މިއަހަރުގެ ފުޓުބޯޅަ ސީޒަން ނިންމާލުމަށް އެފްއޭއެމުން ނިންމައިފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ނިންމުން ނިންމީ ސަރުކާރާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން ކުލަބުތަކާ މަޝްވަރާ ކުރުމަށް ފަހުގައެވެ.
އެގޮތުން އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަމަށްޓަކައި މިދިޔަ އަހަރު ފެށި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް އެސޯސިއޭޝަނުން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ. އަދި އަންނަ އަހަރުގެ އޭފްސީކަޕަށް ހޮވިފައވަނީ މި ސީޒަންގެ ދިރާގު ދިވެހި ލީގްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބް ކަމަށާއި، އޭފްސީ ކަޕްގެ ޕްލޭ އޮފްގެ ޖާގަ ލިބެނީ ލީގްގެ ދެވަނަ ޓީމް، ކްލަބް އީގަލްސް އަށް ކަމަށެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނީ، އެގޮތަށް ނިންމި ނަމަވެސް މި ސީޒަންގައި ހިމެނޭ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށެވެ. އެ މުބާރާތް އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށް ބަޔާނުގައި ބުންޏެވެ.
ކޯވިޑް-19 ގެ ސަބަބުން އެފްއޭއެމުން މީގެ ކުރިން ވަނީ ކުއްލިގޮތަކަށް ބާއްވަން މަސައްކަތްކުރި އެ އެސޯސިއޭޝަންގެ އިންތިޚާބުވެސް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު