މިފްކޯގެ ހިއްސާދާރުން ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕީއެލްސީ، (އެސްޓީއޯ) އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއިން ކޮންޓްރޯލްކުރާ މިފްކޯގެ ހިއްސާ ޓްރާންސްފާކުރުމުގެ އެއްބަސްވުމުގައި ސަރުކާރާއެކު ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައެވެ.

އެސްޓީއޯ އަދި އެލައިޑުން ކޮންޓްރޯލްކުރާ މިފްކޯގެ ހިއްސާތައް ދޫކޮށްލީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މިފްކޯ)، 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް، 5 ޑިސެމްބަރު ގައި ބޭއްވި ކެބިނެޓް މިނިސްޓަރުންގެ ބައްދަލުވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން ހިއްސާ ޓްރާންސްފާކުރުމުގެ އެއްބަސްވުން ތަންފީޒުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤެވެ. ޝެއާ ޓްރާންސްފާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަށްވާފައި ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްއާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒް އެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން