މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އައި.ބީގެ "އެޕްލައި ނައު" ޕޯރޓަލް މެދުވެރިކޮށް ބޭންކްގެ ޚިދުމަތްތަކަށް މިހާރު ކޮންމެތަނަކުން، ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އޮންލައިންކޮށް އެދެވޭނެ ކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
އެމް.އައި.ބީ އިން ބުނީ އެބޭންކުގެ އެޕްލައި ނައު ޕޯރޓަލް މެދުވެރިކޮށް ބޭންކުގެ އެކައުންޓް ވަގުތުން ހުޅުވައި، އިންޓަނެޓް ބޭންކިންގްއަށް ރަޖިސްޓަރވެސް ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އެމް.އައި.ބީގެ ކޮންމެ ބްރާންޗަކުން ނުވަތަ ސަރވިސް ސެންޓަރަކުން އިންސްޓަންޓް ބޭންކިންގް ކިޓެއް ނެގޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ. އަދި އިންސްޓަންޓް ބޭންކިންގް ކިޓްގައި ހިމެނޭ އިންސްޓަންޓް ވިސާ ޑެބިޓް ކާޑުގެ ކިއު.އާރް ކޯޑް ސްކޭން ކޮށްގެން ވަގުތުން ކާޑު އެކައުންޓަށް ލިންކް ކޮށްލެވޭނެއެވެ.
މީގެ އިތުރުން އެމް.އައި.ބީ އިން ވަނީ ފައިނޭންސިން ފެސިލިޓީތަކަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް ޚިދުމަތް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އުޖާލާ ނައު ޕޯރޓަލް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ތަޢާރަފްކޮށްފައެވެ.
އެމް.އައި.ބީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކުރެވިފައި ވާއިރު، މި ޚިދުމަތްތަކަށް އިތުރު ފުރިހަމަކަން ކުރިޔަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެކަމަށް އެބޭންކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު