އެސްޓީއޯއިން ފިޔާ އެތެރެކޮށް ކޮންޓްރޯލްޑް ރޭޓެއްގައި ފިޔާ ވިއްކުމަށް ޝަރުތުކޮށް ފިހާރަތަކަށް ގަނޑުކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށް ޝަރުތުކޮށް ފިޔާ ހޯލްސޭލްކުރާ ފަރާތްތަކަށް ވިއްކުމަށް ކަނޑައަޅާފައެވެ.

އެސްޓީއޯގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިއުރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި 400ރ އަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައިވެއެވެ.

މިއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ އާއި 900ރ އާއި ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ. ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓީިުއޯއަށްވެސް ލިބުނު ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އެއާއެކު ޢާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯއިން މިހާރުވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރުވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަންފަށާފައެވެ. އެގޮތުން ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާ ފިޔާ އެތެރެކިށްފައި ވާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުންނެވެ. ވިޔަފާރިތަކަށް ފިޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ އެންމެ ބޮޑުވެގެންވިއްކޭނެ އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުއެވެ. އެސްޓީއޯއިން އިލްތިމާސް ކޮއްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އިމްޕޯޓް ކުރި ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ބާޒާރައް ނެރެވިފައިވާ ކަމަށެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ހައަކަށް އެޅުވުން ކަމުގައިވާތީ ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން