ވަކީލުންނަށް ހުވާލައިދިނުމުގެ ޙަފްލާގެ ތެރެއިން
ވަކީލުންނަށް ހުވާލައިދިނުމުގެ ޙަފްލާގެ ތެރެއިން
ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 30 ވަކީލަކަށް ބާ ކައުންސިލުން ދީފި އެވެ.

ބާ ކައުންސިލުން ބުނީ ރޭ ބޭއްވި ރަސްމިއްޔާތުގައި ވަކީލުކަމުގެ ހުއްދަ ލިބޭ ވަކީލުންނަށް ގާނޫނީ ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ކަމަށެވެ. އަދި ވަކީލުންނަށް ގާނޫނީ ވަކީލުގެ ހުއްދަ ހަވާލުކޮށްދެއްވީ ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ އަހުމަދެވެ.

މި ރަސްމިއްޔާތުގައި ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ އަހުމަދު ވިދާޅުވީ ގާނޫނީ ވަކީލުންނަކީ އަދުލުވެރި، އިންސާފުވެރި، އަދި ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި ޒިންމާދާރުކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރަން ބައެއް ކަމަށެވެ. ހަމައެއާއެކު ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ވެސް މިޒުނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި މިޒުނާ ވަނީ، ގާނޫނީ ފަންނު ކުރިއަރުވައި ލައިސަންސިންގެ ނިޒާމަކީ ފެންވަރު ރަނގަޅު، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ ނިޒާމަކަށް ހެދުމަށްޓަކައި ބާ ކައުންސިލުގެ ރައީސް އަލްމަރުހޫމު އިސްމާއިލް ވިޝާމް ކޮށްދެއްވި މަސައްކަތްތައް ފާހަގަ ކުރަށްވާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނު އައި ފަހުން ބާ ކައުންސިލުން ވަނީ ކޮލިފައިންގް ލޯ ޑިގްރީގެ އަސާސީ ޝަރުތު އެކުލަވާލައި، 2022 އިން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު އިންތިޒާމުކުރާ ބާ ކައުންސިލްގެ އިމްތިހާނު ބާއްވައި، މި އަހަރު އަމަލުކުރަން ފަށާ ލައިސަންސިންގް ޓްރެއިނިންގެ އަލްޓަނޭޓިވް ރޫޓުތައް ތައާރަފްކޮށްފަ އެވެ.

ބާ ކައުންސިލުން ބުނީ ރޭ ހުވާކޮށްފައިވަނީ މިއަހަރުގެ ފުރަމަތަ ބެޗްގައި ހިމެނޭ ވަކީލުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން