ފަހަކަށް އައިސް ދިވެހިރާއްޖޭގެ ސުފުރާމަތިން ތަފާތު ރަހަތަކާއިއެކު ކެއިންބުއިމުގެ ބާވަތްތަކަށް ބޮޑު އިންގިލާބެއް އައިސްފައިވާއިރު، ޕާސްތާއަކީ ދިވެހިންނާއި ބިދޭސީންގެ މެދުގައި ވެސް ފޭވަރިޓެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ކެއުމުގެ ބާވަތެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕާސްތާ އާއެކު، ތަފާތު ރަހަތަކުން އަހަރުމެންގެ ސުފުރާމަތި ފަޅުފިލުވާލައި، އަހަރުމެންގެ ހިތްތަކުގައިވެސް ހާއްސަ ޖާގައެއް ޕާސްތާއަށް ދެވިފައިވެއެވެ.

މިއާއެކު އާންމުންގެ މެދުގައި އެންމެ މަގުބޫލު އަދި ދިވެހިންނަށް އެންމެ ކަމުދާނެ ފަދަ އިތުބާރު ލިބިފައިވާ އެތައް ޕްރޮޑަކްޓެއް ގެނެސްދިނުމުގައި އިސްދައުރެއް އަދާކުރާ ވިލާ ޓްރޭޑިންގުން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އޮޓިމާ ބްރޭންޑުގެ ޕާސްތާގެ ތަފާތު ވައްތަރުތައް ބާޒާރަށް ނެރެފައެވެ. ވިލާ ޓްރޭޑިންގގެ ރީޓެއިލް ފިހާރަތައްކަމަށްވާ ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން އޮޓިމާ ބްރޭންޑުގެ ޕާސްތާއަކީ ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އަދި ސިއްހަތަށްވެސް ފައިދާހުރި ޕްރޮޑަކްޓެކެވެ.

އެންމެ ރަނގަޅު ޑޫރަމް ހަނޑުލުގެ ސެމޮލީނާ އިން ތައްޔާރުކޮށްފައިވާ އޮޓިމާ ޕާސްތާ އަކީ މި ބްރޭންޑުގެ މަގުބޫލުކަމާއި އެއްވަރަށް ކޮލިޓީގެ ފެންވަރު ދަމަހައްޓާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.

ވިލާ ޓްރޭޑިންގގެ އަމާޒަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ފާހަގަކޮށްލެވޭ މަގުބޫލު ރަހަތަކުން ސުފުރާމަތި ފަޅުފިލުވާލަން އެހީތެރިވުމެވެ. އެގޮތުން ދިވެހިރާއްޖެއަށް ތައާރަފް ވެގެންދިޔަ އޮޓިމާ ބްރޭންޑަކީ އިޓަލީގެ ރަހަތަކުން ދިވެހި ގޭބިސީތަކުގެ ސުފުރާމަތި ފަޅުފިލުވާލަދިން ބްރޭންޑެކެވެ.

އޮޓިމާ ބްރޭންޑުގެ އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މިހާރު ވިލާ ޓްރޭޑިންގް އިން ލިބެން ހުންނާނެއެވެ. މީގެތެރެއިން ސްޕެގެޓީ، މެކަރޯނީ، ޕެންނޭ، ފުސިލީ، ފެޓުޗީނި، އަދި ރިގަޓޯނީ ފަދަ ތަފާތު ވައްތަރުތައް ފާހަގަކޮށްލެވެއެވެ. މިއެކި ޕާސްތާގެ ވައްތަރު ތަކަކީ، ރެސްޓޯރެންޓް، ކެފޭ ތަކާއި، އަމިއްލަ ގޭގައިވެސް، އެކި ރަހަތަކުން ފުރިފައިވާ ސޯސް ބޭނުންކޮށް ތައްޔާރުކޮށްލާ، ކެއުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ޕްރޮޑަކްޓްތަކެވެ.



ވިލާ ޓްރޭޑިންގގެ ދަށުން ހިންގަމުންދާ ވިލާމާޓްގެ 5 ސުޕަރމާޓެއް މާލެ އާއި ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާއިރު، އޮޓިމާ ބްރޭންޑުގެ ޕާސްތާގެ އިތުރުން ވިލާ މާޓް އިން ވިއްކާ ހުރިހާ އެއްޗެއް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނި ފަހަރަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓް މޮބައިލް އެޕްލިކޭޝަން އަދި ވިލާ މާޓުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން