ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއިބެހޭ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، އެހެން ވެސް އިނާޔަތްތައް ދިނުމަށް އެމްޕީއެލުން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލް އާ ހަވާލާދީ މަބުރޫކް ވިދާޅުވީ، މިހާރު ނިންމާފައި ވަނީ މުދާ ކުލިއާ ނުކުރެވިގެން އަރާ ޖޫރިމަނާ، ނުވަތަ ޑެމަރޭޖް ފީ މާލެ-ހުޅުމާލެ ޕޯޓުން 20 ޕަސެންޓް ކުޑަކުރުމަށް ކަމަށެވެ. އަދި ކުޅުދުއްފުށި، ހިތަދޫ ޕޯޓުން ނަގާ ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ވެއާހައުސްގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތަށް ދެ ދުވަސް އިތުރު ކޮށްފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން އެއާޕޯޓް ބޮންޑެޑް ވެއާހައުސްގެ ކުލި 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު