އިންސާނާގެ ހަށިގަނޑަށް ވެކްސިންތައް ދެވޭއިރު ހަށިގަނޑަށް އެވާސިލްވުމުން، އެއިން ހަށިގަނޑަށް ކުރާ ޢަސަރު މިންވަރު ގުޅިލާމެހިފައިވަނީ އިންސާނާގެ ހޭލާއުޅުމާއި ނިދުމުގެ މައްޗަށެވެ. ވަރަށް ބޮޑަށް ގުޅިފައިވާކަމެކެވެ.
އެގޮތުން، ބައެއް ވެކްސިންގެ ބާވަތްތައް ހެނދުނުގެ ވަގުތުގައި ޖެހުމުން އެއިން ހަށިގަނޑަށް ކުރާ އަސަރު އިންތިހާއަށް ބޮޑުއިރު އަނެއްބައި ވެކްސިންތަކުގެ އަސަރު ބޮޑުވަނީ މެންދުރުގެ ވަގުތެއްގައި ޖަހައިގެންނެވެ.
ސައިންސް އިމިއުނޯލޮޖީގައި 2022 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމަކީ ދުވަހުގެ ވަގުތާއި ސާއަތަށް ވަރަށް ބޮޑަށް ބަރޯސާވާ އެއްޗެއްކަމަށާއި، މީދާ ބޭނުންކޮށްގެން ކުރި ދިރާސާއާއި، އިންސާނުން ހިމެނޭގޮތުން ކުރި ދިރާސާއިންވެސް މިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
މިގޮތުން، މިދެންނެވި ދިރާސާތަކުގެތެރެއިން 65 އަހަރުން މަތީގެ 298 މީހުން ހިމެނޭގޮތަށް އިންފްލޫއެންޒާ ވެކްސިންދީގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މެންދުރު ވެކްސިންޖެހި މީހުންނަށްވުރެ ހެނދުނު ވެކްސިންޖެހި މީހުންގެ ގައިގައި ހުރި އެންޓިބޮޑީގެ އަދަދު ގިނައެވެ. އަދި އިންފްލޫއެންޒާ ވެކްސިން ޖަހައިގެން ހެދި އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ލޭގެ ސާމްޕަލް ނެގުނު ވަގުތަށް ބިނާކޮށް ލޭގައި އެކުލެވޭ އެންޓިބޮޑީސްގެ އަދަދު ބަދަލުވެއެވެ.
އެންމެފަހުން ކުރިމަތިވި ސާރސް-ކޮވް-2 ނުވަތަ ކޯވިޑް-19ގެ އާލަމީ ވަބާއަށް ތައްޔާރުކޮށް ޖެހި ވެކްސިން ހެނދުނުގެ ވަގުތުގައި ދިން ފަރާތްތަކުގެ ކިބައިގައި ބަލިން ދިފާޢުވުމުގެ ބާރު އިތުރުކަމަށް ދިރާސާއިން ދެއްކިއިރު، މެންދުރު ވެކްސިންޖެހި މީހުންނަށްވުރެ ހެނދުނު ވެކްސިންޖެހި މީހުންގެ ލޭގައި ހުރި އެންޓިބޮޑީސްގެ އަދަދު ދެގުނަ އިތުރުކަމަށް ސައިންސް އިމިއުނޮލޮޖީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، ކޯވިޑް-19 އިން ރައްކާތެރިވުމަށް ފައިޒާ ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިންޖެހި އިނގިރޭސިވިލާތުގެ މީހުން ހިމެނޭގޮތަށް ހެދި ދިރާސާއެއްގައި މެންދުރުފަހު ވެކްސިންޖެހި މީހުންގެ ގައިގާ އެންޓި-ސްޕައިކް ޕްރޮޓީން އުފެއްދި އަދަދު ހެނދުނު ވެކްސިން ޖެހި މީހުނަށްވުރެ އިތުރެވެ.
މީގެތެރެއިން ގިނަ ދިރާސާތަކަކީ ދުވަހުގެ ވަގުތައް ބަލައި ހަދާފައިވާ ދިރާސާތަކަށްވާއިރު، މީހާގެ ސަރކޭޑިއަން ރިދަމް ނުވަތަ އޭނާގެ ނިންޖާއި ހޭލައިއުޅޭ ވަގުތުތަކަށް ރިއާޔަތްކޮށްފިނަމަ ދިރާސާތަކުގެ ނަތީޖާ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ޢިލްމީ ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފަހުގެ ދިރާސާތަކުގައި ސަރކޭޑިއަން ރިދަމް ގެންދަނީ ޝާމިލުވެސް ކުރަމުންނެވެ.
ވީމާ، މިކަމުން އެނގެނީ ވެކްސިން ޖަހާގަޑީގެ ސަބަބުން ވެކްސިންގެ އަސަރު ތަފާތުވެދާނެކަމެވެ. އެކި ވެކްސިންގެ އަސަރު ގަދަވަނީ ދުވާލުގެ އެކި ވަގުތުގައި ޖަހައިގެންނެވެ. އަދި ވެކްސިންތައް ޖަހާވަގުތަށް ބަދަލު ގެންނަންވާނީ މިފަދަ ދިރާސާތަކުން އެވެކްސިނެއް ޖެހުމަށް ޕީކް ވަގުތަކީ ކޮބައިތޯ ދެނެގަތުމަށްފަހުގައި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު