ރާއްޖޭގެ ބާޒާރުން ޢާންމުކޮށް ފެންނަން ހުންނަނީ އޮރެންޖު ކެރެޓެވެ. ކެރެޓް ތެރޭގައި ރަތާއި ރީނދުލާއި ހުދު އަދި ކަޅު ކުލައިގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ ފޮނި ރަހަ ގަދަ ކަމަށް ބުނެވޭ ކަޅު ކުލައިގެ ކެރަޓަކީ ވަކިން ބޮޑަށް ފާހަގަކޮށްލެވޭ ބާވަތެކެވެ.

ކަޅު ކުލައިގެ ކެރަޓް ގިނައިން އުފެދެނީ ޗައިނާ އަދި އިންޑިއާގައެވެ. ރާއްޖޭގެ ބާޒާރުން ކަޅުކުލައިގެ ކެރެޓް ލިބެން ނެތަސް، އޭގެ ފައިދާތައް ދެނެގަތުން އެއީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ކަޅު ކެރެޓުން ލިބިދޭ ބައެއްފައިދާތައް

1. ހަޖަމްކުރުމުގައި ފަސޭހަކޮށްދިނުން:

ބަނޑު ހަރުވުމަކީ އަހަރެމެން ތެރޭގައި ވަރަށް ޢާންމު ކަމެކެވެ. ވީމާ، ގިނަގިނައިން ކެއުމުގައި ފައިބާ މާއްދާތައް ހިމެނޭ ކެއުން ބޭނުންކުރުން މުހިންމެވެ. ކަޅު ކެރަޓަކީ ފައިބާއިން މުއްސަނދި ތަރުކާރީއެކެވެ.

2. ހަކުރު ކޮށްޓްރޯލްކޮށްދޭ:

ކަޅު ކެރަޓަކީ ހަކުރާއި ލޭގެ ޕްރެޝަރުގެ ސިއްހީ މައްސަލަތައް ހުންނަ މީހުން ކެއުމަށް ރަނގަޅު އެއްޗެކެވެ. މި ކެރަޓްގައި ހިމެނޭ މާއްދާތަކުން ކޮލެސްޓްރޯލް ލެވެެލް ދަށްކޮށްދެއެވެ.

3. ބަރުދަން ލުއިކުރުމުގައި އެހީވެދޭ:

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ޑައިޓްކުރުމުގައި ވިޓަމިންއާއި މިނަރަލްއިން މުއްސަނދި ކަޅު ކެރެޓް ބޭނުންކުރެވިދާނެއެވެ. ކެލޮރީސް މަދު މި ކެރަޓްގެ އެހީގައި މާގިނައިން ކާހިތްވުން ކޮންޓްރޯލް ކުރެވޭ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފަވެއެވެ.

4. ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ:

އާދައިގެ ކެރަޓަކީވެސް ލޮލުގެ ފެނުމަށް ނުހަނު ފައިދާހުރި ތަރުކާރީއެކެވެ. އެހެން ނަމަވެސް، އެންތިސްޔޯނިން ނަމަކަށް ކިޔާ މާއްދާއެއް ގިނަ ކަޅު ކެރަޓަކީ ލޮލުގެ ބައެއް ބަލިތަކުން ދުރުހެލިކޮށްދިނުމަށް ކެއުމުގައި ބޭނުން ކުރަން ރަނގަޅު ބާވަތެކެވެ. އެންތިސްޔޯނިންގެ އެހީގައި ލޮލުގެ ރެޓިނާ ހިމެނޭ މަސްކޮޅުގައި ރަނގަޅަށް ލޭ ދައުރުކުރުމުގައިވެސް މި މާއްދާއިން އެހީތެރިވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން