ރާއްޖޭގައި މައިކްރޯ ފައިނޭންސް ބެންކެއް ޤާއިމްކުރުމަށް އައިޑީބީއާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މައިކްރޯ ފައިނޭންސް ބެންކެއް ޤާއިމްކުރުމުގެ މަޝްވަރާތައް ބާއްވާފައި ވަނީ އައިޑީބީގެ ރައީސް މުހައްމަދު އަލް ޖައްސަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިން ކުރެއްވި ޒިޔާރަތުގައެވެ.

އައިޑީބީގެ ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި މުހިއްމު ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިސްލާމިކް ފައިނޭންސް، ޒަކާތު ހައުސްއެއް ޤާއިމްކުރުން، ވަގުފް ޕްރޮގްރާމް އަދި މައިކްރޯ ފައިނޭންސް ބެންކެއް ޤާއިމްކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި އައިއެސް.ޑީ.ބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން