ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަންކޮށްފި އެވެ.
އެމަގާމަށް މިއަދު ރައީސް ޑރ. މުއިއްޒު، ޒުލްފާ އައްޔަން ކުރެއްވީ އެ މަގާމު ހުސްވެފައި އޮންނަތާ ހަތްމަސްފަހުންނެވެ. އެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދެއްވުމުން ނެވެ.
ޒުލްފާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. 2012 އިން ފެށިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަހަރު އަލުން ރާއްޖެ ވަޑައިގެން އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. ޒުލްފާ އަކީ ރައީސް ނަޝީދު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޒުހައިރު (ޖުހާ) އާއި އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.
އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާއެވެ.

ކިޔުންތެރިންގެ ހިޔާލު