ފިރިމީހާ ގިނަ ވަގުތު ފާހާނާގައި ހޭދަކުރާތީ އަންހެނުން ޝަކުވާކުރާތީ އަޑު އަހަމު ހެއްޔެވެ. ދިރާސާތަކުން ބުނަނީ މިއީ ތެދެއްކަމަށެވެ. ފިރިހެނުން ފާހާނައިގައި، އަދި ހާއްސަކޮށް ފާހާނަ ތަށި މަތީގައި ހޭދަކުރާ ވަގުތު އަންހެނުންނަށްވުރެ ގިނައެވެ.
ވައިސް އިން ހެދި ސާވޭއެއްގައި ބައިވެރިވި ފިރިހެނުންގެ 92 އިންސައްތަ ފިރިހެނުން ފާހާނާ ތަށި މަތީގައި އެންމެ މަދުވެގެން 20 މިނެޓު ހޭދަކުރާކަމަށް ބުނެފައިވާއިރު، ސާވޭގައި ބައިވެރިވި އަންހެނުންގެ 100 އިންސައްތަ އަންހެނުން ފާހާނާ ތަށި މަތީގައި 10 މިނެޓަށްވުރެ ގިނަ އިރު ހޭދައެއް ނުކުރެއެވެ. ސުވާލަކީ އަންހެނުން ފާހާނާ ތަށިމަތީގައި ހޭދަކުރާ ވަގުތުގެ ދެގުނަ ވަގުތު ފިރިހެނުން އެ ހޭދަކުރަނީ ކީއްވެގެން ހެއްޔެވެ؟
ފިރިހެނުން އެމީހުންގެ "ސިންގާސަނާ"ގައި އިށީނދެތިބެ ކުރަނީ ކޮންކަމެއްތޯ ކުރި ސުވާލުގެ ޖަވާބުގެ ވައިސްގެ ސާވޭގައި ބައިވެރިވި ފިރިހެނުންގެ 84 އިންސައްތަ މީހުން ބުނީ އެމީހުން ތިބެނީ ފޯނުން ސޯޝަލް މީޑިއާއަށް ވަދެގެންކަމަށެވެ. އަދި 64 އިންސައްތަ މީހުން ވީޑިއޯތައް ބެލުމަށް އެވަގުތު ހޭދަކުރާއިރު، 62 އިންސައްތަ މީހުން ކިޔަނީ ޚަބަރެވެ. މީގެއިތުރުން، އީމެއިލްތަކަށް ޖަވާބު ދިނުމަށް އެވަގުތުގެ ބޭނުންކުރާ ކަމަށް 49 އިންސައްތަ މީހުން ބުނިއިރު، ޓީވީ ސީރީސްތައް ބަލާކަމަށް ބުނީ 24 އިންސައްތަ މީހުންނެވެ. އަދި 14 އިންސައްތަ ފިރިހެނުން ބުނެފައިވަނީ އެމީހުން ފާޚާނާގައި އެވަގުތު ހޭދަކުރަނީ ފޮތެއް ކިޔުމަށެވެ.
ފިރިހެނުން މިގޮތަށް ހޭދަކުރާ ވަގުތު އަންހެނުން ސިފަކުރަނީ "ބޭކާރު" ވަގުތުގެ ގޮތުގައެވެ. އެހެން ނަމަވެސް، ފިރިހެނުން ބުނާ ގޮތުގައި މިއީ އެމީހުން ދުނިޔެއާއި އެކަހެރިވެ، އަމިއްލަ ހަމަޖެހުމަށްޓަކައި ހޭދަކުރާ ވަގުތުކޮޅެކެވެ. "މީ ޓައިމް" ނުވަތަ އޭނާގެ "އެލޯން ޓައިމް" އެވެ. އަދި މަސައްކަތުގައި ނުވަތަ ގޭތެރޭގައި ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ ފާހާނައިގައި ހޭދަކުރާ ވަގުތު އިތުރުވާކަމަށް 63 އިންސައްތަ މީހުން ބުނެފައިވެއެވެ.
ފިރިހެނުން "ޕްރައިވަސީ" ނުވަތަ އެކަނި ވަގުތުކޮޅެއް ހޭދަކުރުމަށް ކުރާ މިކަމަކީ އަންހެނުން ބުނާ ގޮތުގައި އެމީހުން ކުރަންޖެހޭ މަސައްކަތް އިތުރުވާކަމެކެވެ. އެގޮތުން، އެހެން ދިރާސާއެއްގައި ބައިވެރިވި 1000 އަންހެނުންގެ 72 އިންސައްތަ މީހުން ބުނެފައިވާގޮތުގައި ފާހާނާ ސާފުކޮށް، ގޭތެރޭގެ މަސައްކަތުގެ ހުރިހާ މަސައްކަތެއް ކުރަނީ އެމީހުންނެވެ.
"އަހަރެންވެސް ބޭނުން އެކަނި ވަގުތުކޮޅެއް. އެކަމަކު ދެން އަހަރެންގެ ދަރިން ބަލަން އެކުދިން ގާތު މަޑުކުރާނީ ކާކު؟" އަދި ގިނަ އަންހެނުން މި އިހުސާސްތައް ވަނީ ތަކުރާރުކޮށްފައެވެ.
އެހެންކަމުން، ބައިވެރިޔާ ކުރާ ކަމަކުން ތިމާ ހިތްހަމަނުޖެހޭނަމަ އޭނާ އެކަން އެކުރަނީ ކީއްވެތޯ ސުވާލުކޮށް އޭނާއާއި ހަމްދަރުދީ ވެވޭތޯ މަސައްކަތްކުރާށެވެ. އަދި ވާހަކަ ދައްކައިގެން ދެމީހުންނަށްވެސް އެންމެ ފަސޭހަވާނޭހެން އަމަލުތައް ގެންގުޅުމަށް މަސައްކަތްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު