ރައީސް ޔާމީންގެ ތާޢީދާއެކު ބައެއް ބޭފުޅުން ފޯމު ހުށައަޅުއްވަނީ
ރައީސް ޔާމީންގެ ތާޢީދާއެކު ބައެއް ބޭފުޅުން ފޯމު ހުށައަޅުއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ބޭފުޅުންގެ އަދަދު 83 އަކަށް އަރާފައިވާ ކަމަށް އެމަނިކުފާނު މިހާރު އުފައްދަވަން މަސައްކަތް ކުރަށްވާ ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް) އިން ހާމަކޮށްފި އެެވެ.

ރައީސް ޔާމީންގެ ތާއީދާއެކު އިއްޔެވެސް ވަނީ މަޖިލީހަށް ކުރިމަތިލާން 28 ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ.

ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރޭ ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއެކު ޕީއެންއެފް ފިކުރުގައި ރައްޔިތުންގެ މަޖިލIހުގެ އިންތިޚާބުގައި ވާދަކުރައްވާ އިތުރު 19 ކެންޑިޑޭޓުންގެ ފޯމް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.

މަލީހު "ރަސް"އަށް ވިދާޅުވީ ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ އަދަދު ޖުމްލަ 83 އަށް މިހާރު އަރާފައިވާ ކަމަށެވެ، އަދި އެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.

ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީނަށް ކަރެކްޝަނުން އަންގާފައިވަނީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވުމަށެވެ. ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްވެސް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން