަކީ، ފެން ނުވަންނަ އަދި ހަށިގަނޑުގެ ތެރެއަށް ވަންނަން އަންނަ ގެއްލުން ހުރި ތަކެތި ވަނަ ނުދީ ހުރަސް އަޅައި ހިފަހައްޓާ ފުރަތަމަ ހުރަހެވެ. ހަން އަދާ ކުރާ ދައުރަށް ވިސްނައިލާ އިރު، ފިނިކަމާއި ހޫނުކަން، މަޑުކަމާއި ހަރުކަން، އޮމާންކަމާއި، ކުރަކިކަން ފަދަ އިހްސާސުތައް ދެނެގަނެވެއެވެ. މީގެ އިތުރުން، އިންސާނާގެ ހަމަކީ، ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުންނަ ދައު ނުކުތުމަށާއި، ހަށިގަނޑުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ވަރަށް ފުރިހަމަ ދައުރެއް އަދަކުރާ ގުނަވަނެކެވެ. ކަމާބެހޭ ގޮތުން ދިރާސާ ކުރެއްވި ޢިލްމުވެރިން ހާމަކުރައްވާފައިވާ ގޮތުގައި، އިންސާނާގެ ހަމުގެ ސަޠަޙައިގެ ދަށުގައި ގާތްގަނޑަކަށް 5 މިލިއަނާއި 15 މިލިއަނާ ދެމެދުގެ ޢަދަދަކަށް، އެއާ ކޮންޑިޝަން ކުރާ ބައިތައް ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން ވެއްޓާ ގުޅޭ ގޮތަށް އޮޓޮމެޓިކުން އަމިއްލައަށް ބަދަލުކުރާ ބައިތައް ހުރެއެވެ. މި ދެންނެވި އެއާ ކޮންޑިޝަނަކީ، ޢަރަބި ބަހުން ނަމަ، އިންސާނާގެ ހަމުގައި ހުންނަ اَلغُدَّةُ العِرْقِيَّة (އަލް ޣުއްދަތުލް ޢިރުޤިއްޔާ) އެވެ. ނުވަތަ އިނގިރޭސި ބަހުން Sweat gland (ސުވެޓު ގުލޭންޑު) ތަކެވެ. މި އެއާ ކޮންޑިޝަންތައް އިންސާނާގެ ހަށިގަނޑުގައި، އިތުރުވެފައި ހުންނަ ހޫނު ބޭރުކޮށްދެއެވެ. އެއީ އާތްވަށް އަރައިގެން ދިއުމުންނާއި، ދާ ހިއްލުމުގެ ޛަރީޢާއިންނެވެ. އިންސާނާގެ ހަމާ ބެހޭ ގޮތުން، ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 56 ވަނަ އާޔަތުގައި، ﷲ ތަޢާލާ މި ފަދައިން ވަޙީ ކުރައްވާފައި ވެއެވެ.
(إنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا) މާނަ އަކީ: "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން، ނިކަން ހުރެ ތިމަން ރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބު ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، ޢަޒީޒު ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ."
ހަމަ އެ ފަދައިން ފުއްޞިލަތު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 23 ވަނަ އާޔަތުގެ ނިޔަލަށް ހުރި އާޔަތްތަކުގައި، ޤިޔާމަތް ދުވަހުން އިންސާނާގެ ހަމާއި، އެހެނިހެން ގުނަވަންތައް، އޭނާ ކުރި ޢަމަލުތަކުގެ މައްއަޗަށް ހެކިދޭނެ ކަމަށް އަންގަވާފައި ވެއެވެ. ﷲ ތަޢާލާ ފުއްޞިލަތު ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވަނީ:. (حَتَّى إِذَا مَا جَاؤُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ) މާނައީ: "އެ ނަރަކަޔަށް އެއުރެން حاضر ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު عمل ތަކަށް ހެކިދޭނެތެވެ. ﷲ ތަޢާލާ ހަމަ އެ ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ) މާނައީ: "އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެން ހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށް ވެސް ބަސްމޮށުން ދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުން ދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. ﷲ ތަޢާލާ ފުއްޞިލަތު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (وَمَا كُنتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِن ظَنَنتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ) މާނައީ: "ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ عمل ތަކުން ގިނަކަންތައް اللَّه ދެނެވޮޑިގެންނުވާނޭ ކަމަށެވެ. ﷲ ތަޢާލާ ފުއްޞިލަތު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (وَذَلِكُمْ ظَنُّكُمُ الَّذِي ظَنَنتُم بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُم مِّنَ الْخَاسِرِينَ) މާނައީ: "އެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ.
ބ. ނޭފަތް: ވަސްބެލުމުގެ ޙިއްސު
އިންސާނާގެ ނޭފަތަކީ ވެސް ޢަޖާއިބާއި، އިބުރަތުން ފުރިގެންވާ ގުނަވަނެކެވެ. ނޭފަތާ ގުޅިފައި ވަނީ، ވައިނޮޅި މެދުވެރިކޮށް، ފުއްޕާމޭ ތެރެއިން އިންސާނާގެ އެތެރެހައްޓަށް ކުދިކުދި ކުނޑި އާއި ވައިގެ ސިފައިގައި އެތެރެވާ ހުރިހައި އެއްޗެއް އެތެރެވާ މައިމަގެވެ. އަދި ނޭފަތާ ގުޅިފައިވާ ގުނަވަންތަކަކީ ވެސް، ﷲ ތަޢަލާގެ ކުޅަދުންވަންތަކަން ހާމަވާ ގުނަވަންތަކެކެވެ. މިސާލަކަށް ނޭފަތުގެ އެތެރެ އާއި ނޭފަތުން އެތެރެ ހައްޓަށް ވައި ދައުރުވާ ހޮޅި؛ ވައިނޮޅި އާއި އެ ހޮޅިއާ ގުޅިފައިވާ ބައިތަކަކީ، އޭގެ މައްޗަށް ޢިލްމުވެރިން ދިރާސާ ކުރައްވައި، އަގުހުރި މަޢުލޫމާތުތަކެއް ޙިއްޞާ ކުރައްވާފައިވާ ގުނަވަންތަކެކެވެ. މިސާލަކަށް ނޭފަތުގެ މައިގަނޑު ޙިއްސު ކަމުގައިވާ ވަސްބެލުމުގެ ބާރު، ނުވަތަ ވަސްބެލުމުގެ ޙިއްސުން 30 ހާސް ބާވަތުގެ ތަފާތު އަތަރުގެ ވަސް ބެލުމުގެ ކުޅަދާނަކަން ލިބިގެން ވާ ކަމަށް، އެކަންކަން ދިރާސާ ކުރެއްވި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މީގެ މާނަ އަކީ މި ޙިއްސަކީ އެއް ވަގުތެއް ގައި، ތަފާތު އެތަކެއް ހާސް ވަސް ވަކިކޮށް ދެނެގަތުމުގެ ބާރު ލިބިފައިވާ ޙިއްސެކެވެ. މީގެ އިތުރުން މި ގުވަނަވަނަށް އެހެން ވަޒީފާއެއް އަދާކުރަން ޖެހެއެވެ. އެއީ ނޭފަތުން ވަންނަ ވައި ސާފު ކުރުން ނުވަތަ ނޭފަތުން ވަންނަ ވައި ފުރޭނުމެވެ. ސަބަބަކީ ނޭފަތް އެ ވަޒީފާ އަދާ ނުކޮށްފި ނަމަ، ފުއްޕާމޭގެ ތެރެއަށް ވަންނަ ތަކެތީގައި ހުންނަ ހިރަފުހާއި، ވިހައިގެ ސަބަބުން އެ ގުނަވަން ހަލާކުވުން އަވަސްވުމުގެ އިތުރުން، މަދު މަސްތަކެއްގެ ތެރޭގައި، ހަށިގަނޑަށް ޖެހޭ ބަލިތައް ވެސް އިންތިހާ އަށް އިތުރުވެގެން ހިނގައިދާނެއެވެ.
ބާލިޣުވެފައި ހުރި ކޮންމެ އިންސާނަކު، މިނެޓަކު ނޭވާލާ ވައިގެ މިންވަރެއް ކަމަށް ބުނަނީ، 7 ނުވަތަ 8 ލިޓަރު ގެ ވައެވެ.
ސިޓީތަކުގައި ނުވަތަ ބޮޑެތި ރަށްރަށުގައި ދިރިއުޅޭ މީހުން، އަހަރަކު ގާތްގަނޑަކަށް ބައި ކިލޯއެއް ހައި ހިމުން ވެއްޔާއި، ހިރަފުސް ނޭފަތުގެ ތެރޭން ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ. މި ސާލަކަށް 60 އަހަރު ވަންދެއް އެ ފަދަ ރަށެއްގައި ދިރިހުރި މީހެއްގެ ފުއްޕާމެއަށް ގާތްގަނޑަކަށް 30 ކިލޯ ގެ ވެއްޔާއި، ހިރަފުސް ވަންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ހުރިހައި ތަކެތި އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަންނަ އިރު ވެސް، އޭނާ އަށް އެހައި ބޮޑު ގެއްލުމެއް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އާދެ އެހެން ނުވަނީ ﷲ ތަޢާލާ ނޭފަތް އުފައްދަވާފައި ވަނީ، އެ ގޮތަށް ނޭފަތުން އެތެރެވާ ހުރިހައި ތަކެތި އެތެރެހައްޓަށް ނުވަންނަ ގޮތަށެވެ. އަދި ވަންނަ ތަކެތި ބޭރު ވުމަށް ވަރުގަދަ ނިޒާމެއް އެބަ އޮވެއެވެ. އެއީ އަރިދަފުސް ރޯގާ ޖެހުމެވެ. އެއީ ބައްޔަކަށް ވާ އިރު، ހަމަ އެއްވަގުތެއް ގައި އެއީ ޝިފާއެއް ވެސް މެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ!
*******
މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު