ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ކުރިއަށް ގެންދާ މިއަހަރުގެ އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށައިފި އެވެ،

ރޭ އެ ޕްރޮމޯޝަން ފެށިއިރު މި ފަހަރުވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ.

ޕްރޮމޯޝަންގެ ދަށުން 25 ޕަސެންްޓްއާ ހަމައަށް ޑިސްކައުންޓްތައް ލިބިގެންދާއިރު ރޯދަ މަހުގެ ކުރިން ތިން ނަސީބުވެރިން ހޮވާނެ އެވެ.

އެގޮތުން އެއްވަނައަށް ދާފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް، އަދި ތިންވަން ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯން ޕެއިންޓުގެ ކުލަ އަދި ކުލަލާދޭނެ އެވެ.

އޭގެ އިތުރުން ރޯދަ މަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއްހޮވާ 2500ރުފިޔާގެ ގިފްޓް ވައުޗާއެއް ވެސް ދޭނެ އެވެ.

ޕްރޮމޯޝަން ނިމުމުން ނަސީބުވެރިން ހޮވައި އެއްވަނަ އިނާމަށް ތުރުކީއަށް ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65 އިންޗ ފިލިޕްސް ޓީވީ އެއްެލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުެނއެވެ.

އެއާއެކު ގުރުއަތުން ދިމާވާ ފަރްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތައް ލިބޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން