ފެންކުންފުނީގެ މައި އިދަރާ
ފެންކުންފުނީގެ މައި އިދަރާ
ފެންބިލު ދައްކައިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިއުއެސްސީ އިން ތައާރަފްކޮށްފި

އެމްޑަބްލިއުއެސްސީ އިން ބުނީ 1ހާސް!1ހާސް!" ގެ ނަމުގައި އެކުންފުނިން އިން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ.

އޮގަސްޓު އެކަކުން ސެޕްޓެމްބަރު 30ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ނިންމާ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށްވެސް "1ހާސް 1ހާސް!" ޕްރްމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެމްޑަބްލިއު އެސްސީ އިން ހާމަކުރެއެވެ.

މީގެ އިތުރުން ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. މީގެ އިތުރުން ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

"1ހާސް 1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް

މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަގުދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ

ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއައްގެންދާ ޕްރޮމޯޝަނެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން