ރެހެންދީ ސްކޫލްގެ އެދުމުގެ މަތިން ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް އަރބަންކޯއިން ހާމަކޮށްފިއެވެ.

އަރބަންކޯއިން މިމަސައްކަތް ކުރިއަށް ގެންދަނީ އަރބަންކޯގެ ސީ.އެސް.އާރްގެ ދަށުންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަރބަންކޯގެ ސީ.އެސް.އާރްގެ ދަށުން ދަނީ ކޮށްދެމުންނެވެ. އަދި މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މިގޮތުން ރެހެންދި ސްކޫލްގެ ބޭރު ހިޔާކުރުމަށް ޤާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައާއި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުމަށްކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އަދި އަރބަންކޯއިން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަރބަންކޯއިން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން