މާލޭގެ އެކި ހިސާބުތަކުގައި ހިންގާ ކުދި މާރުކޭޓްތައް ހުއްޓުވުމުގެ ބާރު އެޗްޕީއޭއާއި ފުލުހުންނަށް އޮންނާނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެެވެ.

މޭޔަރު ޝިފާ މިހެން ވިދާޅުވީ މާލެ ތެރޭގައި ކުދިކުދި މާރުކޭޓުތަކެއް ހިންގަމުން ދިއުމުގެ ސަބަބުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްބުނެ އެ ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން މާލޭގައި ހިންގަމުން ގެންދާ މާރުކޭޓު ތަކަކީ، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ކަމަށެވެ. އަދި އެތަންތަން ހިންގުމަށް ފުރުސަތު ދީފައިވަނީ ހަމަ އެކަނި ދިވެހީންނަށް ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.



ނަމަވެސް ކައުންސިލުން ހުއްދަ ނެގުމަކާ ނުލައި، މުޅި މާލޭގައި މާރުކޭޓް ހިންގަމުންދާ ކަމަށާއި، އެތަންތަން ހުއްޓުވުމުގެ ބާރު ފުލުހުންނާއި އެޗްޕީއޭއަށް އޮންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގެ މާރުކޭޓްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު