އެޕިސޯޑް 35
...............
[ނަޞީބް ރަނގަޅުކަމުން ކަރަންޓް ދިޔައީ. އެހެން ނޫންނަމަ ދުވަސް ދިޔައީސް....] ޔާސީނާއި ޝިފްޒާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.
[އޭނާޔަށް އެކައްޗެއްވެސް ނުވިސްނުނު. މިއަދު ބުނި މިރޭވެސް ރިސޯޓަށްދާ ވާހަކަ...އެހެން ބުންޏަސް މިރޭ ރަނގަޅެއް ނުވާނެ.] ޝިފްޒާ ބުންޏެވެ. އެވަގުތު ޢިމްރާން ކޮޓަރިއަށް އައިސް ވަނީމާ ޝިފްޒާ ފޯނު ކަނޑާލިއެވެ. ޝިިފްޒާ ކުރާ ކަމަކާއި، އޭނާ އަޅާ ފިޔަވަޅުތަކަށް ބަލައި، އޭނާއަށް ފާރަލާކަށް އެއްވެސް ހާލެއްގައި ޢިމްރާނެއް ނުވިސްނައެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން ދަނީ ސަރާ ވިހާނޭ ދުވަހަކަށެވެ. ސަރާގެ ބަނޑުގައިވާ ދަރިފުޅު އުފަންވާތާ ސާޅީސްވުމާއެކު އޭނާ ބޭނުންވަނީ ސަރާ އޭނާގެ ޙަޔާތަށް ގެންނާށެވެ.
މިހާރު ނަޝާއާއި މީރާ މަސައްކަތް ކޮށްވެސް ނަޝާގެ ހިތް އެޒުވާނަކު ދުށުމަށް އެދޭ ޒުވާނާ ނުފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެޒުވާނާގެ އޮފީސްދޮށަށް ވަރަށް ގިނައިން ނަޝާމެންދެއެވެ. ނަމަވެސް އެޒުވާނާއެއް ނުފެނެއެވެ.
[އެޒުވާނާ ކޯހެއްގައި ދިޔައީބާ؟ ދެން ފެންނަ ފަހަރަކުން އެދެންވާނެ. އަހަރެން ހިމޭނުން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގެންފާނެ. އެހެން ކަންތައްވާކަށް ފުރްޞަތެއް ނުދޭނަން.] ނަޝާ ވާހަކަ ދެއްކީ މީރާއާއެވެ. އެޒުވާނާގެ އޮފީސް ކުރިމަތީގައި ހުރެއެވެ.
[އޮފީހަށް ވަދެ އަހާލަމާ އޭނަ ކޮބައިހޭ! ނަންވެސް ނޭނގޭއިރު ކިހިނެއް ވަދެ އަހާނީވެސް.] ނަޝާ ޚިޔާލު ކުރިއެވެ.
[އަދިވެސް އިންތިޒާރުކޮށްލާ. އިރާދަކުރެއްވިއްޔާ ނަޝާއަށް ކާމިޔާބުވާނެ. އަހަރެން ދުޢާ ކުރާނަން.] މީރާ ބުންޏެވެ. އެއީ ނަޝާގެ ބޭބެ ނިޔާޒް ސައިކަލެއްގައި އައިސް އެއޮފީސް ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ.
[ދޮންބޭ....] ނަޝާ ނިޔާޒަށް ގޮވާލިއެވެ. ނިޔާޒް ނަޝާމެނާ ކައިރިއަށް އައިސް ސައިކަލް މަޑުކޮށްލިއެވެ.
[ކޮއްކޮ މިތާ ކީއްތިކުރަނީ؟] ނިޔާޒް އެއްސެވެ.
[ދަމުން ދަމުން ފިނިކޮށްލަން މަޑުކޮށްލީ. ތީ ކޮން އޮފީހެއް. ދޮންބެމެން އޮފީސް ހުންނަނީ ހެންވޭރުގައެއްނު.] ނަޝާ އެއްސެވެ.
[ރަނގަޅު ދޮންބެގެ މަސައްކަތް އޮންނަނީ ހެންވޭރުގައި ހުންނަ މިކުންފުނީގެ އޮފީހުގައި. އަޞްލު ހެޑް އޮފީހަކީ މިއީ....ކުންފުނީގެ ވެރިން މަސައްކަތް ކުރަނީ މިއޮފީހުގަ.....ދެން އަވަހަށް ގެއަށްދޭ....] ސައިކަލް ޕާކްކޮށްލުމަށްފަހު ނިޔާޒް ގޮސް އޮފީހަށް ވަދެއްޖެއެވެ. ނަޝާއާއި މީރާ ހިނގައިގެންފިއެވެ.
ޝާޢިރާ މަރުވިފަހުން ކޮންމެ ދުވަހަކުވެސް ވަޖްދީ ސަރާގެ ގާތަށް އާދެއެވެ. ކިތަންމެ ގިނައިރު ވަޖްދީ އެގޭތެރޭގައި ހުއްޓަސް ނަޖްމާ ވަޖްދީއާ އަނގައިންވެސް ނުބުނެއެވެ. މާގިނައިން އޭނާ ވަޖްދީއާ ގާތުގައި ނުވެސް ހުރެއެވެ.
[މަންމާ ކީއްވެތަ ބައްޕައަށް މަޢާފް ނުކޮށްގެން ތިއުޅެނީ. މަންމަ ތިވަރަށް ހިތްހަރުވާކަށް ނުވާނެ. މަޢާފް ކުރަންވާނެ. މިހާރު ބައްޕަ އުޅެމުންދަނީ ވަރަށް އެކަނިވެރިކަންމަތީގައި. ބައްޕަގެ ޙާލަތާ ދޭތެރޭ ވިސްނި އަހަރެން ވަރަށް ދެރަވޭ.] ވަޖްދީ އެގޭގައި ހުރެފައި ނުކުމެގެން ދިއުމާއެކު ސަރާ އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ.
[ދަރިފުޅާ މަންމަގެ ކިބައިން މަޢާފް ހޯދާކަށް އަދި އޭނާ މަސައްކަތެއް ނުކުރެއެއްނު. މަންމަ އޭނައަށް މަޢާފް ކުރާނީ، އޭނަ ދަރިފުޅާ ޙަވާލުވެ، ލިބެންޖެހޭ ޙައްޤު އަދަބު ލިބިގަތުމަށްފަހު.] ނަޖްމާ ބުންޏެވެ.
[އަހަރެން ބައްޕަ ގާތު ތިވާހަކަ ދައްކާނަން. ތިހުރިހާ ކަމަކަށްވެސް ބައްޕަ އެއްބަސްވާނޭކަމީ ޔަޤީންކަމެއް.] ސަރާ ބުންޏެވެ.
ޖެހިގެން އައި ދުވަހު ސަރާ އޭނާގެ ބައްޕަ ގާތު އެވާހަކަ ބުނެފިއެވެ. ވަޖްދީ ވަގުތުން ރަސްމީ ސިފައިގައި ސަރާ އޭނާގެ ދަރިޔަކަށް ހެދުމަށް މަސައްކަތް ފެށިއެވެ.
[ބައްޕަ ބުނީ މަންމަ ނުބުންޏަސް އެކަން ކުރަން ހަމަޖައްސާފައިވާ ކަމަށް.] ސަރާ އޭނާގެ މަންމަ ގާތު ބުންޏެވެ.
އަބަދުވެސް އާދަފަދައިން އެދުވަހުވެސް ނަޝާއާއި މީރާ ގެއިން ނުކުތީ ނަޝާގެ ހިތް އެދޭ ޒުވާނާ ފެނޭތޯ ހޯދުމަށެވެ. ފުރަތަމަ އެވެރިން ދިޔައީ އެއޮފީސް ކުރިމައްޗަށެވެ. ނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. އެޒުވާނާ އޮފީހުން ނުކުތީ ނަޝާއާއި މީރާ މަގުމަތީގައި އިންތިޒާރުގައި ތިބޭތާ އެތައްއިރެއްވީ ފަހުންނެވެ.
[ވާހް....އެނުކުތީ...އޭނާގެ ކާރު މިއަދު ކޮބައިބާ؟] އެޒުވާނާ ފެނުމާއެކު ނަޝާ ޝޯޚްވި ކަހަލައެވެ. އޭނާއަށް ގަނޑުވެފައި ހުރެވުނީއެވެ. އެހެން ހުއްޓާ އެޒުވާނާ އެރީ މާދުރުގައި އޮތް ކާރަކަށެވެ. ކާރަށް އަރައި ހަމަޖެހިލުމާއެކު އެޒުވާނާ ފޯނު ނަގައިފިއެވެ. އޭނާ ކޮންމެވެސް މީހަކަށް ގުޅިއެވެ.
[ހަލޯ...ސަރާއޭ...ކިހިނެއްވީ؟] ސަރާ ވާހަކަ ދެއްކީ ޢިމްރާނާއެވެ.
[އަހަރެން މިދަނީ ތިގޭދޮށަށް. ދޮރުމައްޗަށް ގޮސް ގުޅާނަން، ދަރިފުޅު ގޮވައިގެން ނުކުންނައްޗޭ....] ޢިމްރާން މިހެން ބުނެފައި ކާރު ދުއްވާލައިފިއެވެ. ޢިމްރާން އެގޭ ކުރިމައްޗަށް ކާރު މަޑުކުރި ވަގުތަކީ ނަޝާއާއި މީރާވެސް ކާރުގައި އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ނަޝާ ދުވެފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ. ވެދާނެއެވެ. އޭނާ ބޭނުންވަނީ އޭނާ ހިތްއެދޭ ބައިވެރިޔާ ފަހަރިއާއި މަންމައަށް ދައްކާލާށެވެ. ދައްކާލުމަށް އިއްތިފާޤުން މިއޮތީ ފުރްޞަތު ލިބިފައެވެ.
[ފަހަރީ އަވަހަށް ބޭރަށް ނުކުމެބަލަ. އަހަރެން ހިތްއެދޭ ޒުވާނާ މިގޭ ދޮރުމަތީގައި އެބަހުރި....އަވަހަށްއާދޭ.] އުފަލުން ނަޝާއަށް ވާނުވާވެސް ނޭނގޭކަހަލައެވެ. އެއީ ޢިމްރާން ގުޅާފައި ދަރިފުޅު ގޮވައިގެން އަވަހަށް ނުކުތުމަށް ބުނި ވަގުތަށްވުމުން ސަރާ ދަރިފުޅު އުރާލައިގެން ހިނގައިގެންފިއެވެ. ކުރީގައި ހުރެގެން ނުކުތީ ނަޝާއެވެ. ނަޝާ ބޭނުންވަނީ ފުރްޞަތު ލިބުމުން އޭނާގެ ހިތްއެދޭ ބައިވެރިޔާއާ ވާހަކަ ދައްކާށެވެ.
ނަމަވެސް ކުއްލިއަކަށް ވާހަކަ ދެއްކުމަކީ އެހާފަސޭހަ ކަމަކަށް ނުވުމުން، އޭނާ ކުޑަކޮށް ފަސްޖެހުނެވެ. އެދަނޑިވަޅު ސަރާ ދަރިފުޅާއެކު ބޭރަށް ނުކުތެވެ. މަޑުމަޑުން އައިސް އޭނާގެ ލޯބިވާ ދަރިފުޅު އުރާލާ ލޯބިކުރަމުންދިޔައެވެ. ޙައިރާންވެފައި މީރާއާއި ނަޝާ ތިއްބެވެ.
[ނަޝާ އެކޮއި ކޮބައިތަ ނަޝާ ކޮއްކޮ ބުނި ޒުވާނާ؟] ޢިމްރާން ދަރިފުޅު އުރާލުމުން ސަރާ ނަޝާމެންގެ ގާތަށް އައިސް އެއްސެވެ.
[ފަހަރީ އެއީ ކާކުތަ؟] ސަރާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަޝާ އެއްސެވެ.
[މާލްގެ ބައްޕަ ޢިމްރާން...ކޮބައިތަ ނަޝާ ކޮއްކޮ ބުނި ޒުވާނާ.] ސަރާ ނަޝާގެ އަތުގައި ހިފިއެވެ. ހިތަށް ކުރަމުންދާ އަސަރު ބޭރަށް ފާޅުނުކުރި ކަމުގައިވިޔަސް، ނަޝާގެ ހިތަށް އެވަނީ ވަރަށް އަސަރުކޮށްފައެވެ.
[ފަހަރީ އަހަރެން ނުކުތްއިރު އޭނާ ސައިކަލުގައި ވަރަށް ބާރަށް ނައްޓާލައިފި. ވަރަށް ފޫހިވޭ.] ނަޝާ މިހެން ބުނެފައި އެތެރެއަށް ވަދެއްޖެއެވެ. އޭނާގެ އުއްމީދުތައް ފެނަށް ހިނގައްޖެއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަމިއްލަ ޙާލަތާމެދު ވިސްނި އޭނާއަށް ރޮވިއްޖެއެވެ.
[އެއީ މާލްގެ ބައްޕަ ޢިމްރާން...] ސަރާގެ އަޑު އޭނާގެ ސިކުނޑީގައި ހަރުލާފައިވާ ކަހަލައެވެ. ނަޝާ އެތެރެއަށް ވަންގޮތަށް ޚަބަރެއްނުވީމާ މީރާވެސް އެތެރެއަށް ވަނެވެ. އޭނާ ވަންއިރު އެނދުމަތީގައި އޮވެ ނަޝާ ރޮނީއެވެ.
[ނަޝާ އެއީ ދެން ރޯވަރުގެ ކަމެއްތަ؟ ދެން އެކަން ހަނދާން ނައްތާލާ. އެހެން ކަމަކަށް ވިސްނާނީ....] ކޮޓަރި ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވަދެ މީރާ ވާހަކަ ދެއްކިއެވެ.
[ހަނދާން ނައްތާލާށޭ...ނުވާނެ ތިކަމެއް...މީރާއަށް އެނގޭތަ؟ އަހަންނަށް އޭނަދެކެ ލޯބިވެވިއްޖޭ. ހެޔޮ މާލްގެ ބައްޕަޔަކަސް އަހަރެން އޭނާ ކާމިޔާބު ކުރާނަން.] ނަޝާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.
[ތިހާ ހިތްވަރު ހުރި މީހަކު ދެން ކީއްކުރަންތަ ތިރޮނީ؟] މީރާ ދިމާކުރިއެވެ.
އެދުވަހު ޢިމްރާން ދިޔުމުން ސަރާގެ ފޯނު ހޯދައިގެން ނަޝާ އެފޯނުން ޢިމްރާންގެ ނަންބަރު ބަލައި ހޯދިއެވެ. އޭނާ ފުރަތަމަފަހަރަށް ޢިމްރާނަށް ގުޅީ އެރެއެވެ.
[އައްސަލާމް ޢަލައިކުމް....] ފޯނު ނަގަމުން ޢިމްރާން ބުންޏެވެ.
[ވަޢަލައިކުމުއް ސަލާމް....ޢިމްރާންތަ؟] ކުޑަކޮށް ފަސްޖެހޭގޮތްވެ ހުރެ ނަޝާ ވާހަކަ ދެއްކިއެވެ.
[އާނ ޢިމްރާން...ކިހިނެއްތޯވީ؟] ނުދަންނަ ނަންބަރެއްވީމާ ޢިމްރާން ހިސާބަކަށް ޙައިރާންވިއެވެ.
[ޢިމްރާނާ ވާހަކަ ދައްކާލާހިތުން. އަޅެ ފޯނު ނުބާއްވާ އަހަންނާ ވާހަކަ ދައްކައްޗޭ. އަހަރެން ޢިމްރާނަށް ފާރަލާތާ ވަރަށް ދުވަސްވެއްޖެ]. ހިތަށްއަރާ ޢިމްރާން ކާމިޔާބު ކުރެވޭ މީހަކީ ހާދަ ނަޞީބުވެރި އަންހެނަކަށްވާނޭ މީހެކޭ. އަޅެ އެފުރްޞަތު އަހަންނަށް ލިބޭނެނަމަ...] ނަޝާ ވާހަކަ ދައްކަނީ އިޚްތިޔާރަކު ނޫނެވެ.
[ތިވާހަކަ ދައްކާއިރު އެނގޭތަ، އަހަންނަކީ މީހެއްގެ ފިރިއެއްކަން؟] ޢިމްރާން ހުރީ މާސީރިޔަސް މޫޑެއްގައެއް ނޫނެވެ.
[އެނގޭ، މީހެއްގެ ފިރިއެއްކަމާއި ލޯބިލޯބި ކުއްޖެއްގެ ބައްޕައެއްކަންވެސް އެނގޭ. އެކަމަކު މީހެއްގެ ފިރިއަަކަށްވިޔަސް، ބައްޕައަކަށްވިޔަސް ހިތްގައިމުކަމާއި ޒުވާން ކަމަކަށް އެއްވެސް ބަދަލެއް ނާދޭ. ދެންވެސް އަހާބަލަ ކީއްކުރަންހޭ ތިގުޅީ؟] ނަޝާ ބުންޏެވެ.
[ކީއްކުރަން؟ ބުނެބަލަ.] އަދިވެސް ޢިމްރާން ސީރިޔަސްއެއް ނުވެއެވެ.
[ލޯބިވާތީ...ލޯބިވާ ވާހަކަ ބުނަން....ޢިމްރާން...އަހަރެން ޢިމްރާންދެކެ ވަރަށް ވަރަށް ލޯބިވޭ....] ނަޝާގެ އަޑު ބެދުނެވެ. ޢިމްރާން ސީރިޔަސްވީ ދެނެވެ. ވުމާއެކު އޭނާ ބޭނުންވީ ފޯނުން ވާހަކަ ދައްކާ އަންހެން ކުއްޖާއަށް ވިސްނައިދޭށެވެ.
[ކަނބުލޯ...ތިލޯބި ހިތުން ފޮހެލާ...އަހަންނަކަށް އިތުރު އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވެވޭނެ. އަހަންނާ ގުޅުނަސް ތިކުއްޖާއަށް ލިބޭނޭ އެއްވެސް އުފަލެއް ނެތް. ދެން ބާއްވަނީ. އަލުން ތިމޭރުމުން ވާހަކަ ދައްކަން ނުގުޅާނޭ ކަމަށް ހީކުރަން.] ޢިމްރާން ފޯން ކަނޑާލިއެވެ. އައި ރުޅީގައި ނަޝާއަށް ފޯނު ހޫރާލެވުނެވެ. ހަޤީޤަތުގައި މިހާރު އޭނާގެ ހިތަބް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
[ގުޅާނަން...ލޯބި ހޯދާނަން...] ނަޝާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ މަންމަ ޒާހިދާ ކޮޓަރިއަށް އައިސް ވަނީ އެވަގުތުއެވެ.
[ދަރިފުޅާ...ކޮންކަމަކާ ތިރޮނީ؟] ޒާހިދާ ނަޝާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
[މަންމާ...އަހަންނަށް އޭނަދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުން އޭނާގެ ލޯބި.] ނަޝާ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެް
[ދަރިފުޅާ...ރަނގަޅަށް ބުނެބަލަ. ދަރިފުޅަށް ލޯބިވެވުނު މީހަކީ ކޮބައިތަ؟ މަންމައަށް ސިއްރުނުކޮށް ބުނެބަލަ.] ޒާހިދާ ނަޝާގެ ލޯ ފޮހެދިނެވެ.
[މަންމާ...މިހާރަކު ނޫން. އަހަރެން އޭނާ މަންމައަށް ދައްކާނަން.] ނަޝާ ހީވަނީ ކުޑަކުއްޖަކު ހެންނެވެ. އޭނާއަށް ރޮވެނީއެވެ. އެދުވަހު ޒާހިދާ އާދޭސް ކޮށްކޮށްވެސް ނަޝާ އޭނާ ލޯބިވާ މީހަކީ ޢިމްރާން ކަމެއް ނުބުނެއެވެ. ޢިމްރާން ދެކެ ކިތަންމެ ލޯބިވެވުނަސް މަޞްލަޙަތަށް ވިސްނަނީ ކަމަށްވެސް ވެދާނެއެވެ.
އާދައިގެމަތިން ދުވަސްތައް ފާއިތުވަމުންގޮސް މިހާރު ސަރާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ. ސަރާ ވިހާނޭ ކަމަށް ޑޮކްޓަރ ދީފައިވާ ތާރީޚުވެސް މިހާރު ކައިރިވަނީއެވެ.
[މިހާރުވެސް ދޭތެރެ ދޭތެރެއިން ރިއްސާ....] ސަރާ ވާހަކަ ދެއްކީ އޭނާގެ މަންމަ ނަޖްމާއާއެވެ. ސަރާ ވިހާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އެންމެބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ޙިއްޞާ ކުރަމުންދާ މީހަކީ ޢިމްރާނެވެ. އޭނާގެ ހިތަށް މިހާރު އަރައެވެ. އަލުން ސަރާ އޭނާގެ ޙަޔާތަށް އައުމުގެ ދުވަސް ކައިރިވަނީއެވެ. ވީނުވީއެއްނޭނގި ނިމާލް ގެއްލުނު ދުވަހުން ފެށިގެން ޢިމްރާން އިންތިޒާރު ކުރަމުން ދަނީ އެދުވަހަށެވެ. އޭނާ އުއްމީދު ކުރެއެވެ. ދެން ސަރާ އޭނާގެ ޙަޔާތަށް އަންނާނީ ދާއިމީކޮށެވެ. ސަރާ އޭނާގެ ދިރިއުޅުމުން ބޭރުވުމުގެ ފުރްޞަތު ދުވަހަކުވެސް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
ސަރާ ވިހެއުމުގެ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އެންމެބޮޑު ހާސްކަމަކާ ކުރިމަތިވެފައިވަނީ ޢިމްރާންގެ މިހާރުގެ އަނބިމީހާ ޝިފްޒާއަށެވެ. ޢިމްރާނަށް ކުއްޖަކު ވިހަން ކިތަންމެ ބޭނުންވިޔަސް އަދި އޭނާއަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވެއެވެ. އޭނާގެ ކުރީގެ ފިރިމީހާ އާދެ! މިހާރުވެސް އޭނާ އެންމެ ލޯބިވާ ބައިވެރިޔާ ޔާސީނާ ގުޅާލައިގެން އޭނާ އުޅެނީވެސް އެހެންވެގެނެވެ.
[މިރޭ ޢިމްރާން ގެއަކު ނޫޅޭނެ. އަޅެ އަންނައްޗޭ. އަހަރެމެން މިހެން ތިއްބާ ވަގުތު ފާއިތުވެދާނެ.] ޝިފްޒާ ވާހަކަ ދެއްކީ ޔާސީންއާއެވެ. ފޯނުންނެވެ.
[މައްސަލައެއް ނެތް މިރޭ ދާނަން.] ޔާސީން ފޯން ބޭއްވިއެވެ.
އެރޭ ޢިމްރާން ދިޔައީ ހޮސްޕިޓަލަށެވެ. ސަރާ ބަނޑަށް ތަދުވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ޚަބަރު ލިބިގެންނެވެ. ޢިމްރާނަށް ހޮސްޕިޓަލަށް ދެވުނުއިރު ސަރާ އޮތީ އަވަސްފަރުވާދޭ ބައިގައެވެ. ޢިމްރާން އެތަނުގައި ހުރެ ނިޔާޒަށް ގުޅައިގެން ނިޔާޒްވެސް ގެނެސްފިއެވެ. ޢިމްރާނަށް ގެއަށް ނުދެވޭނޭ ވާހަކަ ބުނަން ގުޅީ އެއަށްފަހުގައެވެ.
[އަޅެ ކީއްވެތަ މިރޭ ގެއަށް ނާދެވޭނޭ ތިބުނީ؟] މަކަރުވެރި ރާގުގައި ޝިފްޒާ ބުންޏެވެ.
[ސަރާ ހޮސްޕިޓަލަށް ގެނެސްގެން މިއުޅެނީ. ވިހޭމާ ނޫނީ ދެވޭނެހެނެއް ހިއެއްނުވޭ. ފަތިހުހެން ހީވަނީ ދެވޭވަރުވާނީ...] ޢިމްރާން ފޯން ބޭއްވިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު ޝިފްޒާ ގުޅީ އޭނާގެ ބައިވެރިޔާއަށެވެ. މާގިނައިރުތަކެއްނުވެ ޔާސީން އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ.
[މިރޭ ކާމިޔާބު ކުރަންވާނެ. އެހެންނޫނީ ފުރްޞަތު ގެއްލިދާނެ.] ޝިފްޒާ ކޮޓަރި ތަޅުލުމަށްފަހު އެނދުމައްޗަށް ވެއްޓިގެންފިއެވެ. އޭރު މަސްތީ އަސަރުތަކާއެކު ޔާސީންގެ ނަޒަރު ހުއްޓިފައިވަނީ ޝިފްޒާއަށެވެ.
އެވަގުތެވެ. ޢިމްރާނާއި ނިޔާޒް ގެއަށް ދިޔުމަށްޓަކައި ސައިކަލްގައި ދަތުރު ފަށައިފިއެވެ. އިމްރާންގެ ކޭޝް ކާޑު ބަލައި ގެއަށް ދިޔުމަށެވެ.
[އަހަންނާއެކު ނިޔާޒްވެސް ވަންނަންވާނެ.] ޢިމްރާން އެހެން ބުނިގޮތުން ހީވީ ކޮންމެވެސް ސިއްރުތަކެއް ހޯދަން އުޅެނީހެންނެވެ. ޙަޤީޤަތަކީ އެއީއެވެ. ކުރީ ރެއެއްގެ ޙާދިޘާއަށްފަހު ޝިފްޒާގެ ޙަޤީޤަތް ހޯދަން އޭނާ މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ގޭދޮރުމަތީގައި ސައިކަލް ޕާކް ކުރުމަށްފަހު ޢިމްރާނާއި ނިޔާޒް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގެންފިއެވެ. އޭރު ޢިމްރާންގެ ކޮޓަރީގައި ޢިމްރާންގެ އެނދުގައި އޭނާގެ ޙަލާލު އަނބިމީހާ އެހެން މީހަކާއެކު އުފަލާއި އަރާމުގެ ލައްޒަތު ލިބިގަންނަނީއެވެ.
ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ޢިމްރާން ކަންފަތް ޖަހާލިއެވެ. އިވުނު އަޑާއެކު ބޯޖަހާލަމުން ޢިމްރާން އޭނާގެ ޖީބުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން ޢިމްރާންގެ ލޮލުން އަލިފާންކަނި ބުރައިގެންދިޔަ ކަހަލައެވެ. ފެނުނީ ލަދުވެތި ހަޑި މުޑުދާރު މަންޒަރެކެވެ. މިހާރު ނިޔާޒްވެސް އެހުރީ އެމަންޒަރު ފެންނާނޭހެން ދޮރުމަތީގައެވެ. މާގިނައިރުތަކެއްނުވެ ފުލުހުންވެސް އެތަނަށް އަތުވެއްޖެއެވެ.
[ހަމަގައިމުވެސް އަހަރެންގެ އަންބަކު ތިފަދަ މުޑުދާރު ޢަމަލެއް ނުހިންގާނެ. މިވަގުތުން ފެށިގެން ޝިފްޒާ ތީ އަހަރެންގެ އަންބެއް ނޫން. ޝިފްޒާ ތިއިނީ ވަރިކޮށްފައި...] ޝިފްޒާ އޮތީ ގައިގައި ބެޑްޝީޓް އޮޅާލައިގެނެވެ. މިހާރު އޭނާގެ ބައިވެރިޔާ ފުލުހުން ގެންގޮސް ޖިޕަށް އަރުވައިފިއެވެ. މާގިނަރުތަކެއް ނުވެ ޝިފްޒާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.
[އޭނަ އަހަންނާ އިނީކީ ލޯތްބަކުން ނޫން. އޭނަ ބޭނުންވީ ފައިސާ. ދެން ބޭނުންވީ މިވިޔަފާރީގެ ޙިއްޞާ. އަހަރެމެން ކުންފުނީގެ އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން ވިޔަފާރީގެ ޙިއްޞާދާރަކަށް ވެވޭނީ ކުއްޖަކު ލިބުމަށްފަހު. އޭނާ އަހަރެން ގާތު ކުއްޖަކު ހޯދުމަށް އެދި ޝަކުވާ ކުރޭ ކޮންމެ ރެއަކުވެސް.] ޢިމްރާން ވާހަކަ ދެއްކީ ނިޔާޒާއެވެ. މިހާރު ފުލުހުން ޝިފްޒާއާއި އޭނާގެ ބައިވެރިޔާ އެފަރާތުގެ ބެއްލެވުމުގެ ދަށަށް ގެންގޮސްފިއެވެ.
މިޙާދިޘާއަށްފަހު ޢިމްރާންމެނަށް ހޮސްޕިޓަލަށް ދެވުނުއިރު ސަރާ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ.
[އަންހެން ކުއްޖަކު ވިހައިފި....ވަރަށް ލޯބި....] ޢިމްރާންމެން އައިސް ހުއްޓުމާއެކު ޒާހިދާ ބުންޏެވެ. އެއީ ނަޝާވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ޢިމްރާން ފެނުމާއެކު ނަޝާ ހުއްޓުނެވެ. މިހާރު އޭނާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައި އެވަނީ ނަޝާއަށެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު