ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް (ކ). ފޮޓޯ - ސޯޝަލް މީޑިއާ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް (ކ). ފޮޓޯ - ސޯޝަލް މީޑިއާ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލް ޣަފޫރް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން، ހައިކޯޓުގައި އެދިފައިވަނީ މިއަދު ބޭއްވި އިސްތިއުނާފްގެ އަޑުއެހުމުގައެވެ. މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރުމަށް އެެދުނީ އޭނާ ފިއްލަވާފާނެކަމުގެ ބެލެވޭތީކަމަށެވެ.

އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލާ ގައި ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ބަންދު ކުރުމަށް އަމުރު ކުރީ، ޝަރީއަތަށް ހާޒިރު ނުވެ، އަދީބު ފިލާފާނެ ކަމަށް ޝަރީއަތަަށް ގަބޫލު ކުރެވޭތީ އެވެ. އަދީބު ބަންދު ކުރަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އަދީބުގެ މައްޗަށް ހުށަހެޅިފައިވާ ހަތް ދައުވާއަށް ބަލާއިިރު، އެ މައްސަލަތަކަކީ ޖިނާއީ އިޖުރާތުގެ 22 ވަނަ މާއްދާގައި ހިމެނޭ ބޮޑެތި ކުށްތަކެއް ކަމަށް ވާތީއާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން، އަމުރުކޮށްފައިވަނިކޮށް، މީގެ ކުރިން، އަދީބު ފިލައިގެން ގޮސްފައި ވާތީ، މި ދައުވާތަކާއި ގުޅިގެންވެސް ރާއްޖެ ދޫކޮށް، ފިލައިގެން ގޮސްފާނެ ކަމުގެ އިހުތިމާލު، އޮތުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާތުން 199 މާއްދާގެ ށ އާއި ހަވާލާދީ އެ މާއްދާގެ ހ ގެ ދަށުން، އަދީބު ޝަރީއަތް ނިމެން ބަންދުގައި ބެހެއްޓުމަށް ނުވަތަ ހައިކޯޓުން ވަކިގޮތެެއް ކަނޑައަޅަންދެން، އަދީބު ބަންދުގައި ބެހެެއްޓުމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައި ވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެ ދައުވާތައް ބާތިލް ކުރުމުން އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ. އެހެން ނަމަވެސް އަދީބު ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލިއެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮތަސް އެއީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ސޮއިކުރެއްވި އެެއްބަސްވުމެއްކަން ހިމަނާފައި އޮތުމުން އެެއީ ގާނޫނާއި ޚިލާފަށް ހެދި އެއްބަސްވުމެއް ކަމަށް ޝަރީއަތުން ކަނޑައެޅުމަށްފަހުއެވެ. އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޙައްތު

24-Jul-2020

ޤާޒީ ކީއްވެބާ އުނޑުވެއްޓިދާނެކަމަށް ލަފާކުރާތީ ކޯޓުއަމުރެއް ނުރެނެނީ... ޥަކިމީހެއްވީމަތޯ.. ނޫނީ ޖޭ. ޢެސް. ޢީގެ ހުކުމެއްތޯ.. ހަމަ ޢަހާލީ


7

ޙައްތު

24-Jul-2020

ޤާޒީ ކީއްވެބާ އުނޑުވެއްޓިދާނެކަމަށް ލަފާކުރާތީ ކޯޓުއަމުރެއް ނުރެނެނީ... ޥަކިމީހެއްވީމަތޯ.. ނޫނީ ޖޭ. ޢެސް. ޢީގެ ހުކުމެއްތޯ.. ހަމަ ޢަހާލީ



ޓްރެންޑިން