ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިންކަމަށެވެ. މި މަސައްކަތުގެ ތެރެއިން ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮއްފައިވާ ކަމަށާއި ފާސްކުރުުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
"ރަސް އޮންލައިން" އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ މަޝްހޫރު ދިވެހި ފިލްމީތަރި އަހްމަދު އަޒްމީލް (އަޒޭ)ގެ ގެއިންނެވެ. އަދި ހައްޔަރުކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކީ އަޒޭކަމަށްވެސް އެނގިފައިވެ އެވެ. ހައްޔަރުކުރި ދެ މީހުންގެ އުމުރަކީ 40 އަހަރާއި 41 އަހަރެވެ.
ފުލުހުން ބުނިގޮތުގައި ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި ފްލެޓު ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮއްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވާގޮތުން މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު