ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއާ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމް
ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއާ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމް
ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމް ހެކި ނައްތާލި މައްސަލައެއްގައި ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ޤަޞްދުގައި އަލިފާންރޯކޮށްލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއާ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމްގެ މައްޗަށެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގެ ހެކި ނައްތާލާފައި ވާތީ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އަބްދުއްލަތީފް އިބްރާހީމް އިޢުތިރާފްވެފައިވާތީ އޭނާ 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ގަމު މެޖިސްޓްރޭޓް ކޯޓުން މިއަދު ޙުކުމްކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަބްދުއް ލަތީފް އިބްރާހީމް ދިރިއުޅޭ ލ. ގަން، ތުނޑި، ލަވްސައިޑް، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފެނުނު ހާޑް ޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހުތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ހާމަކުރެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލާގައި ދެމީހުންގެ މައްޗަށް ވެސް ކުރަނީ އެއް ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ދައުވާ އުފުލުމަށްފަހު މިދިޔަ މަހުގެ 29ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި ދަޢުވާ ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން